ޝެއިހް ފަޒްލޫން އާއި ނިޝާންގެ އެދުމަކަށް ދެ ބޭފުޅުންނަށް ކޮށްފައިވާ ދައުވާތައް ރިވިއު ކުރަނީ

ޝައިހް ފަޒްލޫން އަދި ޝައިހް ނިޝަން: އެ ދެ މީހުންނަށް ކުރި ދައުވާ ރިވިއު ކުރަން ވަނީ އެދިފައި -- ފޮޓޯ: އަދަދު

ޝައިހް ފަޒްލޫން އަދި ޝައިހް ނިޝަން: އެ ދެ މީހުންނަށް ކުރި ދައުވާ ރިވިއު ކުރަން ވަނީ އެދިފައި -- ފޮޓޯ: އަދަދު

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރަން ގަލޮޅު ދަނޑުގައި ޖޫން 21، 2022، ގައި ބޭއްވި ހަފްލާއަށް ވަދެގަނެ ހަމަނުޖެހުމާއި މާރާމާރީ ހިންގި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ޝެއިހް ފަޒްލޫން މުހައްމަދާއި ޝެއިހް އާދަމް ނިޝާންގެ މައްސަލަ އެ ދެ ބޭފުޅުން އެދިގެން ރިވިއު ކުރަން ފަށައިފި އެވެ.

ޕީޖީގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި ތަރުޖަމާން އަހުމަދު ޝަފީއު ވިދާޅުވީ ފަޒްލޫން އާއި ނިޝާންގެ މައްސަލަ ރިވިއުކޮށްދޭން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން އެ މައްސަލަ ރިވިއުކޮށް ނިމެންދެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތްތައް މަޑުޖައްސާލަން ފަޒްލޫން އަދި ނިޝާން އެދިފައިވާތީ އެގޮތަށް ޕީޖީ އޮފީހުން އެއްބަސްވެފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

Advertisement

"އެމީހުންގެ ދައުވާތައް ރިވިއު ކުރަން ލާފައި އޮތީ އޮކްޓޯބަރުގައި. ގޮތެއް ނުނިމި އޮތީމަ އިއްޔެ ކޯޓުގައި އެމީހުން އެދުނީ ރިވިއު ނިމެންދެން އަޑުއެހުންތައް މަޑު ޖައްސާލަން. އެގޮތަށް އޮފީހުން އެއްބަސްވީ. މައްސަލަ ކުރިއަށް ގެންދިޔުމާ މެދު ޕީޖީ ގޮތެއް ނިންމަވާނެ،" ޝަފީއު ވިދާޅުވި އެވެ.

ދައުވާއެއް ރިވިއު ކުރަން ހުށަހެޅުމުން، އެ ޕްރޮސެެސް އޮންނަ ގޮތުން މައްސަލަ ހަވާލުކޮށްފައި އޮތް ވަކީލު ނޫން އެހެން ވަކީލަކާ އެ މައްސަލަ ހަވާލުކުރާނެ އެވެ. އެއަށްފަހު ރިވިއުއަށް ހުށަހަޅާފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު މައްސަލަ ކުރިއަށް ގެންދިޔުމާ މެދު ޕީޖީ ގޮތެއް ނިންމާނެ އެވެ.

ޔޯގާ ހަރަކާތް ހުއްޓުވުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތުކުރާ ފަޒްލޫން އާއި ނިޝާން، ހަމަނުޖެހުން ހިންގުމަށާއި ދީނީ ހަރުކަށި ފިކުރަށް ހިތްވަރުދީ ވާހަކަ ދައްކާ މަންޒަރު ފެންނަ ވީޑިއޯ އެބަހުރި ކަމަށް ޕީޖީން މީގެ ކުރިން ބުނެފައިވެ އެވެ.

ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވި ޔޯގާ ހަރަކާތް ހުއްޓުވަން، ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބައެއް މީހުންނަށް ހަމަލާދީ، ހަމަނުޖެހުން ހިންގި މައްސަލައިގައި އެ ދެ އިލްމުވެރިންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ހިތްވަރު ދިނުމުގެ ދައުވާ އެވެ.

ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.

އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު ވެ. އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އެއްވި މީހުން ފޮނުވާލަން ފުލުހުން ކަރުނަ ގޭސް ވެސް ޖެހި އެވެ.

އެ މައްސަލައިގައި ފަޒްލޫން އާއި ނިޝާންގެ އިތުރުން ގިނަ ބަޔަކު ހައްޔަރު ކުރުމަށްފަހު ފަހުން ދޫކޮށްލި އެވެ. އެގޮތުން ގިނަ ބަޔަކަށް ވަނީ އެ މައްސަލައިގައި ދައުވާ ވެސް އުފުލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox