މޫސުމަށް އަންނަ ބަދަލަށް ފަހި، ފަތުރުވެރިކަމުގެ އީޖާދީ ހިޔާލުތަކަށް އެމެރިކާ ސަރުކާރުގެ ހިލޭ އެހީ

އޮބްލޫ ސަންގަލި ރިސޯޓް: ފަތުރުވެރިކަމުގެ ދާއިރާ މޫސުމީ ބަދަލުތަކަށް ހޭނުމަށް ހާއްސަ ޗެލެންޖެއް ހިންގުމަށް ޔޫއެސްއެއިޑުން ވަނީ ނިންމާފައި

އޮބްލޫ ސަންގަލި ރިސޯޓް: ފަތުރުވެރިކަމުގެ ދާއިރާ މޫސުމީ ބަދަލުތަކަށް ހޭނުމަށް ހާއްސަ ޗެލެންޖެއް ހިންގުމަށް ޔޫއެސްއެއިޑުން ވަނީ ނިންމާފައި

މޫސުމަށްއަންނަ ބަދަލުތަކާ ގުޅިގެން ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އެދާއިރާއަށް އަމާޒުކޮށް އުފެއްދުންތެރި އިޖާދީ، ޚިޔާލު ހުށަހަޅައިގެން ހިލޭ އެހީ ހޯދުމުގެ ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޔޫއެސްއެއިޑުން ކުރިއަށްގެންދާ ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓުގެ ދަށުންނެވެ. އެ ޕްރޮޖެކްޓުގެ ދަށުން ޔޫއެސްއެއިޑުން ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް އީޖާދީ ހައްލުތައް ހޯދަން އަމާޒުކޮށް ކޮންސެޕްޓު ޕޭޕަރު ތައްޔާރުކޮށް ހުށަހެޅުމުގެ ފުރުސަތު އޯގަސްޓު މަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

މި ފުރުސަތުގައި ކަރުދާސް ހުށައަޅާ ފަރާތްތަކުގެ ތެރެއިން ގިނަވެގެން ފަސް ފަރާތަކަށް، ކޮންމެ ފަރާތަކަށް 50،000 - 200،000 އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދަކަށް ގްރާންޓު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ފުރުސަތު އަމާޒުކޮށްފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އީޖާދީ އާ ހައްލުތަކެއް ހޯދައިދިނުމަށެވެ. އޭގެ ތެރޭގައި، ޓެކްނޮލޮޖީ އާއި ހިދުމަތް ފޯރުކޮށްދީ ލިބިދިނުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރެވިދާނެ އާ ގޮތްތައް ވެސް ހިމެނެއެވެ. އަދި، މި ދާއިރާއިން އިންސާނީ ވަސީލަތް ބިނާކުރުމުގެ ފުރުސަތު ވެސް ހިމެނެ އެވެ.

ޔޫއެސް.އެއިޑުން ކުރިއަށްގެންދާ ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކޮށް، އެފަދަ ގެއްލުންތަކަށް ހޭނި، ޖަމިއްޔާ ޖަމާއަތްތަކާއި، އަދި ވިޔަފާރިވެރިންގެ ބައިވެރިވުން އިތުރުކޮށް، ދެމެހެއްޓެނިވި "މާކެޓް-ޑްރިވަން" ހައްލުތަކެއް ހޯދައިދީ ތަރައްގީކޮށް، ފޯރުކޮށްދިނުމަށް ހިންގާ ޕްރޮޖެކްޓެކެވެ.

މިޕްރޮޖެކްޓް އިފްތިތާހު ކޮށްފައިވަނީ މިއަހަރުގެ މާޗް މަހު އެވެ. އަދި، މި ޕްރޮޖެކްޓް ކުރިއަށްއޮތް ފަސްއަހަރު ދުވަހަށް ހިންގާނެއެވެ.

ހުށަހެޅިދާނެ އީޖާދީ ހައްލުތައް

  • "ކެޓަލިޓިކް ސީޑް ފަންޑިން" މެދުވެރިކޮށް އިންވެސްޓްމަންޓް އިތުރުކުރުމުގެ ފުރުސަތު ފަހިކުރުން
  • މޫސުމަށް އަންނަ ބަދަލުތަކަށް ނާޒުކު ސަރަހައްދުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް އެޑަޕްޓޭޝަން ޕްރޮޖެކްޓުތައް ހިންގުން
  • މޫސުމީ ހިރާސްތަކާ ބެހޭ މައުލޫމާތު ފުޅާދާއިރާއެއްގައި ފެތުރުމާއި ފޯރުކޮށްދިނުން.

ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ކޮންސެޕްޓު ހުށަހެޅުމަށް ޔޫއެސްއެއިޑުން ބާރު އަޅައެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ އަދި ރާއްޖޭގެ މަދަނީ ޖަމްއިއްޔާތަކާއި، ޕްރައިވެޓް ސެކްޓަރުގެ ހަރަކާތްތެރިންނާއި ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްތަކަށްވެސް ކޮންސެޕްޓު ހުށަހެޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox