ޓީސީ އާއި ވެލެންސިއާ މި ފަހަރު ވެސް އެއްވަރު

Jul 22, 2022, 8:46 PM
ވެލެންސިއާގެ ޔާނު (ކ) ޓީސީގެ އީނާޒް ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ވެލެންސިއާގެ ޔާނު (ކ) ޓީސީގެ އީނާޒް ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް އާއި ކްލަބް ވެލެންސިއާ ލަނޑެއް ނުޖެހި 0 -0 އިން އެއްވަރުވެއްޖެ އެވެ.

މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕާއި ލީގުގެ ފުރަތަމަ ބުރުގައި ވެލެންސިއާ އިން ޓީސީ ބަލިކުރި ނަމަވެސް ލީގުގެ ދެ ވަނަ ބުރާއި ތިން ވަނަ ބުރުގައި ޓީސީ އާއި ވެލެންސިއާގެ ކުރިމަތިލުންތައް ނިމުނީ އެއްވަރުވެގެންނެވެ.

މިރޭގެ މެޗުގެ ނަތީޖާއާ އެކު، 2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ ވަނީ ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ގަދަ ހަތަރެއްގެ ޖާގަ ހޯދުމުގެ ރޭހުގައި އޮތް ވެލެންސިއާ ހަ ވަނައިގައި އޮތީ 26 ޕޮއިންޓާ އެކު އެވެ. ޔުނައިޓަޑް ވިކްޓަރީ އާއި ގްރީން ސްޓްރީޓްސް ވެސް އޮތީ 26 ޕޮއިންޓާ އެކު އެވެ. އެކަމަކު، ލަނޑުގެ ތަފާތުން، ތާވަލްގެ ހަތަރު ވަނައިގައި އޮތީ ގްރީން ސްޓްރީޓްސް އެވެ. ފަސް ވަނައިގައި އޮތީ ޔުނައިޓަޑް ވިކްޓަރީ އެވެ.

ވެލެންސިއާ މިރޭގެ މެޗަށް ނިކުތްއިރު، އެ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އާއި ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ޓީމަކު ނެތެވެ. ވެލެންސިއާގެ ގޯލު ބެލެހެއްޓީ ކުރިން ޓީސީ އަށް ވެސް ކުޅުނު ގޯލްކީޕަރު އާދަމް އިމްއާނެވެ. އެންޑީގެ ބަދަލުގައި، ވެލެންސިއާގެ ސެންޓްރަލް ޑިފެންސަށް ކުޅުނީ އާންމުކޮށް މިޑްފީލްޑުން ފެންނަ މިސްރުގެ ކުޅުންތެރިޔާ ހަލީލް ޖަމާލް އެވެ.

ސަސްޕެންޝަނާއި އަނިޔާގެ ސަބަބުން، އަދި 19 އަހަރުން ދަށުގެ ޓީމަށް ބައެއް ކުޅުންތެރިން ނެގުމުގެ ސަބަބުން، ޓީސީގެ ޓީމުގައި ވެސް ބަދަލުތަކެއް ފެނުނެވެ. އެގޮތުން، އެންމެ ބޮޑަށް ފާހަގަވީ އާންމުކޮށް ސެންޓްރަލް ޑިފެންސަށް ކުޅޭ މިސްރުގެ ޑިފެންޑަރު އަލާ ނަސީރު ނެތްތަނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފުރަތަމަ ހާފުގައި ހަމަހަމަ ކުޅުމެއް ފެނުނަސް، ދެ ޓީމުގެ ފަރާތުން ފެނުނީ މަދު ހަމާލާތަކެވެ. މެޗުގެ ކުރީކޮޅު، ވެލެންސިއާގެ އިސްމާއިލް އީސާ (މެސީ) އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ހުރަހަކަށްވީ ޓީސީގެ ސްރީލަންކާ ގޯލްކީޕަރު ސުޖަަން ޕެރޭރާ އެވެ.

ދެ ޓީމަށް ވެސް، ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ މެޗުގެ ފަހު 10 މިނިޓުގެ ތެރޭގަ އެވެ. ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން، މެޗުގެ 85 ވަނަ މިނިޓުގައި މުހައްމަދު އުމެއިރަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ އަށް ބޯޅަ ކޮންޓުރޯލްކޮށްލެވޭ ގޮތެއްނުވި އެވެ.

އޭގެ އިރުކޮޅެއް ފަހުން، ޓީސީގެ މުހައްމަދު މުސްލިހު (މުއްޓި) ތަނަވަސްކޮށްދިން ފުރުސަތަކުން، ނިޝާމް މުހައްމަދު (ޕޮގްބާ) އަށް ވެލެންސިއާގެ އޭރިޔާ ތެރެއިން ހުސް ފުރުސަތެއް ލިބުނެވެ. އެކަމަކު، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ.

މެޗުގެ އިތުރު ވަގުތުގައި، ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިޔާ ތެރެއިން، ގޯލު ކުރިމައްޗަށް މެސީ ޖައްސާލި ބޯޅަ ޔާނު އަށް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ޓީސީގެ ކީޕަރު ސުޖަން ވަނީ ދިފާއުކޮށްފަ އެވެ.

ދިވެހި ލީގުގައި ހުކުރު ދުވަހު ހަވީރު ދަ ގްރާންޑޭ އަތުން 1-0 އިން މޮޅުވެ، މާޒިޔާ ވަނީ ދިވެހި ލީގުގެ ޗެމްޕިއަން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox