ކްލަބް މޯލްޑިވްސް ކަޕްގެ މީޑިއާ ޕާޓްނަަރަކަށް "އަދަދު" ހަމަޖައްސައިފި

Jul 25, 2022, 9:21 AM
ކްލަބް މޯލްޑިވްސް ކަޕްގެ މީޑިއާ ޕާޓްނަަރަކަށް "އަދަދު" ހަމަޖައްސައިފި

ރާއްޖޭގައި ބާއްވާ އެންމެ ޒަމާންވީ ފޯރިގަދަ، ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ މީޑިއާ ޕާޓްނަރަކަށް "އަދަދު" ނޫސް ހަމަޖައްސައިފި އެވެ.

އަންނަ ސެޕްޓެމްބަރު މަހު ކްލަބް މޯލްޑިވްސް ކަޕް ފަށަން ނިންމާފައިވާއިރު، "އަދަދު" އާ އެކު ކްލަބް މޯލްޑިވްސް އިިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މުބާރާތް އެންމެ އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ޕްރޮމޯޓް ކުރުމުގެ ބޭނުމުގަ އެވެ.

ކްލަބް މޯލްޑިވްސްގެ ފަރާތުން ސޮއިކުރީ ވައިސް ޗެއާމަން އިބްރާހިމް އަޝްރަފް އެވެ. އަދި "އަދަދު" ނޫހުގެ ފަަރާތުން ސޮއިކުރެއްވީ އެސޯސިއޭޓް އެޑިޓަރު/ ސްޕޯޓްސް، އައްޒާމް އަލިފުޅު އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ތައްޔާރީއާ ގުޅޭ ހުރިހާ މައުލޫމާތަކާއި މުބާރާތް ފެށިގެން ނިޔަލަށް ހުރިހާ މެޗެއްގެ މައުލޫމާތު "އަދަދު" އިން ގެނެސްދޭނެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ކްލަބް މޯލްޑިވްސް އިން 2006 ވަނަ އަހަރުން ފެށިގެން ގަވާއިދުން ބާއްވަމުން އައި ކްލަބް މޯލްޑިވްސް ކަޕަކީ އަހަރެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ މުބާރާތެވެ.

ކޮވިޑް-19ގެ ސަބަބުން އެކި ކަންކަމަށް އައި މެދުކެނޑުމާ ހެދި 2020 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ނުބޭއްވުނެވެ. އެކަމަކު، މިދިޔަ އަހަރު އަލުން މުބާރާތް ބޭއްވި އެވެ. އެއީ މިދިޔަ ނޮވެމްބަރާއި ޑިސެމްބަރު މަހުގަ އެވެ.

ސެޕްޓެމްބަރު މަހު ތިން ވަނަ ދުވަހު މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ އިތުރުން ކްލަބް މޯލްޑިވްސް އިން އަންހެން ފުޓްބޯޅަ އަށް ހާއްސަކޮށް ބާއްވަމުން އަންނަ 18/30 ފުޓްސަލް ފިއެސްޓާ ފަށަން ތާވަލުކޮށްފަ އެވެ. އެންމެ ފަހުން ބޭއްވި ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އެވެ. އެއީ ފައިނަލުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)، 4-0 އިން ބަލިކުރުމަށް ފަހު އެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ 7-4 ކްލަބް ވެމްކޯ ބަލިކޮށް، 18/30 ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން، ޖެހިޖެހިގެން ތިން ފަހަރު ހޯދައިފަ އެވެ.

ކްލަބް މޯލްޑިވްސް އިން 18/30 ފުޓްސަލް ފިއެސްޓާ، 2010 ވަނަ އަހަރު ބާއްވަން ފެށިއިރު މިހާތަނަށް، އިމިގްރޭޝަނާއި އެމްއެންޑީއެފް އިން ވަނީ ޖެހިޖެހިގެން ދެ އަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު، ޖެހިޖެހިގެން ތިން ފަހަރު މުބާރާތުގެ ތަށި އުފުލާލުމުގެ ޝަރަފް ލިބުނީ ހަމައެކަނި އެމްޕީއެލް އަށެވެ.

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ވެސް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރި "އަދަދު" ނޫހަކީ އަންނަ ހުކުރު ދުވަހު މާލޭގައި ފަށާ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ބޮޑީބޯޑިން ވޯލްޑް ޓުއާގެ އެއް ލެގު ކަމަށްވާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ގެ މީޑިއާ ޕާޓްނަރެކެވެ.

"އަދަދު" ނޫހަކީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ)ގެ އިތުރުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އަދި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ވެސް ޕާޓްނަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox