ނޭމާ ބޭނުންވަނީ ޕީއެސްޖީގައި މަޑުކުރަން

Jul 25, 2022, 5:14 AM
ނޭމާ ބޭނުންވަނީ ޕީއެސްޖީގައި މަޑުކުރަން

ސައިޓާމާ، ޖަޕާން (ޖުލައި 25) - ޕީއެސްޖީގައި މަޑުކުރަން ބޭނުންވާ ކަމަށާއި އެ ކްލަބުގައި އެހެން މީހަކަށް ސާބިތުކޮށްދޭންޖެހޭ ކަމެއް ނެތް ކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފި އެވެ.

ނޭމާ ބުނީ ޕީއެސްޖީގައި އޭނާ އަށް ކުރިމަގާ މެދު މިހާތަނަށް ކްލަބުގެ މެނޭޖްމަންޓުން އޭނާއާ އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށެވެ. އެހެން ނަމަވެސް، އޭނާގެ ވިސްނުން ހުރީ ޕީއެސްޖީއާ އެކު ކުރިއަށްދާން ކަމަށް ނޭމާ ބުނެފައިވެ އެވެ.

"އަހަރެން ބޭނުންވަނީ ޕީއެސްޖީގައި މަޑުކުރަން. އަދި މިހާތަނަށް ކްލަބުން ކޮންޓުރެކްޓްއާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކާ. އެެހެންވީމަ ކްލަބުގެ ވިސްނުމެއް ނޭނގޭ،" ނޭމާ ،30، ބުންޏެވެ. "އެހެން މީހަކަށް އަހަރެން ސާބިތުކޮށްދޭންޖެހޭ އެއްވެސް ކަމެއް ނެތް. ހިތްހަމަޖެހިގެން ކުޅެވޭތޮ އަހަރެން ބަލާނީ."

މިދިޔަ ސީޒަނަށް ފަހު، ޕީއެސްޖީން ވަނީ އެ ޓީމުގެ ކޯޗުކަމުން މައުރީސިއޯ ޕޮޗެޓީނޯ ވަކިކޮށް، ނީސްގެ ކޯޗަކަށް ހުރި ކްރިސްޓޮފް ގަލްޓިއޭ އެ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފަ އެވެ.

ނޭމާ ބުނީ ގަލްޓިއޭއާ މެދު އެއްޗެއް ބުނަން "އަދި މާ އަވަސް" ކަމަށެވެ.

ނޭމާއާ ގުޅޭގޮތުން ގަލްޓިއޭ ބުނީ ޕްރީ ސީޒަންގައި އޭނާ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނޭމާ ފެންނަނީ "ވަރަށް ފިޓުކޮށް، ވަރަށް ހިތްހަމަޖެހިފައި" ކަމަށެވެ.

"ޓްރާންސްފާ ބާޒާރު ނިމޭއިރު، ހާލަތު ބަދަލުވާނެ ގޮތެއް އަހަންނަަށް ނޭނގޭ ބުނާކަށް. އެކަމަކު ނޭމާއާ މެދު ފެތުރޭ އަޑުތަކަށް އޭނާ ސަމާލުކަން ދޭހެން ހިޔެއް ނުވޭ. ވަރަށް ރަނގަޅަށް ޕްރީ ސީޒަންގައި އޭނާ ދަނީ މަސައްކަތްކުރަމުން،" ގަލްޓިއޭ ބުންޏެވެ.

މީގެ ފަސް އަހަރު ކުރިން 2017 ވަނަ އަހަރު، ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 234 މިލިއަން ޑޮލަރަށް ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ސޮއިކުރި ނޭމާ މި ވަގުތު އެ ކްލަބާ އެކު ކޮންޓްރެކްޓްގައި ހުރީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޕީއެސްޖީ އަށް ކުޅެދިން 144 މެޗުން ނޭމާ ވަނީ އެ ޓީމަށް 100 ގޯލު ޖަހައި، 60 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މީގެ ތެރެއިން މިދިޔަ ސީޒަނު ލީގުގައި ޖެހުނީ 13 ގޯލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox