ހުލާސާކޮށް އިއްޔެ: އަވަށްޓެރި ލަންކާގެ ސަރުކާރު އިސްތިއުފާ ދޭނެކަން ހާމަކުރުން

ހުލާސާކޮށް އިއްޔެ: އަވަށްޓެރި ލަންކާގެ ސަރުކާރު އިސްތިއުފާ ދޭނެކަން ހާމަކުރުން

އިގްތިސާދީ އަދި އިންސާނީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފައިވާ އަވަށްޓެރި ސްރީލަންކާގެ ރައީސާއި ބޮޑުވަޒީރު އިސްތިއުފާ ދެއްވަން ނިންމެވީ އިއްޔެ އެވެ.

ލަންކާގެ މީޑިއާތަކުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި މި މަހުގެ 13 ވަނަ ދުވަހު އިސްތިއުފާ ދެއްވާނެކަން ގޮތަބަޔަ ވަނީ އެގައުމުގެ މަޖިލީހުގެ ރައީސަށް އަންގަވާފަ އެވެ.

އިސްތިއުފާ ދެއްވަން ގޮތަބަޔާ ނިންމެވިއިރު އެމަނިކުފާނުގެ ރިޔާސީ ގެކޮޅަށް އިއްޔެ މުޒާހަރާކުރާ މީހުން ވަނީ ވަދެގެންފަ އެވެ. އަދި، އެމަނިކުފާނަށް ޖެހުނީ އެތަން ދޫކުރައްވައި ވަޑައިގަންނަވާށެވެ. އަދިވެސް އެމަނިކުފާނު ހުންނެވި ތަނެއް އެނގިފައެއް ނުވެ އެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ވެސް ވަނީ އިސްތިއުފާ ދެއްވާނެކަން އިއްޔެ ހާމަކުރައްވާފަ އެވެ. އެމަނިކުފާނުގެ ގެކޮޅަށް ވެސް ވަދެގަނެއް އެތަނުގައި ވަނީ ރޯކޮށްފަ އެވެ.

ރައީސް ގޮތަބަޔާ ރާޖަޕަކްސާގެ ގެކޮޅަށް ބަޔަކު ވަނުމާ އެކު ރަނިލް ވަނީ ހުރިހާ ސިޔާސީ ޕާޓީއެއްގެ ލީޑަރުންނާ އިއްޔެ ބައްދަލުކުރައްވާފަ އެވެ. ހުރިހާ ޕާޓީއަކުގެ ޑިމާންޑަކަށްވީ ސަރުކާރުގެ އިސް ލީޑަރުން އިސްތިއުފާ ދިނުމެވެ.

މި ދެ ބޭފުޅުން ވެސް އިސްތިއުފާ ދެއްވުމަށް ފަހު ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ފުރުސަތު ދެއްވާނެ ކަމަށް ލަންކާގެ މަޖިލީހުގެ ރައީސް މިއަދު ވިދާޅުވި އެވެ.

ލަންކާގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިވުމަށް އެތައް ހާސް ބަޔަކު އިއްޔެ ވަނީ ކޮލޮމްބޯއަށް ދަތުރުކޮށްފަ އެވެ. ކޮލޮމްބޯ ހިމެނޭހެން ހަތް ސަރަހައްދެއްގައި ވަނީ ކާފިއު ވެސް އިއުލާނުކޮށްފަ އެވެ. ލަންކާގެ ސިޔާސީ މަޝްރަހުގައި ފާހަގަކޮށްލެވޭ ބޭފުޅުން ވެސް އަންނަނީ މި މުޒާހަރާތަކުގައި ބައިވެރިވަމުންނެވެ.

މިދިޔަ މާޗް މަހުގެ މެދެއްހާ ހިސާބުން ފެށިގެން ގޮތަބަޔާގެ ގެކޮޅުގެ ބޭރުގައި އާންމުން ދިޔައީ ކޭމްޕު ޖަހައިގެން މުޒާހަރާ ކުރަމުންނެވެ.

ސްރީލަންކާ ސޮވެރިން ޑިފޯލްޓަކަށް ގޮސްފައިވާއިރު އިންފްލޭޝަން ރޭޓު ހުރީ 54.6 ޕަސެންޓަށް ވުރެ މަތީގަ އެވެ. އަދި، ބޭހާއި ތެލަށް ވަނީ ޖެހިފަ އެވެ. އޭގެ އިތުރުން ކޮރަޕްޝަނާއި ނުފޫޒުގެ ބޭނުން ކުރަމުންދާތީ ވެސް ލަންކާގެ ރައްޔިތުން ތިބީ މި ސަރުކާރާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.

އެގައުމަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއިން ސަލާމަތްވާނެ ދުވަހެއް ވެސް ނޭނގެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ގާއިމުކޮށްފައިވާ ސީޕްލޭން ޓާމިނަލް ހުޅުވަން ތައްޔާރުވެފައިވާކަން އަދަދު އިން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ވޭތިވެދިޔަ ފަސް އަހަރުތެރޭ ރާއްޖެއަށް 167 އެމްބިއުލާންސް ގެނެސްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ނ. ހެނބަދޫއިން ގެއްލިގެން ހޯދަމުންދާ އިބްރާހިމް ރާމިޒު ދަތުރުކުރި ކަމަށް ބެލެވޭ ކެނޯއެއް ފެނުނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އެއާޕޯޓުގައި އަޅާފައިވާ އާ ރަންވޭ ބޭނުންކުރަން ފެށޭނެ ތާރިހަކާ ގުޅޭގޮތުން އެމްއޭސީއެލްގެ ޑީއެމްޑީ ވިދާޅުވީ:

އެމްއޭސީއެލްގެ އެންމެ ބޮޑު އަމާޒަކީ އާ ރަންވޭ މި އަހަރުގެ ނިމުމުގެ ކުރިން ބޭނުން ކުރަން ފެށުން

ދުވަހުގެ ފޮޓޯ

މާލޭގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދުގެ ތެރެއިން. މާފަންނު ސްޓޭޑިއަމްގައި ކުރި ނަމާދަށް ގިނަ އަދަދެއްގެ މީހުން ހާޒިރުވި. އީދުގެ އުފަލުގައި އެތައް ހާސް ބަޔަކު ބައިވެރިވެ އެކުވެރިކަމުގެ ރީތި މިސާލުތައް ވަނީ ދައްކުވައިދީފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
މާލޭގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދުގެ ތެރެއިން. މާފަންނު ސްޓޭޑިއަމްގައި ކުރި ނަމާދަށް ގިނަ އަދަދެއްގެ މީހުން ހާޒިރުވި. އީދުގެ އުފަލުގައި އެތައް ހާސް ބަޔަކު ބައިވެރިވެ އެކުވެރިކަމުގެ ރީތި މިސާލުތައް ވަނީ ދައްކުވައިދީފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލޭގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދުގެ ތެރެއިން. މާފަންނު ސްޓޭޑިއަމްގައި ކުރި ނަމާދަށް ގިނަ އަދަދެއްގެ މީހުން ހާޒިރުވި. އީދުގެ އުފަލުގައި އެތައް ހާސް ބަޔަކު ބައިވެރިވެ އެކުވެރިކަމުގެ ރީތި މިސާލުތައް ވަނީ ދައްކުވައިދީފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox