ޖޭމްސް ވެބް ޓެލެސްކޯޕުން ދަނބު ކުލައިގެ "ސްޕައިރަލް ގެލެކްސީ"އެއްގެ ފޮޓޯ

ގެލެކްސީ އެންޖީސީ 628: މި ފޮޓޯ ނެގީ ނާސާގެ ޖޭމްސް ވެބް ޓެލެސްކޯޕުން. -- ފޮޓޯ: ޖީބްރެމާ/ ޓްވިޓާ

ގެލެކްސީ އެންޖީސީ 628: މި ފޮޓޯ ނެގީ ނާސާގެ ޖޭމްސް ވެބް ޓެލެސްކޯޕުން. -- ފޮޓޯ: ޖީބްރެމާ/ ޓްވިޓާ

ނާސާގެ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން ނެގި ދަނބު ކުލައިގެ "ސްޕައިރަލް ގެލެކްސީ"އެއްގެ ފޮޓޯއަށް ބޮޑު ސަަމާލުކަމެއް ލިބިއްޖެ އެވެ.

އިނގިރޭސިވިލާތުން ދަ އިންޑެޕެންޑެންޓް ނޫހުން ބުނީ އެ ފޮޓޯ ޓްވިޓާގަައި އާާއްމު ކުރީ ޔުނިވާސިޓީ އޮފް ކޯޕެންހޭގަންގެ ނީލްސް ބޯރް އިންސްޓިޓިއުޓްގެ ކޮސްމިކް ޑޯން ސެންޓަރުގެ އެސްޓްރޮނޮމާ ގެބްރިއެލް ބްރާމާ ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު ނަގާފައިވާ އެ ފޮޓޯއިން ފެންނަނީ ގެލެކްސީ އެންޖީސީ 628 އެވެ.

Advertisement

"މި ގެލެކްސީއަކީ އަހަރުމެންގެ ދުނިޔެ މިވާ މިލްކީ ވޭއާ ދާދި އެއް ގޮތް ގެލެކްސީއަކަށް ވެދާނެ،" ބްރާމާ ދަ އިންޑެޕެންޑެންޓް ނޫހަށް ބުންޏެވެ.

މީގެ ކުރިން ނާސާއިން ބޭނުން ކުރި ހަބްލް ސްޕޭސް ޓެލެސްކޯޕުން ވެސް ހަމަ މި ގެލެކްސީގެ ފޮޓޯ ނެގި އެވެ. އެކަމަކު އޭރުގެ ފޮޓޯތަކާއި ޖޭމްސް ވެބް ޓެލެސްކޯޕުން ނެގި ފޮޓޯއާ ވަރަށް ތަފާތެވެ.

"ހަބްލް ނޫނީ ބިމުގައި މި ގެންގުޅޭ އެހެން ޓެލެސްކޯޕުން ބަލައިފި ނަމަ މި ގެލެކްސީން ފެންނާާނީ ނޫ ކުލަ އާާއި ރަތް ކުލައިގެ ތަަރި،" ބްރާމާ ބުންޏެވެ.

"މި ފޮޓޯއިން ތަރިތަކަށް ވުރެ ބޮޑަަށް މި ފެންނަނީ މި ގެލެކްސީގައިވާ ގޭހާއި ހިރަފުސް."

ދިހަ ބިލިއަަން ޑޮލަރު ހޭދަަކޮށްގެން ހެދި ޖޭމްސް ވެބް ޓެލެސްކޯޕް ޖައްވަށް ފޮނުވައި ނެގި ފުރަތަމަ ފޮޓޯ ވައިޓް ހަައުސްއިން ދައްކާލީ ޖުލައި 11 ވަނަ ދުވަހު އެވެ.

ޖޭމްސް ވެބް ޓެލެސްކޯޕުން ނެގި ފުރަތަމަ ފޮޓޯ.
ޖޭމްސް ވެބް ޓެލެސްކޯޕުން ނެގި ފުރަތަމަ ފޮޓޯ.

ޖޭމްސް ވެބް ޓެލެސްކޯޕުން ނެގި ފުރަތަމަ ފޮޓޯ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox