ސައުދީ އަރަބިއްޔާ އާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ރޮނގުން ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުގެ ދެމެދުގައި މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ގައުމުގެ ކޮމާސް މިނިސްޓަރު މާޖިދު އަލް ގަސާބީއާއެކު އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސައުދީ ސަރުކާރުން އެމަނިކުފާނާއި އަރިހުގައި ވަޑައިގެންނެވި ދިވެހި ވަފްދަށް ފޯރުކޮށްދެއްވަމުން ގެންދަވާ މެހެމާންދާރީ ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސް މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.
ރައީސްގެ ދެ ކަނބަލުންގެ ހައްޖަށް ވަޑައިގެންނެވީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދުގެ ދައުވަތަކަށެވެ. އަމިއްލަ ގޮތުން ކުރެއްވި މި ދަތުރުފުޅަކީ ދިވެހިންނަށް ލިބިފައިވާ ހައްޖު ކޯޓާގެ ތެރެއިން ކުރެއްވި ދަތުރުފުޅެއް ނޫނެވެ.














