ތައްޔާރު ފުޓްސަލް 2022: ފައިނަލުގައި ދެއްވަދޫ އާއި ލެޖެންޑްސް

Jul 21, 2022, 2:27 AM
ެދެއްވަދޫ އާއި ހޯޑެއްދޫ ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: ތައްޔާރު ފުޓްސަލް

ެދެއްވަދޫ އާއި ހޯޑެއްދޫ ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: ތައްޔާރު ފުޓްސަލް

ހުވަދު އަތޮޅުގެ ރަށްތަކަށް ހުޅުވާލައިން، ގދ. މަޑަވެލީގައި ކުރިއަށްގެންދާ ފޯރިގަދަ މުބާރާތް ކަމަށްވާ، ތައްޔާރު ފުޓްސަލް 2022 ގެ ފައިނަލުން ދެއްވަދޫ އެފްސީ އާއި ލެޖެންޑްސް ފުރުސަތު ހޯދައިފި އެވެ.

ދެއްވަދޫ އާއި ލެޖެންޑްސް ފައިނަލުން ފުރުސަތު ހޯދީ މެޗަކުން ބަލިނުވެ އެވެ.

މަޑަވެލީ ކިއުވަން އެރިނާގައި ކުޅުނު ފުރަތަމަ ސެމީފައިނަލްގައި ބައްދަލުކުރީ ހޯޑެއްދޫ ސްޕޯޓްސް އާއި ދެއްވަދޫ އެފްސީ އެވެ. އިބްރާހިމް ސިނާހު އާއި މުހައްމަދު އިންޝާއު އަހުމަދުގެ އިތުރުން ރާހިލް ރަޝީދުގެ މޮޅު ކުޅުމާއި އެކު 5-7 އިން މެޗު ކާމިޔާބުކުރީ ދެއްވަދޫ އިންނެވެ.

މި މެޗުގައި ދެއްވަދޫގެ އިންޝާއު ހަތަރު ގޯލު ޖެހިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އަނެއް ގޯލުތައް ޖެހީ ރާހިލް ރަޝީދު (ރާއްކޮ) އެވެ. ހޯޑެއްދޫގެ ފަސް ގޯލުގެ ތެރެއިން އަލީ ޝިފާއު (ރޮނާ) ތިން ގޯލު ޖަހައި ހެޓްރިކެއް ހެދިއިރު، އަނެއް ދެ ގޯލް ޖެހީ ޒައްމަތު ވަހީދު އާއި ސާއިން އަސްލަމް އެވެ.

ލެޖެންޑްސް އާއި ޕޮލިސް ބައްދަލުކުރި ދެ ވަނަ ސެމީ ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: ތައްޔާރު ފުޓްސަލް

ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި ލެޖެންޑްސް އާއި ގދ. ޕޮލިސް މެޗުވެސް ދިޔައީ ވަރަށް ފޯރިގަދަ ކޮށެވެ. މި މެޗު ލެޖެންޑްސް އިން ކާމިޔާބުކުރީ 3-1 ގޯލުންނެވެ.

ދެ ވަނަ ހާފްގައި ގޯލުތައް ފެނިގެންދިޔަ މި މެޗުގައި ލެޖެންޑްސް އިން ލީޑުނެގީ އަރިމަތިން ޝިފާޒް އާދިލް (ތުއްތު) ޖެހި ގޯލަކުންނެވެ. އެ ޓީމުން ފަސް ބެލުމެއް ނެތި އިތުރު ދެ ގޯލު ޖެހި އެެވެ. މި ގޯލްތައް ޖަހައިދިނީ ނާއިފް ޝަފީގް (ސީއާރް3) އާއި ހަމްދޫން އަހުމަދު އެވެ.

ލަނޑު ޖަހާނެ ފުރުސަތުތަކެއް ހޯދި ޕޮލިހުގެ ގޯލް ޖެހީ ނަދީމް މުހައްމަދު އެވެ.

ތައްޔާރު ފުޓްސަލް 2022ގެ ފައިނަލުގައި ލެޖެންޑްސް އާއި ދެއްވަދޫ ބައްދަލުކުރާ މެޗު ކުޅޭނީ މިރޭ 8:30 ގައި މަޑަވެލީ ކިއުވަން އެރީނާގަ އެވެ. މި މުބާރާތް އަންނަ އަހަރު ވެސް ބާއްވަން ޓީމްތަކަށް ބައިވެރިވުމުގެ ފުރުސަތު ފެބްރުއަރީ މަހު ހުޅުވާލުމަށް ތައްޔާރު ފުޓްސަލް އިން ވަނީ ނިންމައިފަ އެވެ. މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ކޮކާކޯލާ ކޮމްޕެނީ އެވެ. މީޑިއާ ޕާޓްނަރަކީ އަދަދު ނޫހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox