ޕޮގްބާ، ޔުވެންޓަސް އަށް ބަދަލުވަނީ ކުޑަ މުސާރަ އަކަށް: ރިޕޯޓް

Jul 10, 2022, 4:35 AM
ޔުވެންޓަސްގެ ކްލަބް ހެޑްކުއާޓަރު ކުރިމަތީގައި ޕޮގްބާ ފޮޓޯ އަކަށް ހުއްޓިގެން.

ޔުވެންޓަސްގެ ކްލަބް ހެޑްކުއާޓަރު ކުރިމަތީގައި ޕޮގްބާ ފޮޓޯ އަކަށް ހުއްޓިގެން.

ޓިއުރިން (ޖުލައި 10) - ފްރާންސްގެ ތަރި ޕައުލް ޕޮގްބާ އަލުން ޔުވެންޓަސްއާ ގުޅެނީ ކުރިން ލިބެމުން އައި މުސާރަ އަށް ވުރެ ކުޑަ ކޮންޓްރެކްޓެއްގައި ކަމަށް އިޓަލީގެ މީީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑްގެ ޔޫތު ޓީމުގައި މޮޅު ކުޅުމެއް ދައްކައި، ޕޮގްބާ 2012 ވަނަ އަހަރު ސީނިއާ ޓީމަށް ޕްރޮމޯޓްވި ނަމަވެސް އެ އަހަރު ވަނީ ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސް އަށް ބަދަލުވެފަ އެވެ. ޕޮގްބާ، 29، ޔުނައިޓެޑާ އަލުން ގުޅުނީ 2016 ވަނަ އަހަރު، އޭރު ދުނިޔޭގެ ރެކޯޑު ފީއެއް ކަމަށްވާ 118 މިލިއަން ޑޮލަރަށެވެ. މި ފަހަރު ވެސް ޕޮގްބާ ޔުވެންޓަސްއާ ގުޅޭނީ ހިލޭ ޓްރާންސްފާއެއްގަ އެވެ.

ޕޮގްބާ ވަނީ ޔުވެންޓަސް އަށް ސޮއިކުރަން މެޑިކަލް ޓެސްޓްތައް ފުރިހަމަކޮށްފަ އެވެ. ޔުވެންޓަސްއާ އެކު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ޕޮގްބާ ސޮއިކުރާނެ ކަމަށް އިޓަލީގެ ކޮރިއޭ ޑެލޯ ސްޕޯޓް އާއި ފުޓްބޯލް އިޓާލިއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި އެ އެއްބަސްވުމުގައިވާ ގޮތުން ޕޮގްބާ އަށް ހަފްތާ އަކު ބޯނަހާ އެއްކޮށް ލިބޭނީ 192،555 ޑޮލަރެވެ. މީގެ ކުރިން ޕޮގްބާ ޔުނައިޓެޑްގައި ހުރީ ހަފްތާ އަކު 348،555 ޑޮލަރުގެ ޑީލެއްގަ އެވެ.

އިއްޔެ، ޔުވެންޓަސް ސަޕޯޓަރުން ޕޮގްބާ އަށް ހޫނު މަރުހަބާއެއް ކީއިރު، އެ ތަނުން ސަޕޯޓަރަކު ވަނީ ޔުނައިޓެޑްގެ ޖޯޒީއެއްގައި ޕޮގްބާގެ އޮޓޯގްރާފް ހޯދަން މަސައްކަތްކޮށްފަ އެވެ. އެކަމަކު، ޕޮގްބާ އެ ޖޯޒީގައި ސޮއިނުކުރެ އެވެ.

މިދިޔަ ސީޒަނުގެ ނިޔަލަށް ޕޮގްބާ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވިއިރު، އެ ޓީމުން ޕޮގްބާގެ ޑީލް އިތުރު ދެ އަހަރަށް އާ ކުރަން ހަފްތާ އަކު 368،000 ޑޮލަރުގެ މުސާރައެއް ހުށަހެޅި އެވެ. އެއީ ބޯނަހާ އެކު 430،355 ޑޮލަރު ލިބޭގޮތަށެވެ. އެކަމަކު، ޕޮގްބާ ވަނީ މިއީ ޔުނައިޓެޑްގައި އޭނާ މަޑުކުރަން ބަލާއިރު ކުޑަ މުސާރައެއް ކަމަށް ބުނެފަ އެވެ.

ޔުވެންޓަސްއާ އެކު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ޕޮގްބާ ސޮއިކުރާއިރު، އެ އެއްބަސްވުމުގެ ދަށުން އިތުރު އެއް އަހަރަށް މަޑުކުރެވޭ ގޮތަށް އިހުތިޔާރު އޮވެ އެވެ.

ޕޮގްބާ، ކްލަބް ކެރިއަރުގައި އެންމެ ގިނަ ކާމިޔާބު ހޯދީ ޔުވެންޓަސް ޖޯޒީގަ އެވެ. ޔުވެންޓަސްގައި ހުރެ ހަތަރު ފަހަރު އިޓާލިއަން ލީގާއި ދެ ފަހަރު އިޓާލިއަން ކަޕާއި ސުޕަ ކަޕް ކާމިޔާބުކުރި އެވެ. ޔުނައިޓެޑްގައި ޕޮގްބާ ވަނީ އިނގިރޭސި ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox