އިނގިރޭސި ހައި ކޮމިޝަނަރު ރާއްޖޭގެ ކޮމަންވެލްތު ގޭމްސް ކޮންޓިންޖެންޓާ ބައްދަލުކޮށްފި

Jul 18, 2022, 5:56 AM
ކޮމަންވެލްތު ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓާއި އިނގިރޭސި ހައި ކޮމިޝަނަރު ކެރޮން ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ކޮމަންވެލްތު ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓާއި އިނގިރޭސި ހައި ކޮމިޝަނަރު ކެރޮން ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މި މަހު ފަހުކޮޅު އިނގިރޭސިވިލާތުގައި ފަށާ ކޮމަންވެލްތު ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓާއި ރާއްޖޭގައި ހުންނަވާ އިނގިރޭސި ހައި ކޮމިޝަނަރު ކެރޮން ރޮސްލާ ބައްދަލުކުރައްވައިފި އެވެ.

އިއްޔެ މާގިރި ހޮޓެލްގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރާއި ކޮމަންވެލްތު ގޭމްސްގެ ރާއްޖޭގެ ޗެފް ޑި މިޝަން، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ގެ އިތުރުން ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ބައިވެރިވާ އެތުލީޓުން އަދި އޮފިޝަލުން ބައިވެރިވި އެވެ.

މި މަހު 28 އިން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ޓޭބަލް ޓެނިސް، ބެޑްމިންޓަން، ބީޗްވޮލީބޯޅަ، އެތުލެޓިކްސް އަދި ސްވިމިން ގައުމީ ޓީމު ބައިވެރިވެ އެވެ. ބީޗްވޮލީބޯޅަ ނޫން ކޮންމެ ކުޅިވަރެއްގައި ދެ ޖިންސުގެ އެތުލީޓުން ވާދަކުރާނެ އެވެ.

އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ހައި ކޮމިޝަނަރު، ކެރޮން ވިދާޅުވީ ރާއްޖެ ކޮމަންވެލްތަށް އެނބުރި އައުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ބާމިންހަމްގައި މި ފަހަރު ކޮމަންވެލްތު ގޭމްސް ހޯސްޓްކުރާއިރު، ކެރޮން ވަނީ އެ ސަރަހައްދާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ރާއްޖޭގެ ކޮންޓިންޖެންޓަށް ހިއްސާކޮށްފަ އެވެ.

އިއްޔެގެ ބައްދަލުވުމުގައި ހައި ކޮމިޝަނަރު ކެރޮން (މ) ރާއްޖޭގެ ކޮންޓިންޖެންޓާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ގޭމްސްގައި ވާދަކުރާ ދިވެހި އެތުލީޓުންނަށް ކާމިޔާބަށް އެދޭ ކަމަށް ވިދާޅުވެ، ކެރޮން ވަނީ ބާމިންހަމް ފަދަ އިނގިރޭސި އެންމެ ތާރީހީ އެއް ސިޓީގައި ކުޅިވަރުގެ ބޮޑު ގޭމްސްއެއްގައި ވާދަކޮށްލަން ލިބިފައިވާ މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފުމަށް ހުރިހާ އެތުލީޓުންނަށް ހިތްވަރު ދެއްވައިފަ އެވެ.

މި އިވެންޓްގައި ރާއްޖޭގެ އެތުލީޓުން ވެސް ވަނީ އެ ކުޅުންތެރިއަކު ވާދަކުރާ ކުޅިވަރެއްގައި މިހާތަނަށް ކުރި ތަޖުރިބާތަކުގެ މުހިންމު އުސްއަލިތައް ހިއްސާކޮށްފަ އެވެ.

ކޮމަންވެލްތް ގޭމްސްގައި ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނެވެ. އެހެންވެ، އެންމެ ފަހުން 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ބައިވެރިނުވެވުނެވެ.

ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަން ފާސްކުރި އެވެ.

ރާއްޖެ އަށް ކޮމަންވެލްތު ގޭމްސް އިން އަލުން ފުރުސަތު ލިބުނުކަން އިއުލާނުކުރީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

ކޮމަންވެލްތު ގޭމްސް އަށް ފަހު ރާއްޖޭގެ އެތުލީޓުންނަށް ދެން އޮތީ އަންނަ މަހު އަށް ވަނަ ދުވަހު ތުރުކީގެ ކޮންޏާގައި ބާއްވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އެވެ. ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންނާއި އޮފިޝަލުންނަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވަނީ ދާދި ފަހުން އެންޓި-ޑޯޕިން ސެމިނާ އެއް ނަގައިދީފަ އެވެ. މި ސެޝަން ނަގައިދެއްވީ ޑޯޕިން ކޮންޓްރޯލް އޮފިސަރު (ޑީސީއޯ)، ޑރ. މުހައްމަދު އިނާޝް އަބްދުލް ލަތީފް އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox