ޗެލްސީން ކޫންޑޭ ގަންނަން ކުރާ މަސައްކަތް ވަރުގަދަކޮށްފި

Jul 21, 2022, 3:34 AM
ސެވިއްޔާ މެޗެއްގެ ތެރެއިން ކޫންޑޭ: އޭނާ ހޯދުމުގެ ރޭހުގައި ޗެލްސީން ވާދަކުރަނީ ބާސެލޯނާއާ.

ސެވިއްޔާ މެޗެއްގެ ތެރެއިން ކޫންޑޭ: އޭނާ ހޯދުމުގެ ރޭހުގައި ޗެލްސީން ވާދަކުރަނީ ބާސެލޯނާއާ.

ލަންޑަން (ޖުލައި 21) - ސެވިއްޔާ އަށް ކުޅެމުން އަންނަ ފްރާންސް ގައުމީ ޓީމުގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ ގަންނަން ޗެލްސީން ކުރަމުން އަންނަ މަސައްކަތް ވަރުގަދަކޮށްފި އެވެ.

ކޫންޑޭ، 23، ގަންނަން މީގެ ކުރިން ޗެލްސީން ކުރި ދެ ބިޑެއް ސެވިއްޔާ އިން އަނބުރާ ފޮނުވާލީ އެވެ. ފުރަތަމަ ޗެލްސީން ހުށަހެޅީ 40 މިލިއަން ޑޮލަރުގެ ޑީލެކެވެ. އެ ޑީލަށް ފަހު ދެން ހުށަހެޅި 53 މިލިއަން ޑޮލަރުގެ ބިޑަށް ވެސް ސެވިއްޔާގެ ރުހުން ނުލިބުނެވެ. އެކަމަކު، ޗެލްސީން މިހާރު ވަނީ 65 މިލިއަން ޑޮލަރުގެ ބިޑެއް ހުށަހަޅައިފަ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިއީ ސެވިއްޔާ އިން ކޫންޑޭ ވިއްކާލަން ބަލާއިރު ހިތްހަަމަޖެހޭ ވަރުގެ ފީ އެކެވެ.

ފްރާންސްގެ ބޯޑޯ ދޫކޮށް 2019 ވަނަ އަހަރު ސެވިއްޔާ އަށް ބަދަލުވި ކޫންޑޭ އަކީ ފަހަކަށް އައިސް އެއް ލެވަލެއްގައި ކުޅެމުން އަންނަ މަދު ޑިފެންޑަރުންގެ ތެރެއިން އެއް ކުޅުންތެރިއެކެވެ. ކޫންޑޭ ގަންނަން އެ ފަހަރު ސެވިއްޔާ އިން 27 މިލިއަން ޑޮލަރު ހަރަދުކުރި އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކޫންޑޭ ހޯދުމުގެ ރޭހުގައި ޗެލްސީގެ އިތުރުން ބާސެލޯނާ އިން ވެސް ވާދަކުރެ އެވެ. އެކަަމަކު، ރަސްމީ ސިފައެއްގައި ކޫންޑޭ އަށް ބިޑްކުރަން ބޭނުންވާ ފައިސާ އަދި ބާސެލޯނާ އަށް ހަމަނުޖެހެ އެވެ.

ޗެލްސީން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން އާއި ނަޕޯލީގެ ކަލީދޫ ކުލިބާލީގެ ސޮއި ހޯދައިފަ އެވެ. މި ދެ ކުޅުންތެރިން ގަންނަން ޗެލްސީގެ އާ ވެރިޔާ ޓޮޑް ބޯލީގެ .ލީޑަޝިޕުން ޖުމްލަ އެކު 100 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަރަދުކުރާނެ އެވެ.

ޕްރީ ސީޒަން ޓުއާގެ ތެރެއިން ދިން އިންޓަވިއުއެއްގައި ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން އެ ކްލަބުން އަދިވެސް ކުޅުންތެރިންތަކެއް ގެންނާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox