ކެޕްޓަނަކީ މެގުއާ، ޔުނައިޓެޑުން ރޮނާލްޑޯ ނުވިއްކާނެ: ޓެން ހާގް

Jul 11, 2022, 11:16 AM
ކެޕްޓަނަކީ މެގުއާ، ޔުނައިޓެޑުން ރޮނާލްޑޯ ނުވިއްކާނެ: ޓެން ހާގް

ބެންކޮކް، ތައިލެންޑް (ޖުލައި 11) - ކުރިއަށް އޮތް ސީޒަނުގައި ވެސް މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަނަކީ ހެރީ މެގުއާ ކަމަށާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލުމުގެ ވިސްނުމެއް ނެތް ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ފާއިތުވި ސީޒަނުތަކުގައި ޔުނައިޓެޑްގެ ކެޕްޓަން، މެގުއާ އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއިރު، މިދިޔަ ސީޒަނުގައި މެގުއާ ދިރިއުޅޭ ގެޔަށް ބޮމުގެ ހަމަލާއެއް ދޭނެ ކަމަށް ބުނެ އިންޒާރު ވެސް ދިނެވެ. އެހެންވެ، ޔުނައިޓެޑުން ކުރިއަށް އޮތް ސީޒަނުގައި ކެޕްޓަންކަން އެހެން ކުޅުންތެރިއަކަށް ދޭނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ.

އަނެއްކޮޅުން، ޔުނައިޓެޑުން ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ނުކުޅޭތީ އާއި ޓްރާންސްފާ ބާޒާރުގައި އެހާ ހަރަކާތްތެރިކޮށް ނުފެންނާތީ ރޮނާލްޑޯ އެ ޓީމުން ދޫކޮށްލަން އުޅޭ ކަމަށް ފާއިތުވި ދުވަސްތަކުގައި މީޑިއާތަކުން ވަނީ ތަކުރާރުކޮށް ރިޕޯޓްކޮށްފަ އެވެ.

"އަހަރެން ހުރިހާ ކުޅުންތެރިން ދަސްކުރަން އެބަޖެހޭ، އަހަންނަށް މެގުއާ ފެންނަނީ ރަނގަޅު ކެޕްޓަނެއްގެ ގޮތުގައި، އޭނާ ވަނީ ކާމިޔާބީތަކެއް ވެސް ހޯދާފައި. އެހެންވީމަ، މެގުއާ ކެޕްޓަނެއްގެ ގޮތުގައި ދެމިހުންނާނެ، އަހަންނަށް މި ނިންމުމާ މެދު ޝައްކެއް ނެތް،" ޓެން ހާގް ބުންޏެވެ.

މީގެ ތިން އަހަރު ކުރިން 2019 ވަނަ އަހަރު ޔުނައިޓެޑުން މެގުއާ ގެނައީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގަ އެެވެ. އެއީ ލެސްޓާ ސިޓީ އަށް 80 މިލިއަން ޕައުންޑް (95 މިލިއަން ޑޮލަރު) ދައްކައިފަ އެވެ. އެ އަގުގައި ޔުނައިޓެޑަށް ބަދަލުވެ، މެގުއާގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ނުފެންނާތީ، އޭގެ ޕްރެޝަރު ޔުނައިޓެޑް މުޅި ޓީމަށް ފޯރަ އެވެ.

ޔުނައިޓެޑްގެ ޕްރެކްޓިހެއްގެ ތެރެއިން އެރިކް ޓެން ހާގް: ޔުނައިޓެޑަށް ބޭނުންވާ ބަދަލު ގެންނަން ވަގުތު ނަގާނެ ކަމަށް ބުނެފައިވޭ.

ޔުނައިޓެޑުން ތައިލެންޑްގައި ކުރިއަށްގެންދާ ޓުއާ އަށް ފަހު، ދެން އޮތީ އޮސްޓްރޭލިއާ އަށް ކުރާ ދަތުރެވެ. ތައިލެންޑް ޓުއާގައި ރޮނާލްޑޯ ނުފެންނާނެ އެވެ. އަދި ރޮނާލްޑޯ, 37, އޮސްޓްރޭލިއާ އަށް ދާނެކަން ވެސް ކަށަވަރެއް ނޫނެވެ.

ޓެން ހާގް ބުނީ އާއިލާ އަށް ވަގުތު ދިނުމާއި އަމިއްލަ ސަބަބަކާ ހުރެ މި ވަގުތު ރޮނާލްޑޯ އަށް ޓީމާ ބައިވެރިވެވެން ނެތް ކަމަށް ކްލަބަށް އަންގާފައިވާ ކަމަށެވެ.

"އަހަރެމެން އަންނަ ސީޒަނަށް ޕްލޭން ހަދަނީ ރޮނާލްޑޯ ޓީމުގައި ހިމަނައިގެން. އަހަރެންގެ ވިސްނުމުގައި އޮތީ ރޮނާލްޑޯއާ އެކު މި ފެެށޭ ސީޒަނުގައި މަސައްކަތްކުރަން. ރޮނާލްޑޯ އަކީ ނުވިއްކާނަން. އަހަރެމެންނަށް އެކުގައި ކާމިޔާބު ހޯދޭނެ،" ޓެން ހާގް ބުންޏެވެ.

ތޭރަ އަހަރަށް ފަހު ރޮނާލްޑޯ މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ގުޅުނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ޔުނައިޓެޑުން ރޮނާލްޑޯ ގަންނަން، ޔުވެންޓަސް އަށް ފުރަތަމަ ދެއްކީ 17 މިލިއަން ޑޮލަރެވެ. އަދި ފަހުން ޔުވެންޓަސް އަށް އިތުރު ނުވަ މިލިއަން ޑޮލަރު ދޭން ވަނީ ކޮންޓްރެކްޓްގައި އެއްބަސްވެފަ އެވެ.

ރޮނާލްޑޯ ވަނީ ޔުނައިޓެޑްގެ ކޯޗަކަށް ޓެން ހާގް ހަމަޖެއްސުމުން އެ ނިންމުމާ މެދު ހިތްހަމަޖެހުން އޮތް ކަމަށާއި ވަގުތު ދީފިނަމަ ޓެން ހާގަށް ޔުނައިޓެޑް ގޮވައިގެން ކާމިޔާބީ ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކުރިން ބުނެފަ އެވެ. އެކަމަކު، މި ފަހަރުގެ ޓްރާންސްފާ މާކެޓް ރަސްމީކޮށް ފެށުނުތަނާ މާގިނަ ދުވަހެއް ނުވެ، ރޮނާލްޑޯ ވަނީ ކްލަބް ބަދަލުކުރަން ބޭނުންވާކަން ކްލަބްގެ ސީނިއާ މެނޭޖްމަންޓަށް އަންގައިފަ އެވެ.

ޓެން ހާގް ބުނީ އޭނާ ގާތުގައި ރޮނާލްޑޯ ޓީމު ދޫކޮށްލަން ބޭނުންވާ ވާހަކަ ބުނެފައިނުވާ ކަމަށެވެ.

"އަހަރެން ރޮނާލްޑޯއާ ވާހަކަ ދައްކައިފިން. އަހަންނަށް ބުނެވޭނީ، ވަރަށް ރަނގަޅަށޭ ރޮނާލްޑޯއާ އެކު ވާހަކަތައް ދިޔައީ،" ޓެން ހާގް ބުންޏެވެ.

ރޮނާލްޑޯ މި ވަގުތު ޕޯޗުގަލްގައި ހުރިއިރު، އޭނާ އަންނަނީ އަމިއްލަ ޓްރެއިނަރާ އެކު ޓްރެއިިނިންތަކެއް ކުރިއަށް ގެންދަމުންނެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ވަނީ ފެޔަނޫޑްގެ ފުލްބެކް ޓައިރެލް މަލާސިއާ ގަނެފަ އެވެ. އެއީ 18 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު ނިންމި ޑީލެކެވެ. ޔުނައިޓެޑުން ވަނީ ހިލޭ ޓްރާންސްފާއެއްގައި ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ސޮއިހޯދަން އެއްބަސްވުމަކަށް އަތުވެފަ އެވެ. ޔުނައިޓެޑުން އަންނަނީ އަޔަކްސްގެ އެންތަނީ އާއި ލިސަންދްރޯ މާޓިނޭޒްގެ ގަންނަން ވެސް މަސައްކަތް ކުރަމުންނެވެ.

ތައިލެންޑް ޓުއާގައި ޔުނައިޓެޑުން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ކުޅޭނީ ލިވަޕޫލާ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox