ތައްޔާރު ފުޓްސަލް 2022: ދެއްވަދޫ އާއި ލެޖެންޑްސް ފުރިހަމަ ރެކޯޑަކާ އެކު ކުރިއަށް

Jul 14, 2022, 9:29 AM
ތައްޔާރު ފުޓްސަލްގައި ދެއްވަދޫ ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: ތައްޔާރު ފުޓްސަލް

ތައްޔާރު ފުޓްސަލްގައި ދެއްވަދޫ ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: ތައްޔާރު ފުޓްސަލް

ހުވަދު އަތޮޅުގެ ރަށްތަކަށް ހުޅުވާލައިން، ގދ. މަޑަވެލީގައި ކުރިއަށްދާ ތައްޔާރު ފުޓްސަލް 2022 ގައި މިހާތަނަށް ކުޅުނު މެޗުތަކުން މޮޅުވެ، ދެއްވަދޫ އެފްސީ އާއި ލެޖެންޑްސް މޮޅުވުމުގެ ރެކޯޑާ އެކު ގްރޫޕް ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި އެވެ.

މި މުބާރާތުގެ ގުރޫޕް އޭގެ އެއް ވަނައިގައި ދެއްވަދޫ އޮތްއިރު، އެ ޓީމުން އެންމެ ބޮޑު ތަފާތެއް ދެއްކީ މުހައްމަދު އިންޝާއު އާއި ރާހިލް ރަޝީދެވެ. ދެއްވަދޫ އިން ކުޅުނު ތިން މެޗުން މޮޅުވިއިރު، އެ ޓީމުން ވަނީ ގދ. ޕޮލިސް 7-2 އިން ބަލިކޮށް، 9-4 އިން އެފްސީ އެޓޭކާސްގެ މައްޗަށް ކުރިހޯދުމުގެ އިތުރުން ސަންސެޓް ގަރާޖް އަތުން 5-2 އިން ކުރިހޯދައިފަ އެެވެ.

ކުލަބް މޯލްޑިވްސްގައި ގަދަ ފަސް ކުޅުންތެރިންގެ ތެރޭގަ ހިމެނުނު ނާއިފް ޝަފީގު (ސީއާރު3)ގެ އެހީތެރިކަމާ އެކު ލެޖެންޑްސް ވެސް ވަނީ ފުރަތަމަ ދެ މެޗުން މޮޅުވެފަ އެެވެ. ލެޖެންޑްސް އިން ފުރަތަަމަ މެޗުގައި ކަސްޕުކާސް ބަލިކުރިއިރު، ދެ ވަަނަ މެޗުން އެފްސީ ބީއެޗްގެ މައްޗަށް ކުރިހޯދައިފަ އެވެ.

ގްރޫޕް އޭގައި ޖުމްލަ ހަ ޓީމު ވާދަކުރާއިރު، އެއް ވަނައިގައި ދެއްވަދޫ އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް ހޯޑެއްދޫ އަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ސަންސެޓް ގަރާޖަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ދެން މި ގްރޫޕްގައި އޮތް ޓަކި ޕާކް، ގދ. ޕޮލިސް އަދި އެޓޭކާސް އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ގްރޫޕް ބީ އަށް ބަލާއިރު، އެއް ވަނައިގައި ލެޖެންޑްސް އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތް ކަސްޕުކާސް އާއި ތިން ވަނައިގައި އޮތް ކޭއާރްސީ އަދި ހަތަރު ވަނައިގައި އޮތް އެފްސީ ބީއެޗް އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ކަސްޕުކާސް ދެ މެޗު ކުޅުނުއިރު، ބީއެޗް ވަނީ ތިން މެޗު ކުޅެފަ އެވެ. ކޭއާރްސީ ކުޅުނީ އެންމެ މެޗެކެެވެ. އެންމެ ފުލުގައި އޮތް ސެންޓްރަލް ޓައުން ދެ މެޗު ކުޅުނުއިރު، އަދި ޕޮއިންޓެއް ނުލިބެ އެވެ.

މި މަހު 21 ވަނަ ދުވަހުގެ ނިޔަލަށް މަޑަވެލީގައި ކުރިއަށްދާ މި މުބާރާތުގެ މެއިން ޕާޓްނަރަކީ ކޮކާކޯލާ އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ އަދަދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox