ގްރީން ސްޓްރީޓްސް އަތުން އީގަލްސް އަށް ހަތަރު ވަނަ މޮޅު

Jul 21, 2022, 1:11 PM
ީއީގަލްސްގެ ތިން ވަނަ ގޯލު ޖެހުމަށް ފަހު ހެލްމެޓް (ކ) އާއި ސިފާއު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ީއީގަލްސްގެ ތިން ވަނަ ގޯލު ޖެހުމަށް ފަހު ހެލްމެޓް (ކ) އާއި ސިފާއު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު 3-1 އިން ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރިހޯދައި މި ފަހަރުގެ ސީޒަނުގައި އެ ޓީމު އަތުން ކްލަބް އީގަލްސް އިން ހަތަރު ވަނަ މޮޅު ހޯދައިފި އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސް އިން ގްރީން ސްޓްރީޓްސް ބަލިކުރީ 4-1 އިންނެވެ. ލީގުގެ ފުރަތަމަ ބުރުގައި އީގަލްސް އިން 4-2 އިން ގްރީން ސްޓްރީޓްސް ބަލިކުރިއިރު، ދެ ވަނަ ބުރުގައި މޮޅުވީ 3-2 އިންނެވެ. އަދި ލީގުގެ ފަހު ބުުރުގައި އީގަލްސް މި ވަނީ 3-1 އިން ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ. ގްރީން ސްޓްރީޓްސް އަށް މި ސީޒަނުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ އީގަލްސް އެވެ.

އީގަލްސް އިން މިއަދުގެ މޮޅާ އެކު ވަނީ އެއް މެޗު އިތުރަށް ކުޅެ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ފަސް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ 18 މެޗުން 51 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 19 މެޗުން ވަނީ 46 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މާދަމާ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށް މާޒިޔާ އަށް ބާކީ ތިން މެޗު އޮއްވައި، ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދޭނެ އެވެ.

Advertisement

އީގަލްސްގެ ބްރޫނޯ (ވ) ގްރީން ސްޓްރީޓްސްގެ ހަސީބު އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގަލޮޅު ދަނޑުގައި މިއަދު ހަވީރުގެ ކުޅުނު މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި އީގަލްސް އަށް ލީޑުނަގައިދިނީ ބްރެޒިލްގެ ފޯވާޑް ބްރޫނޯ ވިނީޝިއަސް އެވެ. މިއީ ގްރީން ސްޓްރީޓްސްގެ މެދުތެރެއިން ހެދި ގޯހެއްގެ ފައިދާނަގައި ބްރޫނޯ ޖެހި ގޯލެެކެވެ.

އީގަލްސް އިން މެޗުގެ 18 ވަނަ މިނިޓްގައި ލީޑުފުޅާކުރީ ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ގޯލުންނެވެ. މިއީ ހަންނަ ޖެހި ޝޮޓެއް ގްރީން ސްޓްރީޓްސްގެ އިބްރާހިމް ހަސީބު ގައިގައި ޖެހިފައި ވަން ގޯލެކެވެ.

އީގަލްސްގެ ދެ ގޯލަށް ފަހު ގްރީން ސްޓްރީޓްސް އިން ކުޅެން ފަށާއި އެޓޭކް ވެސް ވަރުގަދަކުރި އެވެ. ގްރީން ސްޓްރީޓްސްގެ ހަސަން ފަވާޒް (ފައްވަ) ޖެހި ބޯޅައެއް ގޯލާ ސީދާނުވެ ދިޔައިރު، އޭގެ މިނިޓެއް ފަހުން ގްރީން ސްޓްރީޓްސް އިން ގޯލެއް ޖެހި އެވެ. މިއީ އޭރިއާތެރެއިން މުހައްމަދު ޖައިލަމް (އޮގީ) ވޮލީއަކުން ޖެހި މޮޅު ގޯލެކެވެ.

ފުރަތަމަ ހާފުގައި އީގަލްސް އަށް ތިން ވަނަ ގޯލެއް ޖަހައިދޭން، އެ ޓީމުގެ އަހުމަދު ހަސަން (އައްމަޑޭ) ޖެހި ބޯޅަ ގޯލާ ސީދާނުވި އެވެ.

އީގަލްސްގެ ސަމިއްޓެ (ކ) އަތުން ބޯޅަ ހޯދަން ގްރީން ސްޓްރީޓްސްގެ އޮގީ މަސައްކަތް ކުރަނީ: މި މެޗުގައި އޮގީ ވަނީ މޮޅު ގޯލެއް ޖަހާފައި.-- ފޮޓޯ: އިމޭޖަސް،އެމްވީ

އީގަލްސް އިން ތިން ވަނަ ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 55 ވަނަ މިނިޓްގައި މި ގޯލު ޖެހީ އަހުމަދު ނޫމާން (ހެލްމެޓް) އެވެ. އޭރިއާބޭރުން ހިލޭ ޖެހުމަކުން އީގަލްސްގެ ހުސެއިން ސިފާއު (ކުރޯ) ނެގި ބޯޅަ ހެލްމެޓް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އީގަލްސް އިން އެންމެ ފަހުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކުރި މެޗުގައި ވެސް ހެލްމެޓް ގޯލު ޖެހި އެވެ. އީގަލްސް އަށް ހަތަރު ވަނަ ގޯލެއް ޖަހައިދޭން އެ ޓީމުގެ އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ޖެހި ބޯޅައެއް ގްރީން ސްޓްރީޓްސްގެ ކީޕަރު ޕާކިސްތާންގެ ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ.

ގްރީން ސްޓްރީޓްސް ލީގުގެ ހަތަރު ވަަނައިގައި އޮތީ 19 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކުޅޭނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox