ވެރިންގެ ވެރިކަން

ވެރިންގެ ވެރިކަން

"ތިޔަބައިމީހުންގެ ތެރެއިން ބަލި ކަށި މީހާވެސް، އޭނާގެ ހައްގު އޭނާއަށް ލިބިއްޖައުމަށް ދާންދެން ތިމަންގެ ގާތުގައި ވަރުގަދަ މީހެއްކަމުގައި ވާނެ އެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން ގަދަފަދަ މީހާ ވެސް އޭނާގެ ފަރާތުން އެހެން މީހުންނަށް ލިބެންޖެހޭ ހައްގު ލިބިއްޖައުމަށްދާންދެން ތިމަންގެ ގާތުގައި ބަލިކަށި މީހެއްކަމުގައިވާނެ އެވެ."

މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުއްޞިއްދީޤް އިތުރު އެކަލޭގެފާނުގެ ޚިލާފަތުގެ ބަޔާނުގައި އެކަލޭގެފާނުގެ ސިޔާސަތުތައް ބަޔާންކޮށްދެއްވީ މިގޮތަށެވެ.

އަބޫބަކުރުގެފާނުގެ ޚިލާފަތުގައި، މުސްލިމުން ދުނިޔޭގެ އެތަން މިތަން ފަތަހަކުރަމުންދިޔަ މިންވަރު އިތުރުވެ އިސްލާމްދީން ފެތުރިގެންދިޔަ އެވެ. އަދި މުސްލިމުންގެ ބައިތުލްމާލު މުއްސަނދިވެގެންދިޔަ އެވެ. ބައިތުލްމާލު ބެއްސެވުމުގައި އަބޫބަކުރުގެފާނު ގެންގުޅުއްވި ސިޔާސަތަކީ، ހުރިހާ މުސްލިމުން ހަމަހަމަ ކުރެއްވުމުގެ ސިޔާސަތެކެވެ. އޭގައި ފަގީރެއް މުއްސަންޖެއް، އަދި އަންހެނެއް ފިރިހެނެއް، ކުރިން އިސްލާމްވި މީހެއް ފަހުން އިސްލާމްވި މީހެއް ތަފާތެއް ނުކުރައްވަ އެވެ. އެކަމާ ސަހާބީންގެ ތެރެއިން ވަރަށް އިއްޒަތްތެރި ބޭކަލުން ޝަކުވާކުރެއްވި އެވެ. އެބޭކަލުން ދެންނެވި އެވެ. މީސްތަކުންގެ ތެރޭގައި އެއްބަޔަކަށްވުރެ މާތްކަން ބޮޑު މީސްތަކުން ހިމެނެ އެވެ. ކުރިން އިސްލާމްވެ އިސްލާމީ ދައުވަތުގެ ކުރީކޮޅު ނުހަނު ބޮޑެތި ގުރުބާންތައް ވެވަޑައިގެންނެވި މަތިވެރި ބޭކަލުންވެސް ހިމެނެ އެވެ. އެހުރިހާ އެންމެންވެސް ހިމެނޭހެން މިކަމުގައި ހަމަހަމަކަން ގެންގުޅުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެހިނދު އަބޫބަކުރުގެފާނު ދެއްވި ޖަވާބަކީ އެކަންކަމަކީ އެބޭކަލުން ﷲ އަށްޓަކައި ކުރެއްވި ކަންކަން ކަމަށްވީހިނދު އެކަމުގެ ސަވާބާއި ދަރުމަހުރީ އެކަލާނގެ ހަޒުރަތުންނެވެ. މިއީ ދިރިއުޅުމާގުޅުންހުރި ކަމެކެވެ. މިކަމުގައި މަގާމާއި ޖާހަށްވުރެ ރަނގަޅުވާނީ ރީތި ނަމޫނާ އެވެ.

މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުބުނުލްޚައްޠާބް ފާރިސް ކަރަޔަށް ލަޝްކަރެއް ފޮނުއްވި އެވެ. ކޮންމެއަކަސް އެލަޝްކަރު ފާރިސްކަރަޔާ ދިމާއަށް ދިޔަ މަގުމަތީގައި، ފިނިގަދަ ރެއެއްގައި ކޯރެއްގެ އައްސޭރިއަށް ފޭބުނެވެ. އެހިނދު ލަޝްކަރުގެ އަމީރު ލަޝްކަރުގެ ފަހުލަވާނަކަށް ކޯރަށް އެރުމަށް އަމުރުކުރި އެވެ. އެއީ އެކޯރު ހުރަސްކޮށް ލަޝްކަރަށް ދެވޭނެތޯ ބެއްލެވުމަށެވެ. އަމުރުވެވުނު މީހާ ކޯރަށް ފޭބި ހިނދު ލަސްތަކެއް ނުވެ ފިނިގަދަވެގެން ދުނިޔެދޫކޮށްފި އެވެ. މިހަބަރު ޢުމަރުގެފާނަށް ލިބިވަޑައިގަތުމާއެކު ލަޝްކަރުގެ އަމީރު ވަގުތުން އަމީރުކަމުން ވަކިކުރެއްވި އެވެ.

ޢުމަރުގެފާނުގެ ދަރިކަލުން ޢަބްދުއްރަޙްމާން ރަލުގެ ތުހުމަތުގައި މިސްރުގެ ގަވަރުނަރު ޢަމްރޫބުނުލްޢާޞްގެ އަރިހަށް ގެންދިޔަ އެވެ. އަދި ތުހުމަތު ސާބިތުވުމުން ހައްދު ގާއިމުކުރީ ސިއްރިއްޔާތުގަ އެވެ. އެއީ ޢުމަރުގެފާނުގެ ދަރިކަލަކަށްވީތީ އެވެ. އޭރު މިސްރުގައި ރަލުގެ ހައްދު ގާއިމުކުރަމުންގެންދިޔައީ މީސްތަކުންނަށް އެނގޭ ގޮތަށް މީސްތަކުންގެ ކުރިމަތީގަ އެވެ. ޢުމަރުގެފާނަށް މިހަބަރު ލިބިވަޑައިގަތުމާއެކު އެކަމާ ކޯފާވެ، އަލުން މީސްތަކުންގެ ކުރިމަތީގައި ދަރިކަލުންގެ ހައްދު ގާއިމުކުރުވި އެވެ.

ތިންވަނަ ޚަލީފާ ޢުޘްމާން ރަޟިޔަﷲ ޢަންހު މަޝްވަރާގެ މަޖިލިސްތައް ފުޅާދާއިރާއެއްގައި އެކުލަވާލެއްވި އެވެ. މުސްލިމުންގެ ބޮޑެތި އެންމެހައި ކަންކަމެއް އެކަށީގެންވާގޮތުން މަޝްވަރާކުރެވިގެން މެނުވީ ނިމިގެންގޮސްގެން ނުވާނެކަމުގެ ފުރިހަމަކަން ދެއްކެވި އެވެ. އެއްބަނޑު ބޭބޭފުޅު އަލްވަލީދު ބުންޢަޤަބާ ކޫފާގެ ގަވަރުނަރުކަމުގައި ހުންނަވަނިކޮށް ރާބުއިމުގެ ތުހުމަތު ސާބިތުވުމުން ހައްދު ގާއިމުކުރައްވައި، އެމަގާމުން ވަކިކުރެއްވި އެވެ. އޭގެ ބަދަލުގައި ސަޢީދު ބުނުލްޢާޞް ގަވަރުނަރުކަމުގައި ހައްދަވަން އުޅުއްވުމުން ކޫފާގެ އަހުލުވެރިން އެކަމާ ނުރުހޭކަން އެނގިވަޑައިގަތުމުން، ރައްޔިތުންގެ އިހުސާސްތަކަށް އިސްކަންދެއްވައި އަބޫމޫސަލްއަޝްޢަރީ އެމަގާމަށް އައްޔަންކުރެއްވި އެވެ.

ޢުޘްމާންގެފާނުގެ ޚިލާފަތުގެ ފަހުކޮޅުގައި ގަނޑުވަރުކޮޅަށް ބާޣީން އަރައިގަތުމުން ފިއްލަވާވަޑައިގެންފައި ނުވެ އެވެ. އެތައް ސަހާބީންނެއް އެކަލޭގެފާނުގެ ދިފާޢުގައި ބާޣީންނާ ހަމަލާދިނުމުގެ އިޒުނަޔަށް އެދުމުން އެކަން މަނާކުރެއްވި އެވެ. އެއްވެސް މުސްލިމެއްގެ ލޭއޮހޮރިދިއުމުގެ ސަބަބެއްކަމުގައި ވެވަޑައިގަތުމަށް އެކަލޭގެފާނު ބޭނުންފުޅުވެވަޑައެއް ނުގަތެވެ. ޝަހީދުވެވަޑައިގެންނެވިއިރުވެސް ހުންނެވީ ރޯދަފުޅަށެވެ. އިންނެވީ ގުރުއާން ކިޔަވާ ވިދާޅުވާށެވެ.

މުސްލިމުންގެ ތިންވަނަ ޚަލީފާ ޝަހީދުކޮށްލެވުމަށްފަހު، މުލިސްމުންގެ މެދުގައި އުފެދުނު ހަލަބޮލިކަމުގެ އަސަރު އޮތީ ހަތަރުވަނަ ޚަލީފާ ޢަލީގެފާނުގެ ދުވަސްވަރުގައިވެސް ފަސޭހައިން ރަމަތަކުރެވޭނެ ދަރަޖައަށްވުރެ މާބޮޑަށެވެ. ޢަލީގެފާނާއާއި އަމީރު މުޢާވިޔާއާ ދެމެދު ހިނގަމުންދިޔަ ސިޔާސީ ހިޔާލު ތަފާތުވުމަކީ އޭގައި އެތައް ސަހާބީންގެ ލޭއޮހޮރިދިއުން ހިމެނިފައި އޮތް ކަމެކެވެ.

މިހާލަތުގައި، ދަނޑިވަޅުގެ ބޭނުންހިފައި ޢަލީގެފާނުގެ އަރިހަށް އައީ ވިޔަފާރިވެރިންނާއި ކަމުވޮށިވެގެންވާ ބޮޑުންގެ ޖަމާއަތެކެވެ. ހުށަހެޅުމަކީ ކަންކަން ހަމައަކަށް އެޅެންދެން ބައިތުލްމާލުން މުދާބެހުމުގައި ވަކިގޮތްކެއް ހެދުމެވެ. އެފަހުން އަދުލުވެރިކަމުގެ މަގަށް އަލުން ރުޖޫއަވުމެވެ. އެބައިމީހުންނަށް ޢަލީގެފާނު ޖަވާބުދެއްވީ ޖެހިލުންވެވަޑައިގަތުމެއް ނެތި ސާފުކޮށް ސީދާކޮށެވެ. ތިޔަބައިމީހުން އިރުޝާދު ތިޔަދެނީ ތިމަން އެބައެއްގެ މައްޗަށް ވެރިކުރެވުނު މީހުންނަށް އަނިޔާވެރިވެގެން ނަސްރު ހޯދުމަށް ހެއްޔެވެ؟ ﷲ ގަންދެއްވަމެވެ. ބައިތުލްމާލުގެ މުދަލަކީ ތިމަންގެ އަމިއްލަ އެއްޗެއްކަމުގައި ވީނަމަވެސް އެބަހާނީ އެންމެނަށް ހަމަހަމައަށެވެ. ދެން އަދި އެމުދަލަކީ ރައްޔިތުންގެ އެއްޗަކަށްވާއިރު އެހެން ގޮތަކަށް ހަދާނެކަމަށްހެއްޔެވެ؟

އެއީ ހަތަރުވަނަ ޚަލީފާ ޢަލީގެފާނެވެ. ޝަހީދުކޮށްލަން ހަމަލާދިން މީހާއާމެދު ވެސް އެންގެވީ އޭނާ ހައްޔަރުގައި ގެންގުޅުމުގައި، ތިމަންކަލޭގެފާނަށް ކާންދޭ އެއްޗެއް އޭނާއަށް ކާންދީގެން ތިމަންކަލޭގެފާނަށް ބޯންދޭ އެއްޗެއް އޭނާއަށް ބޯންދީގެން ހައްޔަރުގައި ގެންގުޅުއްވުމަށެވެ.

މިއީ މަތިވެރި ހަތަރު ޚަލީފާއިންގެ ލިޔެ އަދަދު ނުކުރެވޭނެ ގިނަ ވާހަކަތަކުގެ ތެރެއިން ކުޑަކުޑަ ހަމަ ވަރަށް ކުޑަ މިންވަރެކެވެ. ވެރިންގެ ވެރިކަމުގެ ވާހަކައިން ދާދި މަދު އެތިކޮޅެކެވެ. އެކަމަކު ވިސްނާފިކުރުކޮށް އިތުރު ދިރާސާކުރަން ބޭނުންވާ ބޭފުޅުންނަށް ހިތްވަރަކަށް މިވަރު އެކަށީގެންވާކަމުގައި ދެކެމެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox