ހާލުގައި ޖެހުނު ލޯންޗަކަށް، ދޯންޏަކުން އަޅާނުލައި ދިޔަ ކަމުގެ ތުހުމަތު

ކަނޑުމައްޗަށް ހުއްޓުނު ލޯންޗު: ބައެއް މީހުން ބުނަނީ ދޯންޏަކުން އަޅައި ނުލާ ދިޔައީ ކަމަށް -- ފޮޓޯ: އެމްއެންޑީއެފް

ކަނޑުމައްޗަށް ހުއްޓުނު ލޯންޗު: ބައެއް މީހުން ބުނަނީ ދޯންޏަކުން އަޅައި ނުލާ ދިޔައީ ކަމަށް -- ފޮޓޯ: އެމްއެންޑީއެފް

މާލެއިން ފުރައިގެން އަރި އަތޮޅަށް ދިޔަ ލޯންޗެއް ފަޅައިގެން ގޮސް މިއަދު ހިނގި ހާދިސާއެއްގައި، ލޯންޗު ހާލުގައި ޖެހުނު ވަގުތު ކައިރިން ދިޔަ އެހެން ދޯންޏަކުން އެހީނުވެ ދިޔަ ކަމަށް ލޯންޗުގައި ތިބި ބައެއް މީހުން ބުނެފި އެވެ.

މާލެއިން ފުރައިގެން އއ. ހިމަންދޫ އާއި އެ އަތޮޅު މާޅޮސް އަދި ފެރިދުއަށް ދަތުރުކުރަމުން ދަނިކޮށް ފަޅައިގެން ގޮސްފައިވަނީ "އެރްވީނާ އަލޯހާ" ނަމަކަށް ކިޔާ ލޯންޗެކެވެ. އެ ލޯންޗު މާލެއިން ފުރާފައިވަނީ 15:11 ގަ އެވެ. ލޯންޗު ހުއްޓުނުއިރު ލޯންޗުގައި 47 މީހަކު ތިބި އެވެ.

އެމްއެންްޑީއެފުން ބުނި ގޮތުގައި ހާދިސާ ހިނގަން މެދުވެރިވީ ލޯންޗު، އަލިހުރަސް ކަނޑުން ލަކުޑި ގަނޑެއްގައި ޖެހި ލޯންޗުގެ ހަލްގަނޑު ތިރިން ފަޅައިގެން ގޮސް ލޯންޗު ދިޔަވުމުގެ ސަބަބުންނެވެ.

ހާދިސާ ހިނގި ކަމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ 15:59 ގައި ކަމަށާއި އެ ސަރަހައްދަށް ކޯސްޓު ގާޑުން ގޮސް، 16:37 ހާއިރު ލޯންޗު ގިރާވަރަށް ވައްދާފައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

އެ ލޯންޗުން ދަތުރުކުރި 45 މީހުން މެރީން ޕޮލިހާއި "ހަލްޔާޑް" ނަމަކަށް ކިޔާ ލޯންޗެއްގެ އެހީތެރިކަމާއެކު ވަނީ މާލެ ގެންގޮސްދީފަ އެވެ. ހަލްޔާޑް ލޯންޗަކީ ހާލުގައި ޖެހުނު ލޯންޗު ހިންގާ ކުންފުނީގެ ލޯންޗެކެވެ.

ލޯންޗުގައި ދަތުރުކުރި އެންމެންގެ ހާލު ރަނގަޅުކަން ފުލުހުންނާއި އެމްއެންޑީއެފުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އެ ލޯންޗުގައި ދަތުރުކުރި މީހަކު މި ނޫހަށް ކިޔައިދިން ގޮތުގައި ހާދިސާ ރިޕޯޓު ކުރުމުން އެންމެ ފުރަތަމަ އެ ސަރަހައްދަށް ގޮސްފައިވަނީ މެރިން ޕޮލިހެވެ. އަދި ސިފައިން އެ ސަރަހައްދަށް އައީ އޭގެ ފަހުންނެވެ.

ފުލުހުން އައުމާ ހަމައަށް ވެސް ލޯންޗުގައި ތިބި މީހުން އައީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ބުންޏެވެ. އަދި ބުނީ ލޯންޗު ހާލުގައި ޖެހިފައިވަނިކޮށް، ވިއްސަކަށް ފޫޓު ދުރުން ދޯންޏެއް ދަތުރުކުރި ކަމަށެވެ. އެހެންނަމަވެސް އެ ދޯނިން އެހީތެރިކަމެއް ފޯރުކޮށްދީފައެއް ނުވެ އެވެ.

"ލޯންޗުގައި ތިބި މީހުން އަޑުގަދަކޮށް، އަދި ދިދަ ވެސް ހޫރުވިން އެ މީހުންނަށް ހާލުގައި ޖެހިފައި ތިބި ކަން އަންގައިދޭން، ފެންނަހާ ކައިރިން ދިޔައީ ވެސް. ދޯނި މަޑު ވެސް ކުރި، އެހެންނަމަވެސް އަޅާ ނުލާ ދިޔައީ،" އޭނާ ކިޔައިދިނެވެ.

ލޯންޗު ހާލުގައި ޖެހިފައި އޮތްއިރު، ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުން ވެސް ދަތުރުކުރަމުން އައި ކަން ވެސް އޭނާ ފާހަގަކުރި އެވެ. މިހާރު އެ ލޯންޗު ވަނީ މަރާމާތުކުރުމަށް ގިރާވަރުން ތިލަފުށްޓަށް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ގެންގޮސްދީފައެވެ.

މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެރްވީނާ އަލޯހާ ލޯންޗު ފަޅައިގެން ދިއުމުގެ ސަބަބުން ހާދިސާއެއް ހިނގާފައިވާއިރު، މި މަހުގެ ހަ ވަނަ ދުވަހު އެ ލޯންޗު ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓިގެން ވެސް ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox