ޑިބާލާ ރޯމާ އަށް ބަދަލުވެ، ރޮނާލްޑޯގެ ޖޯޒީ ރެކޯޑް މުގުރާލައިފި

Jul 25, 2022, 1:56 AM
ޑިބާލާ ރޯމާ އަށް ބަދަލުވެ، ރޮނާލްޑޯގެ ޖޯޒީ ރެކޯޑް މުގުރާލައިފި

ރޯމް، އިޓަލީ (ޖުލައި 25) - ޔުވެންޓަސް އަށް ކްރިސްޓިއާނޯ ރޮނާލްޑޯ، 2018 ވަނަ އަހަރު ސޮއިކުރިއިރު، އެ ޓީމުގެ ޖޯޒީ 24 ގަޑިއިރު ތެރޭ އިޓަލީގައި ވިކިގެން ގާއިމްވި ރެކޯޑް ދާދި ފަހުން ރޯމާ އަށް ސޮއިކުރި ޕައޮލޯ ޑިބާލާ މުގުރާލައިފި އެވެ.

ރަސްމީ އެއްވެސް އިދާރާ އަކުން މިހާތަނަށް ޑިބާލާ، 28، ގެ ޖޯޒީ ވިކުނު އަދަދެއް ހާމަކޮށްފައިނުވި ނަމަވެސް އިޓަލީގެ ކުޅިވަރު ހަބަރު ފަތުރާ އިތުބާރު ހުރި މަސްދަރުތަކުން ކަށަަވަރުކުރާ ގޮތުގައި ޑިބާލާ ވަނީ އެ ރެކޯޑް މުގުރާލައިފަ އެވެ.

ރެއާލް މެޑްރިޑް ދޫކޮށް، 2018 ވަނަ އަހަރު ޔުވެންޓަސް އަށް ރޮނާލްޑޯ ބަދަލުވީ 100 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށެވެ. ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ތައާރަފްކުރުމާ އެކު ފުރަތަމަ 24 ގަޑިއިރު ތެރޭގައި އިޓަލީގައި އެކަނި ރޮނާލްޑޯގެ ޔުވެންޓަސްގެ ޖޯޒީގެ 520،000 ޖޯޒީ ވިކިފައިވެ އެވެ. އަދި ޑިބާލާ، ރޯމާ އަށް ސޮއިކުރިތާ ފުރަތަމަ 24 ގަޑިއިރު ތެރޭ، އޭނާގެ 535،000 އަށް ވުރެ ގިނަ ޖޯޒީ އިޓަލީގައި ވަނީ ވިކިފަ އެވެ.

ހިލޭ ޓްރާންސްފާއެއްގައި ރޯމާ އަށް ބަދަލުވެ، އެ ކްލަބާ އެކު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި ޑިބާލާ އަށް ރޯމާ އިން ފުރަތަމަ ހުށަހެޅީ އެ ކްލަބްގެ ލެޖެންޑް ފްރެންޗެސްކޯ ޓޮޓީ ބޭނުންކުރި 10 ނަމްބަރު ޖޯޒީ އެވެ. އެކަމަކު، ޑިބާލާ ނިންމީ ގައުމީ ޓީމުގައި އޭނާ ބޭނުންކުރާ 21 ނަމްބަރަށް ކުޅުމަށެވެ.

ޓޮޓީގެ ނަމްބަރު ނުނަގާ ގޮތަށް ޑިބާލާ މި ވަގުތު ނިންމީ ހާއްސަ ސަބަބެއް އޮތުމުންނެވެ. ޑިބާލާ ބުނީ އެއްވެސް ކުޅުންތެރިއަކަށް ރޯމާ އަށް އައިސް ފުރަތަމަ ދުވަހު ޓޮޓީގެ ނަމްބަރު ނެގޭނެ ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ. އެއީ އެ 10 ނަމްބަރު ޖޯޒީ އަކީ ވަރަށް ގިނަ ބަޔެއްގެ އިހުތިރާމު ލިބި އިތުބާރު ވެސް ހޯދާފައިވާ ނަމްބަރަކަށް ވާތީ، އެ ނަމްބަރު ޖަހައިގެން ކުޅެވޭނީ ރޯމާ އަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ފަހު ކަމަށް ޑިބާލާ ދެކޭތީ އެވެ.

ޑިބާލާ، ރޯމާ އަށް ބަދަލުވުމުގެ އެންމެ ބޮޑު ސަބަބަކީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox