މާލެ ސިޓީ ކައުންސިލުން އަނެއްކާވެސް ނައިޓް މާކެޓެއްް ބާއްވަން އިއުލާން ކޮށްފި

މީގެ ކުރިން ބޭއްވި ނައިޓް މާކެޓެއް: މިފަހަރު މާކެޓް ބާއްވަނީ ކޮން ދުވަހަކު އަދި ކިހާ މުއްދަތަކަށް ކަމެއް ކައުންސިލުން ހާމައެއް ނުކުރޭ-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މީގެ ކުރިން ބޭއްވި ނައިޓް މާކެޓެއް: މިފަހަރު މާކެޓް ބާއްވަނީ ކޮން ދުވަހަކު އަދި ކިހާ މުއްދަތަކަށް ކަމެއް ކައުންސިލުން ހާމައެއް ނުކުރޭ-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ނައިޓް މާކެޓެއް ބޭއްވުމަށް ނިންމައި، ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

މި އަހަރު ރޯދަ މަހަށްވެސް މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ނައިޓް މާކެޓެއް ބޭއްވުމަށް ހުޅުވާލި އެވެ. އުސްފަސްގަނޑުގައި އެ މާކެޓް ބާއްވަން ޕްލޭނިން މިނިސްޓްރީން ހުއްދަ ހޯދައި، ވިޔަފާރިވެރިންނަށް ސްލޮޓްތައް ވެސް ދޫކުރި އެވެ.

އަދި މާކެޓް އިންތިޒާމުކުރުމަށް ސިޓީ ކައުންސިލުން ކުންފުންޏަކާ ވެސް ހަވާލުކުރި އެވެ. ނަމަވެސް ރޯދަމަސް ފެށެން ވަގުތު ކުޑަތަން ވެފައިވާތީ، އިންތިޒާމުތައް ހަމަޖައްސަން ދަތި ކަމަށް ބުނެ ނައިޓް މާކެޓް ކެންސަލްކުރީ އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ ނައިޓް މާކެޓްގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.

އެހެންކަމުން ނައިޓް މާކެޓް ރާވައި، ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން އެ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަން (ހ.ހުޅުގަލި 3 ވަނަ ފަންގިފިލާ) އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

މި މާކެޓް ބާއްވަނީ ކިހާ މުއްދަތަކަށް ކަމެއް އަދި ކޮން ދުވަހަކު ކަމެއް ކައުންސިލުން އަދި ހާމައެއް ނުކުރެ އެވެ.

އާ އަހަރާ ދިމާކޮށް، ސިޓީ ކައުންސިލުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވެސް މާލޭގައި ނައިޓް މާކެޓެއް ބާއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox