ޔުވެންޓަސްގެ ޕޮގްބާ އަށް ކަކުލުގެ އަނިޔާއެއް

Jul 26, 2022, 10:48 AM
ޔުވެންޓަސްގެ ޕޮގްބާ އަށް ކަކުލުގެ އަނިޔާއެއް

ލަސް ވޭގަސް, ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 26) - ޔުވެންޓަސްއާ ދާދި ފަހުން ގުޅުނު ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ކުޅުމާ ދުރުގައި ދުވަސްތަކެއް ހޭދަކުރަންޖެހިދާނެ ކަމަށް ބެލެވިއްޖެ އެވެ.

މެންޗެސްޓާ ޔުނައިޓަޑްގައި ހަ އަހަރު ހޭދަކުރުމަށް ފަހު، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސްއާ ގުޅުނު ޕޮގްބާގެ ކަނާތު ކަކުލަށް ވަނީ އަނިޔާވެފަ އެވެ.

ޔުވެންޓަސް އިން ބުނީ ފުރަތަމަ ހެދި ޓެސްޓްތަކުން ޕޮގްބާގެ ކަނާތު ކަކުލުގެ މެނިސްކަސް އިރައިގެން ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން، އެމެރިކާގައި މިހާރު ޕްރީ ސީޒަން ޓުއާއެއްގައި ތިބި ޔުވެންޓަސް އިން އަންގާރަ ދުވަހު ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮގްބާ ނުފެންނާނެ އެވެ.

ބާސެލޯނާ މެޗަށް ޓީމާއެކު ދަތުރުނުކޮށް، ޕޮގްބާ ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދައްކައި، އިތުރު ޓެސްޓްތައް ހަދާނެ ކަމަށް ޔުވެންޓަސް އިން ބުނެ އެވެ.

މި ވަރުގެ އަނިޔާއަކާ ގުޅިގެން ސާޖަރީއެއް ހަދަންޖެހޭނެ ކަމަށް ބެލެވެ އެވެ. ސާޖަރީއެއް ހަދައިފި ނަމަ، ޕޮގްބާ އަށް ސީޒަންގެ ކުރީކޮޅު އޮންނަ މެޗުތަކެއް ގެއްލޭނެ އެވެ.

އަނިޔާގެ އެކި މައްސަލަތަކާ ގުޅިގެން، ޕޮގްބާ އަށް މިދިޔަ ސީޒަންގައި ވެސް ގިނަ މެޗުތަކެއް ގެއްލުނެވެ. އަދި އެނާ ފިޓުކޮށް ހުރިއިރު ވެސް، ޔުނައިޓަޑްގައި މިދިޔަ ސީޒަންގައި ތިބި ދެ ކޯޗުން ކަމަށްވާ އޮލޭ ގަނާ ސޮލްސަޔާ އާއި ރަލްފް ރަންގްނިކްގެ ޓީމުން އޭނާ އަށް ބައެއް ފަހަރު ޖާގަ ނުލިބެ އެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox