ޔޯގާ ހަރާމްކަމަށް 104 އިލްމުވެރިންގެ ފަތުވާއެއް

ޔޯގާ ހަރަކާތާ ގުޅިގެން ކުރި އިހުތިޖާޖުގެ ތެރެއިން--- ފޮޓޯ: އަދަދު

ޔޯގާ ހަރަކާތާ ގުޅިގެން ކުރި އިހުތިޖާޖުގެ ތެރެއިން--- ފޮޓޯ: އަދަދު

ޔޯގާއަކީ އިސްލާމްދީނުގައި ހަރާމްކަމެއް ކަމަށް ބުނެ ރާއްޖޭގެ 100 އަށް ވުރެ ގިނަ އިލްމުވެރިން ސޮއިކޮށް ފަތުވާއެއް ނެރެފި އެވެ.

އިލްމުވެރިންގެ ގުޅުން ޖަމިއްޔާއިން މިދިޔަ މެއި މަހު ޔޯގާގެ ހުކުމާ ގުޅޭ ގޮތުން ކުރި ދިރާސާއަކަަށް ފަހު ނެރުނު ފަތުވާގައި ވަނީ ޔޯގާއަކީ ހަމައެކަނި ކަސްރަތެއްގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރުމުގެ ބޭނުމަކީ އެހެން އަގީދާތަކުގެ މީހުންނަށް އޮޅުވާލައިގެން ހިންދޫ ދީނުގެ އަޅުކަންތައް ކުރުން ކަމަށް ބުނެފަ އެވެ.

"ބާތިލު އަގީދާތަކެއްގެ މައްޗަށް ބިނާވެފައިވާ ޔޯގާ، އިސްލާމުންގެ ތެރޭގައި ފެތުރުމަށް އެބައިމީހުން މަސައްކަތް ކުރަނީ އޭގައިވާ އަގީދާއާ ގުޅޭ ބައިތައް ވަންހަނާ ކުރުމަށްފަހު، އެއީ ހަމައެކަނި ޖިސްމާނީ ހަށިގަނޑާއި ނަފުސަށް ހުރި ސިއްހީ ފަރުވާއެއް ކަމަށް ދައްކައިގެންނެވެ،" ފަތުވާގައި ބުނެފައިވެ އެވެ.

ޔޯގާއަކީ އިސްލާމް ދީނުގެ އަސްލުތަކާ ހިލާފުވާ ކަމެއް ކަން ކަނޑައެޅިގެން ހާމަވާ އަދި އެކަމަށް އިލްމުވެރިން އެއްބަސްވެލައްވާ ހަތަރު ސަބަބެއް ފަތުވާގައި ވަނީ ހިމަނާފަ އެވެ. އެ ސަބަބުތަކަކީ؛

  1. ތައުހީދުގެ އަގީދާއާ ފުށޫއަރާ އިރަށް އަޅުކަން ކުރުމުގެ އަމަލުތައް ޔޯގާގެ އަސްލުގައި ހިމެނުން
  2. ބުދަށް އަޅުކަން ކުރާ މީހުންގެ އަގީދާއާ ގުޅޭ ކަންކަމާ އެއްގޮތްވުމާ އެގޮތްތައް ޔޯގާގައި ހިމެނުން
  3. އެއްވެސް އެއްޗެއް ނުލައި، ހުސްގަޔާ ހުރެ ބައެއް އަމަލުތައް ޔޯގާގައި ކުރުން
  4. ޔޯގާ ކުރާއިރު އެ ކުރެވެނީ ކީއްކަން މުސްލިމުންނަށް ނޭނގޭ ހަގީގަތްތަކެއް ހިމެނިފައިވުން

އޭގެ އިތުރުން، ޔޯގާގައި ހިމެނޭ ސިކުނޑި ހުސްކުރުން ނުވަތަ މެޑިކޭޝަން އަކީ ވެސް ޝަރީކު ކުރުން ފަދަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

ޔޯގާ މައްސަލައާ ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމަށާއި ޖުުމްހޫރު އިލްމުވެރިންގެ ރައުޔަކީ އެއީ ކަމަށް ބުނެފަ އެވެ.

ހަމައެހެންމެ، އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިން އެ މައްސަލައިގެ މައްޗަށް އިލްމީ ދިރާސާއެއް ކުރުމަށް ފަހު ވެސް ވަނީ ފަތުވާއެއް ނެރެފަ އެވެ.

ޔޯގާއަކީ އަޅުކަމެއް ކަމަށް ހުޅަނގުގެ ގައުމުތަކުގައި ނުބަލާ ކަމަށާއި އެއީ ކުޅިވަރެއް އަދި ސިއްހަތަށް ފައިދާ ހުރި ކަމެއްގެ ގޮތުގައި ބަލާ ކަމަށާއި އެހެން ނަމަވެސް އޭގެ އަސްލަކީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށް ހުޅަނގުގެ މީހުން ވެސް އިއުތިރާފްވާ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިން ތައްޔާރުކުރި ކަރުދާހުގައިވެ އެވެ.

ޔޯގާ ގެ މައްސަލަ ހޫނުވެ، ބޮޑު ބަހުސަކަށް ބަދަލުވެގެންދިޔައީ ބައިނަލް އަގުވާމީ ޔޯގާދުވަސް ފާހަގަކުރަން މިދިޔަ ޖޫން މަހުގެ 21 ގައި ގަލޮޅުދަނޑުގައި ބޭއްވި ހަރަކާތަށް ފަހު އެވެ. އެދުވަހުގެ ހަރަކާތް ހިނގަމުން ދަނިކޮށް، އެކަން ހުއްޓުވަން ބަޔަކު ހުރަސް އަަޅައި ހަމަނުޖެހުން ހިންގައި އެކަމުގެ ތެރޭގައި 21 މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް މިހާރު ވަނީ ހައްޔަރު ކުރި ބައެއް މީހުން ދޫކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox