ދުއްވާ އުޅަނދަކީ ބޭނުންވާ މަންޒިލަށް ދެވޭނެފަދަ ހާލަތެއްގައި ހުރި އުޅަންދެއްތޯ ޔަގީންކުރޭ: ފުލުހުން

މާލޭ މަގުމަތި: ދުއްވާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން އިލްތިމާސްކޮﷲ

މާލޭ މަގުމަތި: ދުއްވާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން އިލްތިމާސްކޮﷲ

ދުއްވާ އުޅަނދަކީ ތިމާ ދާން ބޭނުންވާ މަންޒިލަށް ދެވޭނެފަދަ ހަލަތެއްގައި ހުރި އުޅަނދެއްތޯ ޔަގީން ކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކާ ބެހޭ ގޮތުން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ ސަބަބުތައް ހާމަކުރައްވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ އުޅަނދު ދުއްވާއިރު، އުޅަނދުގެ ހާލަތަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ސަމީރު ވިދާޅުވީ ރާއްޖޭގައި އުޅަނދުތަކުގައި ހުންނަން ޖެހޭ މިންގަނޑުތައް ގާނޫނާއި ގަވައިދުތަކުން ކަނޑައަޅާފައިވާ ކަމަށާއި، އުޅަނދަކީ މަގަށް އެކަށީގެންވާ އެއްޗެއްތޯ ކަށަވަރުކުރުމަށް ރޯޑްވޯތިނެސް ހަދަން ޖެހޭ ކަމަށެވެ. ނަމަވެސް ބައެއް ފަހަރު ގަރާޖުތަކުން އުޅަނދުގައި ހުންނަންޖެހޭ މިންގަނޑުތައް ނެތީސް ރޯޑްވޯތިނެސް ޖަހައިދޭ ކަމަށާއި، ރޯޑްވޯތިނެސް ޖަހަންޖެހޭ މުއްދަތުގައި އެކަން ނުކޮށް ހުންނަ ކަން ސަމީރު ފާހަގަކުރެއްވި އެވެ.

ސަމީރު ވިދާޅުވީ ރޯޑްވޯތިނެސް ހެއްދި ކަމުގައިވީ ނަމަވެސް އެކިއެކި ސަބަބުތަކާހެދި އުޅަނދުތަކުގެ ޓަޔަރުތަކަށް އަންނަ ބަދަލުތައް ދެނެގަނެ އެކަންކަމަށް އެކަށީގެންވާ ހައްލުތައް ގެންނަން ޖެހޭ ކަމަށެވެ. އެކަން ނުކުރެވި ހުރެ، ބާރު ސްޕީޑުގައި ދުއްވުމުން ނުވަތަ މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ ކަމަށް ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ އެކްސިޑެންޓުތައް މަދުކުރުމަށް ރައްޔިތުންގެ މުހިންމު ހިއްސާއެއް އޮންނަ ކަމަށެވެ.

އަޅުގަނޑުމެން އަރާ އުޅަނދަކީ ދުއްވަން ނުވަތަ ދާން ބޭނުންވާ މަންޒިލަށް ދެވޭފަދަ، އެކަށީގެންވާ އުޅަނދެއްތޯ އަޅުގަނޑުމެން ޔަގީންކުރަން އެބަޖެހޭ.

ސަމީރު ވިދާޅުވީ ރައްޓެއްސެއްގެ އުޅަނދަކަށް އަރާ ނަމަވެސް, އެއީ ރައްކާތެރި އުޅަނދެއްތޯ ޔަގީން ކުރުމަކީ މިއަދު ކޮންމެ މީހަކު ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ ސަބަބުތަކާ ބެހޭގޮތުން ސަމީރު އިތުރަށް ވިދާޅުވީ ގިނަ އެކްސިޑެންޓުތައް ހިނގާފައި ވަނީ ފަރުވާ ކުޑަކަމުގެ ސަބަބުން ނުވަތަ މަގަށް ދޭންވާ ސަމާލުކަން ނުދިނުމުގެ ސަބަބުން ކަމަށެވެ. ހަމައެއާއެކު، ސްޕީޑް ކޮންޓްރޯލް ނުވެގެންނާއި، އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ބަލަންވާ މިންވަރަށް ނުބެލިގޮސް ވެސް ގިނަ އެކްސިޑެންޓުތައް ހިނގާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox