ވެލެންސިއާ ބަލިކޮށް ގްރީން ސްޓްރީޓްސް ހަތަރު ވަނަ އަށް

Jul 12, 2022, 12:54 PM
ލަނޑު ޖެހުމަށް ފަހު ގްރީން ސްޓްރީޓްސްގެ އަވީލާ އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ލަނޑު ޖެހުމަށް ފަހު ގްރީން ސްޓްރީޓްސްގެ އަވީލާ އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާ އަތުން 3-2 އިން މޮޅުވެ، ކްލަބް ގްރީން ސްޓްރީޓްސް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ވެެލެންސިއާ އިން ގްރީން ސްޓްރީޓްސް ބަލިކުރި ނަމަވެސް ލީގުގެ ތިން މެޗުން ވެސް ގްރީން ސްޓްރީޓްސް ވަނީ ވެލެންސިއާގެ މައްޗަށް ކުރިހޯދައިފަ އެވެ. ގްރީން ސްޓްރީޓްސް އިން މިއަދު ވެލެންސިއާ ބަލިކޮށް، ހަތަރު ވަނަ އަށް އެރީ ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ އެއްވަރަށް ޕޮއިންޓް ހޯދި ނަމަވެސް ލަނޑުގެ ތަފާތުންނެވެ.

ހަތަރެއްގައި އޮތް ގްރީން ސްޓްރީޓްސް އާއި ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ވެސް ވަނީ 17 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. ވެލެންސިއާ ހަ ވަނައިގައި އޮތީ 17 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ.

Advertisement

މިއަދުގެ މެޗަށް ނުކުތްއިރު ގްރީން ސްޓްރީޓްސް އާއި ވެލެންސިއާގެ ބައެއް ކުޅުންތެރިން ވަނީ ސަސްޕެންޝަނުން އެނބުރި އަތުވެފަ އެވެ. އޭގެ ތެރޭގައި ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ހިމެނެ އެެވެ. ވެލެންސިއާ އިން އެންމެ ފަހުން ކުޅުނު މެޗުގައި މާޒިޔާއާ ދެކޮޅަށް ނުކުޅެވުނު، މުހައްމަދު އުމެއިރު އަލުން ޓީމަށް އެނބުރި އައިއިރު، މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑުގެ ސަަބަބުން ވެލެންސިއާގެ އަސްހަދު އަލީ (އަޑުބަރޭ) ވަނީ މި މެޗަށް ސަސްޕެންޑްވެފަ އެވެ.

ވެލެންސިއާގެ އަމްދާން (ކ) ކައިރިން ގްރީން ސްޓްރީޓްސްގެ ޗޯޓު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގްރީން ސްޓްރީޓްސް އިން ވަނީ މެޗު ފަށައިގެން ވެލެންސިއާ އަށް ހަމަޖެހިނުލެވެނިސް ތިން ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) ނެގި ހުރަހަކުން އޭރިއާތެރެއަށް ހުސްކޮށް އަރައި، ކޮލަމްބިއާގެ ފޯވާޑް ހޯސޭ އަވީލާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ މުހައްމަދު ޖައިލަމް (އޮގީ) ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މެޗުގެ 22 ވަނަ މިނިޓްގައި ވެލެންސިއާގެ އުމެއިރު އޭރިއާތެރެއަށް ނެގި ހުރަސް ޖަހަން އެ ޓީމުގެ އިސްމާއިލް އީސާ (މެސީ) އެރި ނަމަވެސް ފައިގައި ނުޖެހި ގްރީން ސްޓްރީޓްސް ކުޅުންތެރިން ވަނީ ކޯނަރަަކަށް ބޭރުކޮށްލައިފަ އެވެ. އެ ކޯނަރުގައި ގްރީން ސްޓްރީޓްސް އިން ބޯޅަ ހޯދައި، އުފެއްދި ކައުންޓަ އެޓޭކެއްގައި ވެލެންސިއާ އޭރިއާތެރެއިން އަވީލާ ޖެހި ޝޮޓް ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

ވެލެންސިއާ އިން އެއްވަރުކުރީ މެޗުގެ 30 ވަނަ މިނިޓްގަ އެވެ. މިއީ ވެލެންސިއާގެ ކެޕްޓަން، ހަސަން ސުފިޔާން (ސޫފީ) ނެގި ހުރަހަކުން، އަމްދާން އަލީ (އެންޑީ) ބޮލުން ޖެހި ގޯލެކެވެ. އަމްދާން ބޮލުން ބޯޅަ ފޮނުވާލިއިރު، ގްރީން ސްޓްރީޓްސް ޑިފެންޑަރުން ތިބީ އޮފްސައިޑަށް އެޕީލްކޮށްގެންނެވެ.

އޭގެ ހަ މިނިޓް ފަހުން، ގްރީން ސްޓްރީޓްސް އިން އަލުން ލީޑުނަގަން އަވީލާ އަށް ލިބުނު ދެ ފުރުސަތުން ޖެހި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ. ވެެލެންސިއާ އަށް ލީޑުނަގައިދޭން މެޗުގެ 40 ވަނަ މިނިޓްގައި، އޭރިއާތެރެއިން އުމެއިރަށް ލިބުނު ފުރުސަތުން ވެއްޓިގެންފައި ޖަހަން މަސައްކަތްކުރި ނަމަވެސް ރަނގަޅަށް ބޯޅަ ފައިގައި ލައްވާލާގޮތެއްނުވި އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަ މިނިޓް ތެރޭ، ޗޯޓު ވަނީ ރަނގަޅު ޝޮޓެއް ފޮނުވާލައިފަ އެވެ. މެޗުގެ 56 ވަނަ މިނިޓްގައި ޗޯޓު ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ ދެ މިނިޓް ފަހުން ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ހެދި ގޯހެއްގެ ފައިދާނަގައި، ގްރީން ސްޓްރީޓްސްގެ އަންސަރު އިބްރާހިމް (އަންކޮ) ދިން ބޯޅައަކުން އޭރިއާތެރެއިން އޮގީ ޖެހި ބޯޅަ އަމާޒުވީ ކީޕަރު ފައިސަލް އަތަށެވެ.

ގްރީން ސްޓްރީޓްސް އިން ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 63 ވަަނަ މިނިޓްގައި ހުއާން ކާލޯސް ޖެހި ގޯލުންނެވެ. އޮގީގެ ބަދަލުގައި ކުޅެން އެރި ހުއާން ކާލޯސް މި ގޯލު ޖެހީ ރިލޭ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ގްރީން ސްޓްރީޓްސް އިން ތިން ވަނަ ގޯލު ވެސް ޖެހީ ހުއާން ކާލޯސް އެވެ. މެޗުގެ 83 ވަނަ މިނިޓްގައި ވެލެންސިއާ ޑިފެންސް ފަހަތުން އައި ބޯޅައެއްގައި އެ ޓީމުގެ ކީޕަރު ފައިސަލް އާއި ޑިފެންޑަރު، އަހުމަދު ސިޒާން (ސިއްޕެ) ހެދި ގޯހެއްގެ ފައިދާނަގައި، ހުއާން ކާލޯސް ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ 88 ވަނަ މިނިޓްގައި ވެލެންސިއާގެ ޑިފެންސްލައިނުގެ ތެރެއިން ހެދި ގޯހެއްގެ ފައިދާނަގައި، ޗޯޓު އަށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އިތުރު ވަގުުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓް ތެރޭ ވެލެންސިއާ އިން ގޯލެއް ޖެހި އެވެ. މިއީ ވެލެންސިއާގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ދިން ބޯޅައަކުން މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް ޖެހި ގޯލެކެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި އެއް ވަނައިގައި އޮތް މާޒިޔާ ކުޅޭނީ ހަތް ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox