ޖަންގަލީގައި ރޯވެ ކެލިފޯނިއާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ކެލިފޯނިއާގައި އަލިފާން ނިއްވާ މީހުން ހަރަކާތްތެރި ވަނީ: ޔޮޒެމައިޓް ނެޝަނަލް ޕާކްއާ ހަމައަށް އަލިފާންގަނޑު ވަނީ ފެތުރިފައި. -- ފޮޓޯ: ރޮއިޓާޒް

ކެލިފޯނިއާގައި އަލިފާން ނިއްވާ މީހުން ހަރަކާތްތެރި ވަނީ: ޔޮޒެމައިޓް ނެޝަނަލް ޕާކްއާ ހަމައަށް އަލިފާންގަނޑު ވަނީ ފެތުރިފައި. -- ފޮޓޯ: ރޮއިޓާޒް

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު ޔޮޒެމައިޓް ނެޝަނަލް ޕާކްއާ ހަމައަށް ފޯރާފައި ވަނިކޮށް، އެ ސްޓޭޓުގެ ވަކި ހިސާބެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެވެ.

"އޯކް ފަޔާ" ގެ ނަން ދީފައިވާ އަލިފާންގަނޑު ރޯވެ ފެތުރެން ފެށީ ހުކުރު ދުވަހެވެ. އަލިފާންގަނޑު ފެތުރެން ފެށިތާ 24 ގަޑިއިރު ފާއިތުވި އިރު ވެސް ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވެ އެވެ.

"ހުޅުގަނޑު ބޮޑުވަމުން ދާތީ އަލިފާން ނިއްވާ މީހުންނަށް އޮތް ގޮންޖެހުން ބޮޑު،" ކެލިފޯނިއާގެ ޑިޕާޓްމަންޓުން ބުންޏެވެ.

މިހާތަނަށް 10 ގެ ސުންނާފަތިވެފައިވާ އިރު، 3000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

ކެލިފޯނިއާގެ ޑިޕާޓްމަންޓް އޮފް ފޮރެސްޓްރީ އެންޑް ފަޔާ ޕްރޮޓެކްޝަނުން ބުނީ އަލިފާންގަނޑުގެ ސަބަބުން މިހާތަނަށް 11،900 އޭކަަރުގެ ބިމުގެ ސަރަހައްދެއް އަނދާ ހުލިވެފައިވާ ކަމަށެވެ. އެހެންކަމުން "އޯކް ފަޔާ" އަކީ މި ވަގުތު އެމެރިކާގެ ޖަންގައްޔެއްގައި ރޯވެފައި އޮތް އެންމެ ބޮޑު އަލިފާންގަނޑެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މަރިޕޯސާ ކައުންޓީގަ އެވެ. ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ނެރުއްވި ބަޔާނެއްގަައި ވިދާޅުވީ ހުޅުގަނޑު އިތުރަށް ފެތުރެމުން ދަނީ ވާރޭ ނުވެހި ގިނަ ދުވަސްވުމާއި މާ ބޮޑަށް ހޫނުގަދަވުމުގެ ސަބަބުން ކަމަށެވެ.

މި ހަފްތާ ބަންދުގައި އެމެރިކާގެ ބޮޑު ހިސާބަކަށް މާ ބޮޑަށް ހޫނުވެ "ހީޓްވޭވް" ކުރިމަތިވެފައިވާ އިރު ހޮނިހިރު ދުވަހު މަރިޕޯސާ ކައުންޓީގެ ހޫނުމިން ހުރީ 35.5 ޑިގްރީ ސެލްސިއަސްގަ އެވެ.

"އޯކް ފަޔާ" ގެ އިރުއުތުރުން އޮންނަ ޔޮޒެމައިޓް ނެޝަނަލް ޕާކަކީ ދުނިޔޭގެ އެންމެ ބޮޑެތި އަަދި އެންމެ ގިނަ ދުވަސްވީ ރެޑްވުޑް ގަސްތައް ހުންނަ ޖަންގައްޔެވެ.

ދުނިޔެ ހޫނުވެ، ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ޖަންގަލިތަކުގައި ރޯވުމަށް އެންމެ އެކަށޭނަ މާހައުލު އުފެދެ އެވެ. ފަހަކަށް އައިސް އެފަދަ އަލިފާންގަނޑުތަކުގައި ލިބޭ ގެއްލުން ދަނީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ބޮޑުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox