ޕީއެސްޖީގެ ރައީސް ހެއްލާފީ އިސްވެ ލަލީގާގެ ކްލަބެއް ގަންނަނީ

Jul 15, 2022, 8:42 AM
ޕީއެސްޖީގެ ރައީސް ހެއްލާފީ އިސްވެ ލަލީގާގެ ކްލަބެއް ގަންނަނީ

ދޯހާ، ގަތަރު (ޖުލައި 15) - ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ އިސްވެ ހުންނަވައި، ސްޕެނިޝް ލަލީގާގައި ވާދަކުރަމުން އަންނަ ކްލަބް، އެސްޕަންޔޯލް ގަންނަން ބިޑްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބާސެލޯނާ ވެސް ނިސްބަތްވާ ސަރަހައްދު، ކެޓަލޫނިއާގެ ކްލަބް އެސްޕަންޔޯލް މި ވަގުތު ހިންގަމުން އަންނަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ރަސްޓާ ގްރޫޕްގެ ދަށުންނެވެ. އެކަމަކު، ފާއިތުވި އަހަރުތަކުގައި އެ ކްލަބްގެ މާލީ ހާލަތު ގޯސްވުމުން މިހާރު އެސްޕަންޔޯލް ވިއްކާލަން އަންނަނީ ވާހަަކަ ދައްކަމުންނެވެ.

ރަސްޓާ ގްރޫޕުން 2015 ވަނަ އަަހަރު ގަތް އެސްޕަންޔޯލް މި ވަގުތު ވަނީ ބިޑަށް ލައިފަ އެވެ. ޗައިނާ މީޑިއާތަކަށް ރަސްޓާ ގްރޫޕްގެ ޗެއާމަން، ޗެން ޔަންޝެން ވަނީ އެސްޕަންޔޯލް ވިއްކާލަން ނިންމިކަން ކަށަވަރުކޮށްދީފަ އެވެ.

ސްޕެއިނާއި ގަތަރުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ދެ ފަރާތަކުން މި ވަގުތު ވެސް ވަނީ އެސްޕަންޔޯލް ގަންނަން ބިޑްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހެއްލާފީގެ ހިއްސާ އޮންނަ ކުންފުނި ކީއުއެސްއައި އާއި އުތުރު އެމެރިކާގެ ކުންފުންޏެކެވެ.

ޔުއެފާގެ ގަވާއިދުގައިވާ ގޮތުން އެއް ބޯޑު މެމްބަރަކު ސީނިއާ މެނޭޖްމަންޓްގައި ހިމެނޭ ދެ ކްލަބެއް އެއް ފަހަރާ ޔޫރަޕްގެ މުބާރާތެއްގައި ވާދަނުކުރެވޭނެ އެވެ. މާނަ އަކީ ކިއުއެސްއައި އިން އެސްޕަންޔޯލް ގަތް ނަމަވެސް ޕީއެސްޖީ އޮއްވައި، އެސްޕަންޔޯލަށް ޔޫރަޕްގެ މުބާރާތެއްގައި ވާދަނުކުރެވޭނެ އެވެ. ޕީއެސްޖީ އާއި އެސްޕަންޔޯލަށް އެއް ސީޒަނެއްގައި ޔޫރަޕްގައި ވާދަކުރެވޭނީ ކޮންމެ ވެސް އެއް ކްލަބެއް ހިންގާ ކުންފުނީގެ މަގާމުން ހެއްލާފީ ވަކިވެގެންނެވެ.

ހެއްލާފީ، 2011 ވަނަ އަހަރު ޕީއެސްޖީ ގަނެގެން ބޮޑު ހަަރަދުތަކެއް ކޮށްގެން މަސައްކަތް ކުރަމުން އަންނައިރު، ފާއިތުވި އަހަރުތަކުގައި އޭނާ އަންނަނީ ވިޔަފާރިތައް ބޭނުންކޮށްގެން ޔޫރަޕްގެ އެހެން ގައުމުތަކުން ކްލަބްތައް ގަންނަން މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިން ޖަރުމަނާއި އިޓަލީން ކްލަބް ގަންނަން ހެއްލާފީ ކުރި މަސައްކަތް ދިޔައީ ކޮޅެއްގައި ނުޖެހި އެވެ.

ލަލީގާގެ ރައީސް ހަވީއޭ ޓެބާސް އަންނަނީ ތަކުރާރުކޮށް ޕީއެސްޖީ އާއި ހެއްލާފީ އަށް ފާޑުކިޔަމުންނެވެ. އެއީ ފުޓްބޯޅައިގެ މާލީ ރައްކާތެރިކަމަށް ހަދާފައިވާ، ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ ނާޖާއިޒު ފައިދާނަގައި، ޕީއެސްޖީން ހަރަދުކުރަމުން އަންނަ ކަމަށް ވިދާޅުވެ އެވެ.

ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހެއްލާފީގެ ބައިވެރިވުން އޮތް ކުންފުންޏަކުން ލަލީގާގެ ކްލަބެއް ގަތް ނަމަވެސް ލަލީގާއިން އެ ކްލަބް ރަޖިސްޓްރީ ކޮށްދޭން ޓެބާސް ދެކޮޅު ހަދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox