ޕެލޯސީ ޓައިވާނަށް ގޮސްފި ނަމަ ނަތީޖާ ގޯސް ވާނެ: ޗައިނާ

ނޭންސީ ޕެލޯސީ: އޭނާއަކީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ނޭންސީ ޕެލޯސީ: އޭނާއަކީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ދަތުރު ކުރައްވަން ހަމަޖެހިފައިވާ ކަމުގެ އަޑުތައް ފެތުރުމާ އެކު ޗައިނާއިން ދަަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

ޕެލޯސީ ޓައިވާނަށް ވަޑަައިގެންފި ނަމަ "ނަތީޖާ ސީރިއަސް ވާނެ" ކަމުގެ އިންޒާރު ޗައިނާއިން ދީފައިވެ އެވެ. ދަތުރައިގެން ކުރިއަށް ގޮސްފި ނަމަ ޕެލޯސީ ވާނީ 1997 ވަނަ އަހަރަށް ފަހު ޓައިވާނަށް ވަޑައިގެންނެވި އެމެރިކާގެ އެންމެ އިސް އޮފިޝަލަށެވެ.

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ބަޔެކެވެ. އެކަމަކު ޓައިވާނުން ބުނަނީ އެއީ މިނިވަން ދައުލަތެއް ކަމަށެވެ. ޗައިނާގެ ބަޔެއްގެ ގޮތުގައި ޓައިވާން ބޭއްވުމަށް އަސްކަރީ ބާރު ބޭނުން ކުރަން ޖެހިއްޖެ ނަމަ ޗައިނާއިން އެކަަން ކުރާނެ ކަމަށް އެނެލިސްޓުން ދެކެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕެލޯސީގެ ދަތުރާ ގުޅިގެން ޗައިނާ އެމެރިކާގެ ގުޅުން މިހާރަށް ވުރެ ގޯސްވެ، ޓައިވާނަށް އޮތް ނުރައްކާ ބޮޑު ވާނެ ކަމަށް ބެލެވޭތީ އެމެރިކާ ސަރުކާރުން ވެސް ކަންބޮޑުވެ އެވެ. އެހެންވެ، ޕެލޯސީގެ ހިޔާލު ބަދަލު ކުރަން މަޝްވަރާ ކުރާ ކަމަށް ވެ އެވެ.

މިދިޔަ ހަފްތާގައި ރައީސް ޖޯ ބައިޑެން ވިދާޅުވީ ޓައިވާނަށް ދަތުރު ކުރުމަކީ "ރަނގަޅު ވިސްނުމެއްގެ ގޮތުގަައި އަސްކަރިއްޔާއިން ނުދެކޭ" ކަމަށެވެ.

ސްޓޭޓް ޑިޕާޓްމަަންޓުން ބުނީ ޓައިވާނަށް ދަތުރު ކުރަން ނިންމެވިކަން ޕެލޯސީ މިހާތަނަށް އަންގަވާފައި ނުވާ ކަމަށެވެ. އަދި، ޓައިވާނާ މެދު އެމެރިކާގެ ސިޔާސަތު ބަދަލު ނުވާ ކަމަށް ވެސް ބުންޏެވެ.

އެމެރިކާއިން "ހަރުދަނާ، ނުރަސްމީ ގުޅުން" ޓައިވާނާ އެކު ބާއްވާ އިރު، ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން އޮންނަނީ ޗައިނާއާ އެކު އެވެ.

ގާތްގަނޑަކަާށް 35 އަހަރަށް ދިގުދެމިގެން ގޮސްފައިވާ ސިޔާސީ ކެރިއަރުގައި ވެރިކަމުގައި އޮތް ޑިމޮކްރެޓިކް ޕާޓީއަަށް ނިސްބަތްވާ ޕެލޯސީ އަބަދުވެސް ފާހަގަވީ ޗައިނާއަށް ފާޑުކިޔުއްވާ ލީޑަރެއްގެ ގޮތުގަ އެވެ.

ޗައިނާގެ އިންސާނީ ހަައްގުތަކުގެ ރެކޯޑާ މެދު ކަންބޮޑުވުން ފާޅުކޮށް، ޑިމޮކްރަސީއަށް ތާއީދު ކުރާ ޗައިނާގެ އެކްޓިވިސްޓުންނާ ބައްދަލުކޮށް، ޗައިނާގެ ޓިއަނަންމެން މައިދާނަށް ވެސް ޕެލޯސީ ވަޑައިގެންނެވި އެވެ.

ކުރިން ޕެލޯސީ ނިންމެވީ މި އަހަރުގެ އެޕްރީލް މަހު ޓައިވާނަށް ދަތުރު ކުރެއްވުމަށެވެ. ނަމަވެސް، އެ ޝެޑިއުލް ބަދަލު ކުރެއްވީ ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.

ޓައިވާން ދަތުރާ ގުޅޭ ތަފްސީލް ހާމަކޮށްފައި ނުވާ އިރު، ޕެލޯސީ މިދިޔަ ހަފްތާގައި ވިދާޅުވީ "ޓައިވާނަށް އޮތް ތާއީދު ހާމަ ކުރުން މުހިއްމު" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox