ޖޭޕީގެ ރައްދު: "ޔާމީން ޖަލަށް ލުމުން އެންމެ އުފާވާނީ ޕީޕީއެމްގެ އިސް ބޭފުޅުން"

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް--

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް--

ކުރީގެ ރައީސް އަބްދުالله ޔާމީން ޖަލަށްލުމަށް ހުކުމްކޮށްފިނަމަ, އެކަމާ އެންމެ އުފާވާނީ ޕީޕީއެމްގެ އިސްބޭފުޅުން ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ބުނެފި އެވެ.

ޔާމީން ޖަލަށްލުމަށް ހުކުމްކޮށްފިނަމަ, ޕީޕީއެމްގެ ތާއިދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އޮންނާނެ ކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ރިޕޯޓަކާ ގުޅިގެން ޕީޕީއެމުން ވަނީ ރައީސް ޔާމީން ޖަލަށްލުމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކޯޓުތަކަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

"ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމެއް އައުމަކީ އެންމެ ބޮޑަށް ޕީޕީއެމްގެ އިސްވެރިން، އުފާކުރައްވާނެ ކަމެއް، ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށް ޓަކައި ނުވަތަ އޭގެ އުންމީދުގައި ތިބީ ގާތްގަނޑަކަށް ހަތެއް ނުވަތަ އަށް ބޭފުޅުން [ޕީޕީއެމްގައި] އެބަތިއްބެވި،" ޖޭޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭޕީގެ ލީޑަރުގެ އެޑްވައިޒާ އިލްހާމް އަހުމަދު ވިދާޅުވި އެވެ.

Advertisement

އިލްހާމް ވިދާޅުވި ގޮތުގައި އެ ބޭފުޅުން އަންނަނީ ޔާމީން ޖަލަށް ލުމަށް ޓަކައި އެ ބޭފުޅުންނަށް "ކުރެވުނުހާ މަސައްކަތެއް" ކުރަމުންނެވެ. އަދި މި ކަމުގެ ތަފްސީލް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

"މިއަދު އެ ވާހަކަ ދެއްކެވި ބޭފުޅުންނަކީ ރައީސް ޔާމީނަށް ޖަލުގެ ހުކުމެއް ހޯއްދެއްވުމަށް ރެއާއި ދުވާލު މަސައްކަތް ކުރާ މީހުން، އަޅުގަނޑުމެންނަކަށް ނުލިބޭ ރިޔާސީ ކެންޑިޑޭޓު ކަމެއް ރައީސް ޔާމީން ޖަލަށް ލުމަކުން، ރައީސް ޔާމީން ޖަލަށް ލުމަކުން އަޅުގަނޑުމެންގެ ޕާޓީއަކަށް ވެރިކަމެއް ނުލިބޭ،" އިލްހާމް ވިދާޅުވި އެވެ.

"އެ މީހުންގެ ތެރެއިން ސަރުކާރުގައި ތިބި ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވިޔަސް ބައްދަލުކުރައްވަނީ ވެސް، ޖަލަށް ގެންދަވަނީ ކޮން އިރަކުތޯ [ބައްލަވަނީ ވެސް]،"

އަދި، ޔާމީނަށް ނިކަމެތިކޮށް، ދެރަ ގޮތެއް ވުމަށް ޖޭޕީއާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނޭދޭ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ ޖޭޕީގެ އަސާސީ ގަވައިދުގައި އޮންނަ ގޮތުން ކައުންސިލުން އިތުރު ގޮތަކަށް ނުނިންމާހާ ހިނދަކު އެ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނިކުންނާނެ ކަމަށާއި އެހެންނަމަވެސް އެއީ ކޮން ކެންޑިޑޭޓެއް ކަމެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ އެއީ ކޮން ބޭފުޅެއް ކަމެއް އެހެންނަމަވެސް އަޅުގަނޑަށް އެނގޭ އެއްޗަކީ ﷲގެ ވާގިފުޅާއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ވަރުގަދަ ކެންޑިޑޭޓެއް ވާދަކުރައްވާނެ،" އިލްހާމް ވިދާޅުވި އެވެ.

ޖޭޕީގެ ރިޔާސީ ޓިކެޓަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރެއްވީ ލީޑަރު ގާސިމް އިބްރާހިމް ކަން ފާހަގަކުރައްވައި އިލްހާމް އިތުރަށް ވިދާޅުވީ ގާސިމަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުންނެވި އެންމެ ވަރުގަދަ ލީޑަރު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox