ނަހުލާ ތުރުކީއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރެއްގައި ކެއުމަށް އެކަނި 87،431ރ.

މިނިސްޓަރު ނަހުލާ؛ ދަތުރުފުޅުތަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައި-- ފޮޓޯ: އަބްދުﷲ ޝަފީއު/ އަދަދު

މިނިސްޓަރު ނަހުލާ؛ ދަތުރުފުޅުތަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައި-- ފޮޓޯ: އަބްދުﷲ ޝަފީއު/ އަދަދު

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތުރުކީގައި ކުރިއަށްދިޔަ 12 ވަނަ ޓްރާންސްޕޯޓް އެންޑު ކޮމިއުނިކޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކުރެއްވި ދަތުރުފުޅުގެ ކެއުމަށް އެކަނި 87،000 އަށްވުރެ ގިނަ ރުފިޔާ ހޭދަކުރި ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

މައުލޫމާތު ހޯޯދުމާއި ލިބުމުގެ ހައްގުގެ ދަށުން "އަދަދު" އިން ހޯދި މައުލޫމާތުތަކަށް ބަލާއިރު، 2019 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މެއި މަހުގެ ނިޔަލަށް ނަހުލާ ކުރެއްވި 13 ދަތުރުފުޅަކަށް ދައުލަތުން ވަނީ 1،099،495ރ. ހޭދަކޮށްފަ އެވެ.

ޓްރާންސްޕޯޓް އެންޑު ކޮމިއުނިކޭޝަން ފޯރަމްގައި ބައިވެރިވުމަށް ރާއްޖެއިން ވަޑައިގެންފައިވަނީ ނަހުލާ ހިމެނޭހެން ހަތަރު ބޭފުޅުންނެވެ. އިސްތަންބޫލުގައި ކުރި އެ ދަތުރުގައި ދައުލަތުން ދީފައިވަނީ ހަމައެކަނި ކެއުމުގެ ހަރަދު ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އޮކްޓޯބަރު މަހުގެ ފަސް ދުވަހުން ނުވަ ވަނަ ދުވަހަށް ކުރެއްވި މި ދަތުރުފުޅަށް 87،400ރ. ދައުލަތުގެ ބަޖެޓުން ވަނީ ހޭދަކޮށްފައި އެވެ. އެއީ ދުވާލަކަށް ކޮންމެ މީހަކު ކާން 5464.4 ރުފިޔާ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ނަހުލާ ތުރުކީއަށް ދަތުރުފުޅެއް ކުރެއްވިއިރު، ދެ ދުވަހުގެ އެ ދަތުރުގެ ހުރިހާ ކަމަކަށް ހޭދަކޮށްފައިވަނީ 82،709ރ. އެވެ. އޭގެ ތެރޭގައި ދަތުރުގެ ޓިކެޓާއި ހުރުމާއި ކެއުން ފަދަ ހުރިހާ ހަރަދެއް ހިމެނެ އެވެ.

titledesc

މި އަހަރުގެ މެއި މަހުގެ ނިޔަލަށް ނަހުލާ ވަނީ ސްރީލަންކާއާއި ސްވިޒަލޭންޑާއި ސިންގަޕޫރުގެ އިތުރުން ސައުދީ އަރަބިއްޔާއަށް ވަަޑައިގެންފަ އެވެ.

މި ދަތުރުފުޅުތަކުގެ ތެރެއިިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް ކޮމިޝަން ފޯ ޔޫރަޕްގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޓްރާންސްޕޯޓް މިނިސްޓީރިއަލް މީޓިންގައި ބައިވެރިވެވަޑައިގަތުމަށް ސްވިޒަލޭންޑަށް ކުރި ދަތުރުފުޅަށެވެ. 10 ދުވަހުގެ އެ ދަތުރުފުޅަށް ދައުލަތުން ވަނީ 171،039ރ. ވަނީ ހޭދަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox