ރަފީނިއާ އެންމެ ފަހުން ބާސެލޯނާ އަށް

Jul 13, 2022, 4:53 AM
ރަފީނިއާ އެންމެ ފަހުން ބާސެލޯނާ އަށް

ލީޑްސް (ޖުލައި 13) - ލީޑްސް ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގް، ރަފީނިއާގެ ސޮއި ހޯދުމުގެ ރޭހުގައި ބާސެލޯނާ އިން ކުރިހޯދާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސްޕެއިންގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ލީޑްސް އިން ވަނީ ރަފީނިއާ ގަންނަން ބާސެލޯނާ އިން ކުރި ބިޑް ބަލައިގެންފަ އެވެ. އެ ގޮތުން ބާސެލޯނާ އިން ފުރަތަމަ ދައްކާނީ 58 މިލިއަން ޑޮލަރެވެ. އިތުރު 10 މިލިއަން ޑޮލަރު ދައްކާނީ ރަފީނިއާ ބާސެލޯނާގައި ދައްކާ ކުޅުމަށް ބަލައިފަ އެވެ.

ރަފީނިއާ، 25، ލީޑްސް ދޫކޮށްލާނެ ކަަމަށް ބަލައި، އެ ޓީމުން މިދިޔަ މަހު ވަނީ ފެޔަނޫޑްގެ ލުއިސް ސިނިސްޓޭރާގެ ސޮއި ހޯދައިފަ އެވެ. އަދި ލީޑްސް އިން ޕްރީ ސީޒަނުގައި އޮސްްޓްރޭލިއާ ޓުއާ އަށް ފުރިއިރު ރަފީނިއާ ޓީމާ އެކު ނުގެންދެ އެވެ.

އާސެނަލުން ގިނަ ހަފްތާތަކެއް ވަންދެން ރަފީނިއާއާ މަޝްވަރާ ކުރަނިކޮށް މިދިޔަ މަހު ފަހުކޮޅު ޗެލްސީން އެ ޑީލް ހައިޖެކްކުރީ ލީޑްސް އިން ބޭނުންވާ އަގުގަ އެވެ. އެ ގޮތުން ރަފީނިއާ ގަންނަން ޗެލްސީން ފުރަތަމަ 65 މިލިއަން ޑޮލަރު ދައްކަން އެއްބަސްވި އެވެ. އަދި ޗެލްސީގައި ރަފީނިއާ ދައްކާ ކުޅުމަށް ބަލާފައި އިތުރު 15-20 މިލިއަން ޑޮލަރު ދޭން ވެސް އެއްބަސްވުމުގައި ހިމަނަން ނިންމި ނަމަވެސް ފަހު ވަގުތު ރަފީނިއާ ނިންމީ ޗެލްސީ އަށް ނުދާށެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރަފީނިއާ މަޑުކުރީ ބާސެލޯނާއާ ގުޅުމަށެވެ. ކުރިން ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އާއި ފްރާންސްގެ ރެނެސް އަށް ކުޅުނު ރަފީނިއާގެ އޭޖެންޓަކީ ޕޯޗުގަލް ގައުމީ ޓީމަށް ކުރިން ކުޅުނު ޑެކޯ އެވެ. ޑެކޯ އަކީ ކްލަބް ކެރިއަރުގައި ބާސެލޯނާ އާއި ޗެލްސީ އަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ބާސެލޯނާ އިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ފީއެއް ދައްކާފައ ސޮއިހޯދާނެ ފުރަތަމަ ކުޅުންތެރިއަކީ ރަފީނިއާ އެވެ. މީގެ ކުރިން ޗެލްސީގެ އަންދްރެއަސް ކްރިސްޓެންސަން އާއި އޭސީ މިލާންގެ ފްރޭންކް ކެސިއޭ ގެންދިޔައީ ހިލޭ ޓްރާންސްފާއެއްގަ އެެވެ. ބާސެލޯނާ އިން އަންނަނީ ބަޔާން މިއުނިކްގެ ރޮބަޓް ލެވަންޑޯސްކީ ގެންނަން ވެސް މަޝްވަރާ ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާގެ ވިންގް، އޮސްމާން ޑެމްބެލޭ ވަނީ އެ ކްލަބް ދޫކޮށްލަން ގެންގުޅުނު ވިސްނުން ދޫކޮށްލައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox