ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާއަށް، ސަމާލުވޭ!

ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާއަށް، ސަމާލުވޭ!

ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެ، މިދިޔަ އަހަރު އެކަނިވެސް އެ ބާވަތުގެ 8،331 މައްސަލަ ރިޕޯޓުކޮށްފި އެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ ހަ އަހަރު ތެރޭގައި ވައްކަމާއި ފޭރުމުގެ ޖުމްލަ 28،398 މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ވެއެވެ. އެގޮތުން، އެންމެ ގިނައިން އެ ބާވަތުގެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ، 2021 ވަނަ އަހަރު އެވެ. އެ އަހަރު ރިޕޯޓުކުރީ 8،331 މައްސަލަ އެވެ.

އަހަރުތަކުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ރިޕޯޓުކޮށްފައިވާ ގޮތް:

  • 2017 - 3،128 މައްސަލަ
  • 2018 - 4،131 މައްސަލަ
  • 2019 - 5،858 މައްސަލަ
  • 2020 - 4،712 މައްސަލަ
  • 2021 - 8،331 މައްސަލަ
  • 2022 - 2،238 މައްސަލަ (ފުރަތަމަ ފަސް މަސް ދުވަހު)

ވައްކަމާއި ފޭރުމުގެ މައްސަލައިގެ އިތުރުން މި ހަ އަހަރު ތެރޭގައި އެއްޗެހި ގެއްލިގެން 7،672 މައްސަލަ ވެސް ފުލުހަށް ހުށަހަޅާފައި ވެއެވެ. އެގޮތުން، އެއްޗެހި ގެއްލިގެން އެންމެ ގިނައިން ރިޕޯޓުކުރީ 2019 ވަނަ އަހަރު އެވެ. އެގޮތުން އެ އަހަރު 1993 މައްސަލަ ހުށަހަޅާފައި ވެއެވެ.

އަހަރުތަކުގައި އެއްޗެހި ގެއްލިގެން މައްސަލަތައް ރިޕޯޓުކޮށްފައިވާ ގޮތް:

  • 2017 - 1182 މައްސަލަ

2018 - 1840 މައްސަލަ

2019 - 1993 މައްސަލަ

2020 - 942 މައްސަލަ

2021 - 1182 މައްސަލަ

2022 - 533 މައްސަލަ (ފުރަތަމަ ފަސް މަސް ދުވަހު)

ވައްކަމާއި ފޭރުމުގެ މައްސަލަތައް އަދި އެއްޗެހި ގެއްލިގެން ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ އަދަދު ވަނީ 36،000 އަށްވުރެ މައްޗަށް އަރާފަ އެވެ.

2020 ވަނަ އަހަރު ކޮވިޑާހެދި ގިނަ ބަޔަކު ގޭގައި ތިބުމުގެ ސަބަބުން ވައްކަމާއި ފޭރުން އިންތިހާއަށް ދަށަށް ދިއުމަށްފަހު، އާންމު ދިރިއުޅުމަށް ވުޖޫދުވުމާ އެކު އެފަދަ މައްސަލަތައް ރިޕޯޓުކުރާ އަދަދު މިދަނީ އިތުރުވަމުންނެވެ. އެގޮތުން، 2020 ވަނަ އަހަރަށް ވުރެ 2021 ވަނަ އަހަރު ރިޕޯޓުކުރި މައްސަލަތައް ގިނަކަން ފާހަގަކޮށްލެވެ އެވެ.

ހަމައެއާއެކު، މިއަހަރު ޖުލައި މަހު ސްކޫލު ޗުއްޓީ އާއި، ސަރުކާރު ބަންދު ގިނަ ދުވަސްތައް ދިމާވާތީ، ގިނަ އަދަދެއްގެ ބަޔަކު ވަނީ ޗުއްޓީއަށް ތަންތަނަށް ފުރައިގެން ގޮސްފަ އެވެ. އެހެންކަމުން ޗުއްޓީއަށް ދާއިރު ގެ ހުސްކޮށް ހުންނަ ނަމަ އެކަމުގެ އިޝާރާތެއް ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. ފުލުހުން މިފަދައިން އިލްތިމާސްކޮށްފައި ވަނީ ހުސްކޮށް ހުންނަ ގެތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މޮނިޓާ ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox