ހުވަދު އަތޮޅުގެ ރަށްތަކަށް ހުޅުވާލައިން، ގދ. މަޑަވެލީގައި ކުރިއަށްދާ ތައްޔާރު ފުޓްސަލް 2022 ގެ ސެމީ ފައިނަލުން ދެއްވަދޫ، ހޯޑެއްދޫ، ލެޖެންޑްސް އަދި ގދ. ޕޮލިސް ކްލަބް ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މެޗަކުން ބަލިނުވެ، ސެމީން ފުރުސަތު ހޯދި ތިން ޓީމަކީ ދެއްވަދޫ އާއި ހޯޑެއްދޫ އަދި ލެޖެންޑްސް އެވެ.
ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެފްސީ ބީއެޗާއި ދެއްވަދޫ އެވެ. މި މެޗް 3-0 އިން ކާމިޔާބުކުރީ ދެއްވަދޫ އިންނެވެ. ދެއްވަދޫ ޓީމުގެ ގޯލްތައް ޖަހައިދިނީ މުތަގައްވިރު މުޙައްމަދު ދީދީ، ރާހިލް ރަޝީދު އަދި މުޙައްމަދު ރައްޒާނު އެވެ. މި މެޗުގައި ހިގައިދިޔަ ހަމަނުޖެހުމެއްގެ ސަަބަބުން މައްސަލަ ބަލައި، އެފްސީ ބީއެޗްގެ އަބްދުﷲ ވަނީ ތައްޔާރު ފުޓްސަލްގެ އެއްވެސް މުބާރާތެއްގައި ނުކުޅެވޭ ގޮތަށް ސަސްޕެންޑް ކޮށްފަ އެވެ.
ކުއާޓާ ފައިނަލްގެ ދެ ވަނަ މެޗްގައި ލެޖެންޑްސް އާއި ސަންސެޓް ގަރާޖްގެ ކުރިމަތިލުން ވީ 2-2 އިން އެއްވަރެެވެ. ލެޖެންޑްސްގެ ގޯލުތައް ޖެހީ އަސްބާހު އާއި ހަމީޒް އެވެ. ސަންސެޓް ގަރާޖްގެ ގޯލުތައް ޖެހީ އިބްރާހިމް އާއި ސިނު އެވެ. ނަތީޖާ ނެރެން، ޖެހުނީ ނަތީޖާ ނެރެން ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި ލެޖެންޑްސް ކާމިޔާބު ހޯދީ އެ ޓީމުގެ ކީޕަރު ދެއްކި ތަފާތުންނެވެ. އޭނާ ވަނީ ތިން ޕެނަލްޓީ ހުއްޓުވައިފަ އެވެ.
ކުއާޓާ ފައިނަލްގެ ތިން ވަނަ މެޗުގައި ހޯޑެއްދޫ އާއި ކާޑެއްދޫ ރެކްރިއޭޝަން ބައްދަލުކުރިއިރު، ކާޑެއްދޫ އިން ބިލާލް އާއި ޝަހީދުގެ ލަނޑުތަކުން ދެ ގޯލުގެ ލީޑެއް ނަގާފަވަނިކޮށް ސާނިއު އަދި އަލީ ޝިފާއު (ރޮނާ) ގެ ގޯލް ތަކުން މެޗު އެއްވަރުވީ އެވެ. ނަތީޖާ ނެރެން ޕެނަލްޓި ޖެހިއިރު، ޕެނަލްޓީގައި ކުރިހޯދީ ހޯޑެއްދޫ އެވެ.
ސެމީގެ ފަހު ޖާގަ އަކަށް ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ވާދަކުރީ ކަސްޕޫކާސް އާއި ގދ. ޕޮލިހެވެ. މި މެޗު ފަސޭހަކަމާ އެކު ގދ.އަތޮޅު ޕޮލިސް ވަނީ 4-2 އިން މޮޅުވެފަ އެވެ. ޕޮލިހުގެ ނަދީމް ދެ ގޯލު ޖެހިއިރު، އަނެއް ގޯލުތައް ޖެހީ އިބްރާހިމް އާއި ނިޔާޒް އެވެ. ކަސްޕޫކާސްގެ ގޯލުތައް ޖެހީ ހުޝާމް އާއި އިބްރާހިމް އެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮތީ މިއަދު އެވެ. އެ ގޮތުން ފުރަތަމަ ސެމީގައި ހޯޑެއްދޫ ކުޅޭނީ ދެއްވަދޫއާ ދެކޮޅަށެވެ. ދެ ވަނަ ސެމީގައި ލެޖެންޑްސް ބައްދަލުކުރާނީ ގދ. އަތޮޅު ޕޮލިހާ އެވެ.












