ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް، އެސްޓީއޯގެ ޕީޕަލްސް ޗޮއިސްއިން ކޮތަޅު ވިއްކާ ގޮތަށް ހަމަޖައްސައިފި އެވެ.
އެގޮތުން، ޖުލައި 17 އިން ފެށިގެން ކޮތަޅަށް އަގު ނެގުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެ އެވެ. މި ނިންމުމާ އެކު ޕްލާސްޓިކް ކޮތަޅެއް ޕީޕަލްސް ޗޮއިސްއިން ގަންނަން ލިބޭނީ 2.5ރ. އަށެވެ. އަދި ކަރުދާސް ކޮތަޅެއް 2ރ. އަށް ލިބޭނެ އެވެ.
ވިޔަފާރި ކުރަން ޕީޕަލްސް ޗޮއިސަށް އަންނައިރު ތިމާވެއްޓާ ރައްޓެހި ކޮތަޅު ގެނައުމަށް ވެސް އެސްޓީއޯއިން ވަނީ އެދިފަ އެވެ. މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އެ ކުންފުނިން ވަނީ "ޕްލާސްޓިކް ނޫން ގޮތެއް" (ޕީއެންޖީ) ކޮތަޅު ވެސް ބަހާފަ އެވެ.
ޕީޕަލްސް ޗޮއިސް އިން ކޮތަޅު ގަންނަ ޖެހޭ ގޮތަށް ހަދާފައިވާއިރު އެސްޓީއޯގެ ބޭސްފިހާރަތަކުން ދޫކުރަނީ ކަރުދާސް ކޮތަޅެވެ. ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަނަލެވެ. އެ ބަދަލުގެ ސަބަބުން އަށް ޓަނުގެ ޕްލާސްޓިކް ސަލާމަތް ކުރެވުނެވެ.
އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކުގެ ބާވަތްތައް ޖޫން މަހުން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ޑިސެމްބަރު މަހު ނެރުއްވި ގަރާރަށް ވެސް ވަނީ އަމަލުކުރަން ފަށާފަ އެވެ.










