އެމްޓީސީސީ ނޯތު ލީގު: ށ. އަތޮޅުގެ ފުރަތަމަ މޮޅު ފޯކައިދޫ އަށް

Jul 18, 2022, 5:00 AM
އެމްޓީސީސީ ނޯތު ލީގުގައި ނަރުދޫ އާއި ފޯކައިދޫ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އުއްޗު ފޮޓޯސް

އެމްޓީސީސީ ނޯތު ލީގުގައި ނަރުދޫ އާއި ފޯކައިދޫ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އުއްޗު ފޮޓޯސް

ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގެ، އެމްޓީސީސީ ނޯތު ލީގުގެ ދެ ވަނަ ޑިވިޝަނުގައި އިއްޔެ، ށ. އަތޮޅު ބުރުގައި ނަރުދޫގެ ރަމްޒު ސްޕޯޓްސް އަތުން އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑިވެލޮޕްމެންޓުން 6-1 އިން މޮޅުވެއްޖެ އެވެ.

ނޯތު ލީގުގެ ގުރޫޕް ބީ ގައި އޮތީ ށ. އަތޮޅުގެ ތިން ރަށެެވެ. އެއީ ނަރުދު އާއި ފޯކައިދޫގެ އިތުރުން ފުނަދޫގެ ޔުނިޓީ ސްޕޯޓްސް ކްލަބެވެ. މި އަތޮޅުގެ ރައުންޑްގެ މެޗުތައް ފޯކައިދޫގައި ކުޅޭއިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅޭނެ އެވެ. އެންމެ ރަނގަޅު ނަތީޖާއެއް ނެރެ، ލީގު ބުރު ނިމޭއިރު ކުރީގައި އޮންނަ ދެ ޓީމެއް ނޯތު ލީގުގެ ފުރަތަމަ ޑިވިޝަނަށް ހޮވޭނެ އެވެ.

ފޯކައިދޫ ޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އެ ޓީމުން ވަނީ ހަތަރު ވަނަ މިނިޓުގައި ލީޑުނަގައިފަ އެވެ. ފޯކައިދޫ ލީޑުނެގީ އިބްރާހިމް މުޝީރުގެ ލަނޑުންނެވެ. ފޯކައިދޫން ވަނީ 12 ވަނަ މިނިޓުގައި ލީޑުފުޅާކޮށްފަ އެވެ. މިއީ ނަރުދޫގެ ކީޕަރު ހުސެއިން ނަޔާޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ދެ ވަނަ ހާފް ފެށިގެން ފަސް މިނިޓް ތެރޭ ނަރުދޫގެ އަލީ ރަމްޒީ ގޯލެއް ޖަހައިދީ އެ ޓީމަށް އުންމީދެއް ހޯދައިދިނެވެ. އެކަމަކު، ވަރުގަދަ ރޫހެއްގައި އޮތް ފޯކައިދޫން ތަފާތު ދެއްކި އެެވެ. ފޯކައިދޫން މި ހާފްގައި ހަތަރު ގޯލު ޖެހި އެެވެ.

ފޯކައިދޫގެ ތިން ވަނަ ލަނޑު ޖެހީ 57 ވަނަ މިނިޓުގައި ހަސަން ނަޝީދު އެވެ. މެޗުގެ 73 ވަނަ މިނިޓުގައި ފޯކައިދޫގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ ކުރިން ފުރަތަމަ ޑިވިޝަނުގައި ކްލަބް ގްރީން ސްޓްރީޓްސް އަށް މޮޅު ކުޅުމެއް ދައްކައިދިން މުހައްމަދު ރިސްވާން (ފުކޭ) އެވެ. ފޯކައިދޫގެ ފަހު ދެ ގޯލު ޖެހީ ނަޝީދު އާއި މުޝީރު އެވެ.

ނޯތު ލީގުގެ ދެ ވަނަ ޑިވިޝަނުގައި މިހާތަނަށް މެޗުތައް ނިމިފައިވަނީ ގުރޫޕް އޭ ގެ އެވެ. ހއ އާއި ހދ.ގެ ރަަށްތަކަށް ހާއްސަކޮށްފައި އެ ގްރޫޕްގެ އޮތްއިރު، ނޯތު ލީގުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދީ ހއ. ދިއްދޫ ބްލެކްޒީނޯ ސްޕޯޓްސް ކްލަބާއި ހދ. ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް އެވެ.

އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާއިރު، ރާއްޖެ ބެހިގެންދާނީ ހަަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ނޯތު ޒޯންގެ ގްރޫޕް ބީ އަކީ ށ އަތޮޅުގެ ބުރެވެ.

ނޯތު ލީގުގެ ގްރޫޕް ސީ ނ. އަތޮޅުގެ މެޗުތައް، އޮގަސްޓް އެކެެއްގައި ފަށާއިރު، ގްރޫޕް ޑީ، ރ އަތޮޅު ފަށަން ނިންމާފައި އޮތީ އޮގަސްޓް 24 ގަ އެވެ. ކޮންމެ ގްރޫޕަކުން ދެ ޓީމެއް، ޑިވިޝަން އެކަކަށް ޕްރޮމޯޓްވާނެ އެވެ. ޑިވިޝަން އެކެެއްގެ ޗެމްޕިއަން، 2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox