ވިސާގެ މައްސަލަ ހައްލުކޮށް، ޒަވީ ބާސެލޯނާ ޓީމާ ގުޅިއްޖެ

Jul 21, 2022, 10:07 AM
ވިސާގެ މައްސަލަ ހައްލުކޮށް، ޒަވީ ބާސެލޯނާ ޓީމާ ގުޅިއްޖެ

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 21) - އެމެރިކާގެ ވިސާ ހޯދުމުގައި ދިމާވި މައްސަލަތައް ހައްލުކޮށް، ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އެމެރިކާ އަށް ދަތުރުކޮށް، ބާސެލޯނާ ޓީމާ ގުޅިއްޖެ އެވެ.

ޕްރީ ސީޒަން ޓުއާއެއްގައި މީގެ ފަސް ދުވަސް ކުރިން އެމެރިކާ އަށް ބާސެލޯނާގެ ޓީމު ފުރިއިރު، ޒަވީ އަށް ޓީމާއެކު ފުރޭ ގޮތެއްނުވި އެވެ. ޒަވީ އަށް އެމެރިކާގެ ވިސާ ނުލިބުނީ، ގަތަރުގެ އަލް ސާދުގެ ކޯޗުގެ މަގާމުގައި އޭނާ ހުރިއިރު، އޭ ޓީމާއެކު އީރާނަށް ދަތުުރުތަކެއް ކޮށްފައިވާތީ އެވެ. އެހެންކަމުން، އެމެރިކާ އަށް އެތެރެވުމަށް ޒަވީ އަށް ހާއްސަ ހުއްދައެއް ބޭނުންވެ އެވެ.

ޓީމާއެކު ޒަވީ އަށް ނުފުރުނީ އެމެރިކާގެ ކަމާބެހޭ އިދާރާތަކަށް ބޭނުންވާ ލިޔެކިއުންތައް ހަމަނުވާތީ އެވެ. އެއީ ޒަވީ އީރާނަށް ކުރި ދަތުރުގައި ކުރި މަސައްކަތް އަންގައިދޭ ލިޔެކިޔުންތަކާއި އެހެނިހެން މުހިންމު މައުލޫމާތު ބޭނުންވާ ލިޔުންތަކެވެ.

ވިސާ ހޯދުުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް، ޒަވީ ވަނީ މި ހަފުތާގެ ތެރޭގައި މެޑްރިޑަށް ދަތުރުކޮށްފަ އެވެ. އަދި ވިސާގެ މައްސަލަ ހައްލުވުމާ އެކު، އޭނާ ވަނީ މިހާރު އެމެރިިކާ އަށް ދަތުރުކޮށް، ޓީމާ ގުޅިފަ އެވެ.

ވިސާގެ މައްސަލަތަކާ ގުޅިގެން ޒަވީ އަށް ވަނީ ޕްރީ ސީޒަން ޓުއާގެ ފަސް ދުވަސް ގެއްލިފަ އެވެ. އޭގެ ތެރޭގައި މަޔާމީ އެފްސީއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު ވެސް ހިމެނެ އެވެ. މި މުއްދަތުގައި، ބާސެލޯނާ އަށް އިރުޝާދު ދިނީ ޒަވީގެ ކޮއްކޮ އަދި ޓީމުގެ އެސިސްޓަންޓް ކޯޗު އޮސްކާ ހެނާންޑޭޒް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox