ނުބައިތައް ހުއްޓުވުމަކީ ފަންނެއް

ނުބައިތައް ހުއްޓުވުމަކީ ފަންނެއް

އަވަށެއްގައި ވަރަށް ސާލިހް ދީލަތި މުއްސަނދި ބޭކަލަކު އުޅުއްވި އެވެ. ސަހަރާތެރޭގެ މިއަވަށު މީހުން ފެން ބަލާ ދާންޖެހެނީ މާ ދުރަކަށެވެ. އެހެންވެ މީނާގެ ދީލަތިކަމުން އަވަށު މީހުންނަށް ފެންވަޅެއް ބަހައްޓައިދީފި އެވެ. ފެންވަޅެއް ބަހައްޓައިދިނީ އޭ ބުނީމާ އެއީ މާބޮޑު ކަމެއްކަމުގައި، ކޮނެލި ކޮންމެ ދިމާއަކުން ގިނައިރުތަކެއް ނުވެ ފެނާޖެހޭ ގައުމެއްގައި އުޅޭ އަހަރެމެން ކަހަލަ ބަޔަކަށް އިހުސާސްކުރަން އުނދަގޫވާނެ އެވެ. ނަމަވެސް ސަހަރާމަތީ ހިސާބުތަކުގައި އެއީ އާދަޔާ ހިލާފު ވަރަށް ބޮޑު ކަމެކެވެ. ހާއްސަކޮށް އިހުގެ ޒަމާންތަކުގަ އެވެ.

ކޮންމެއަކަސް ހެޔޮލަފާ މީހާގެ ދީލަތިކަމުން ފެންވަޅެއް ބެހެއްޓިއްޖެ އެވެ. މީސްތަކުން އެއިން ފަސޭހަ ލިބިގަންނަން ފަށައިފި އެވެ. މިކަން މިހެން ހިނގިތާ މާގިނަ ދުވަސްތަކެއް ނުވެ، ކޮންމެވެސް މީހަކު ސިއްރުން މިފެންވަޅަށް ކުނިއަޅައި ބޭނުންނުކުރެވޭ ވަރުކޮށްލައިފި އެވެ. މުޅި ސަރަހައްދު އެކީ ކުނިވަހުން އެއްވަސްވީމާ، މީސްތަކުން ގޮސް ސޯލިހް މީހާގެ ގާތުގައި މިވާހަކަ ދަންނަވައިފި އެވެ. އެވަޅު އަލުން ބޭނުންކުރެވޭނެ ހާލަތަށް ގެނައުމަށްޓަކައި އެމީހާ އެކަމަށް ބޭނުންވާނެ މުދަލާއި ތަކެތި ދިނުމަށްފަހު ވަޅު އަލުން ރަނގަޅުކޮށްދީފި އެވެ.

ދެތިން ދުވަހެއް ފަހުން އަނެއްކާވެސް މިކަން ތަކުރާރުވެއްޖެ އެވެ. މިފަހަރުވެސް ހެޔޮލަފާ މީހާ އޭނާގެ މުދަލާއި ފައިސާއިން ހަރަދުކޮށް އެބައިމީހުންނަށް ވަޅު ރަނގަޅުކޮށްދީފި އެވެ. އަދި އެމީހުން ކައިރީ ބުންޏެވެ. ރޭގަނޑުގައި ފާރައަށް ތިބެގެން އެކަން ކުރަނީ ކޮން ބައެއްތޯ ބަލާށެވެ. އަދި އެމީހަކު އެނގުމުން އެއްވެސް މީހެއްގެ ގާތުގައި އެވާހަކަ ނުބުނެ ތިމަންނާއަށް މައުލޫމާތުދޭށެވެ.

މިބައިމީހުން ފިލައިތިބެގެން އެކަން ކުރާ މީހަކު ބެލިއިރު، އެކަން ކުރާ ކަމުގައި މިވީ ހެޔޮލަފާ މީހާގެ ދެބެންދެދަރި މީހެކެވެ. އޭނާގެ ބޮޑުބޭބެގެ ދަރި އެވެ. މިމީހުން އައިސް ހެޔޮ ލަފާ މީހާއަށް އެވާހަކަ ދަންނަވައިފި އެވެ. ހެޔޮލަފާ މީހާ ބުންޏެވެ. އެއްވެސް މީހެއް ގާތުގައި ތިވާހަކަ ނުދައްކާށެވެ. މިހިރީ ފައިސާއާއި މުދަލެވެ. ވަޅު ބޭނުންކުރެވޭ ގޮތަށް ހަދާށެވެ.

އެދުވަހުގެ ރޭގަނޑު ހެޔޮލަފާ މީހާ އޭނާގެ ބޮޑުބޭބެގެ ދަރީގެ ގެއަށް ޒިޔާރަތްކުރި އެވެ. މި ބޮޑުބޭބެގެ ދަރިޔަކީ އޭނާގެ އަތުގައި އޮންނަ އެންމެ ގެރިޔަކުން ކިރުފެލައިގެން އެ ވިއްކައިގެން ކައިބޮއި އުޅޭ ފަގީރު މީހެކެވެ. ހެޔޮލަފާ މީހާ ގޮސް ދޮރުގައި ޓަކިދިނުމުން އޭނާ ދޮރުހުޅުވި އެވެ. ހަމަ ދޮރުހުޅުވުމާއެކު ހެޔޮލަފާ މީހާ އޭނާގެ ގާތުން ވަރަށް ބޮޑަށް މާފަށް އެދިއްޖެ އެވެ. ބައްދަލުކޮށްލަން ނާދެވޭތާ މާގިނަ ދުވަސްވެއްޖެކަމަށް ގަބޫލުކުރާކަމަށް ބުންޏެވެ. އަދި އެއަށްފަހު ހެޔޮލަފާ މީހާ ބުންޏެވެ. މިހާ ގިނަ ދުވަހަށް ފަހު ބައްދަލުކޮށްލަން އަންނާތީ، މިހިރީ ތިމަންނާ ކަލެޔަށް ގެނެސްދިން ބައެއް ހަދިޔާ އެވެ. އޭގެ ތެރޭގައި އެއްގަމު މަހާއި، ގޮދަނާއި ހަކުރުގެ އިތުރުން ފައިސާ ދަބަހެއް ވެސް އޮތެވެ. އަދި އޭނާގެ އަނބިދަރީންނަށް ގެނެސްދިން އިތުރު ހަދިޔާ ވެސް ހުއްޓެވެ. އެއަށްފަހު ކުޑަވަގުތުކޮޅަކު ދެމީހުން ވާހަކަ ބަދަލުކޮށްލާން ތިއްބެވެ. ފެންވަޅުގެ ވާހަކަ އެއްވެސް ވަރަކަށް ނުދައްކަ އެވެ. ސާލިހް މީހާ އިސްކަންދިނީ މުޅިންވެސް ދެމީހުން ކުޑައިރު އެކުގައި ކުޅިވަރު ކުޅެ ހީސަމާސާކޮށް އުޅުނު ޅައިރުގެ ވާހަކަތަކަށެވެ. ކޮންމެއަކަސް އެރޭގެ ފަހަށް ފެންވަޅަށް އެއްވެސް ގެއްލުމެއް ނުލިބޭކަމުގައި ވި އެވެ.

ފުއްޞިލަތު ސޫރަތުގެ 34 ވަނަ އާޔަތުން 36 ވަނަ އާޔަތަށް ވިސްނާފިކުރުކޮށްލުން މުހިންމެވެ. "ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެ އެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި އަދާވާތްތެރިކަމެއްވާ މީހާ، ގާތް ރަހުމަތްތެރިޔަކު ފަދައިން ވެދާނެ އެވެ. އަދި ކެތްތެރިވި މީހުންނަށް މެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެ އެވެ. އަދި ބޮޑުވެގެންވާ ނަސީބުވެރިޔަކަށްމެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެ އެވެ. އަދި ހަމަކަށަވަރުން، ޝައިތާނާގެ ފަރާތުން ވަސްވާސްތެރިކަމެއްއައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، ﷲ ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށްއައްސަވާވޮޑިގެންވާ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ."

މިލިޔުމުގެ ފެށުމުގައި ބަޔާންކުރި ވާހަކައިގައި މިއާޔަތްތަކުގެ ތެރެއިން 34 ވަނަ އާޔަތުގެ އިރުޝާދު އަމަލީގޮތުން ހެޔޮލަފާ މީހަކު އެވަނީ ފުރިހަމަކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން މުޅި އަވަށަށް ދިމާވެފައި އޮތް ބަލާވެރިކަމެއް ފިލައިދިޔަ ގޮތަކީ ދާދި ފަސޭހަ ގޮތެއްވެސްމެ އެވެ. މީގައި ވިސްނާލަންޖެހޭ ކަމަކީ، ސާލިހް މީހާ އަމުރުކުރިނަމަ ވަޅަށް ކުނިއަޅާ މީހާ ގައިގައި ތަޅައިގަތުމަކީ ވެސް ކުރެވެން އޮތް ކަމެކެވެ. ބަނދެފައި ބެހެއްޓުމަކީ ވެސް ކުރެވެން އޮތް ކަމެކެވެ. އެކަމަކު އޭގެ ސަބަބުން ބިކަވެދާ އާއިލާއާއެކު މުޅި މުޖުތަމައު ސަލާމަތްކުރުމުގެ ވައްޓަފާޅި ހެޔޮލަފާ މީހާ ނެގެހެއްޓި އެވެ. ފުއްޞިލަތު ސޫރަތުގެ 34 ވަނަ އާޔަތުން އަންގަވާފައިވާ އިލާހީ އިރުޝާދެވެ.

އާދޭހެވެ! ފަސާދަތައް ދުރުކޮށް ނުބައިތައް އިސްލާހްކޮށް ހެދުމަކީ، ފަސޭހަކަމެއް ނޫނެވެ. އަމުދުން ބަދަލުހިފުމާއި ރުޅިވެރިކަމާއި ނުނިޔަތުން އެކެހެރިވެ ހަމައެކަނި އިސްލާހަށް އަދައިގެން މާތް ﷲ އަށް ނިޔަތް ތެދުކޮށްގެން އެކަމަށްޓަކައި މަސައްކަތްކުރުމަކީ އުނދަގޫ ކަމެއްކަން އެއީ ކެތްތެރިންނަށް ނޫނީ ނުވާނެކަމެއްކަން ފުއްޞިލަތު ސޫރަތުގެ 35 ވަނަ އާޔަތަށް ވިސްނާލުމުން އެނގިގެން ދެ އެވެ.

މިދެއާޔަތާއެކު 36 ވަނަ އާޔަތުގައި މާތް ނަބިއްޔާއާ މުހާތަބުކުރައްވައި، ޝައިޠާނާގެ ވަސްވާސްތެރިކަމެއް އަތުވެދާނެތީ ސަމާލުވުމަށް އަންގަވާފައިވުމުން ކުރެވޭ ދޭހަތަކަށް ފިކުރު ހިންގާލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއް ކަމަކީ މާތް ނަބިއްޔާ އެކަމާމެދު ސަމާލުވާންޖެހޭނަމަ ހަމަ ޔަގީނުން ދީނީ ދައުވަތުދިނުމުގައި ޝައިތާނާގެ ވަސްވާސްތެރިކަމެއް އަތުވެދާނެތޯ ދީނީ ދައުވަތުދޭ މީހުން ސަމާލުވުން އެއާޔަތުން ދަލީލުކުރެ އެވެ. ދެވަނަ ކަމަކީ، ނުބައި ކަންކަން ހެޔޮ ކަންކަން މެދުވެރިކޮށް ދުރުކޮށް މުޖުތަމައު ފަސާދައިން ރައްކާތެރިކުރުމުގެ ހުނަރުވެރިކަމާއި ފަންނުވެރިކަމަށް ހުރަސްއެޅިގެންދަނީ ޝައިތާނީ ވަސްވާސްތަކުގެ ސަބަބުންކަން މި ތިން އާޔަތް އެކުއެކީ ކިޔުމުން ދޭހަވެ އެވެ.

މިއާޔަތްތަކުން އިރުޝާދު ލިބޭގޮތުގައި، ފަސާދަތައް އިސްލާހްކޮށް ނުބައިތައް ރަނގަޅުކުރުމުގައި ބޭނުންކުރަންޖެހެނީ، މުޅި މުޖުތަމައުއަށް އޭގެ ފައިދާ ޝާމިލުވާނެ ގޮތްތަކެކެވެ. އެއްވެސް ބަޔަކު ބާކީވެގެން ނުދާނެ ގޮތްތަކެވެ. އަދާވާތްތެރިކަމާއި ރުޅިވެރިކަމުގެ ގިނިތައް ނިވާލެވޭނޭ ހަމަތަކަކާއި އުސޫލުތަކެވެ. އެކަންކަމުން ދީނީ ދައުވަތުގެ މަންހަޖުތައް އެއްކައިކުރަނީ ޝައިތާނީ ވަސްވާސްތަކަށް ސަމާލުނުވެވޭތީނޫންތޯ އެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox