11 އަހަރު ފަހުން ހިންނަވަރުގެ ހިއްކި ބިން އާބާދުކުރަނީ

ހިންނަވަރު ބިން ހިއްކާފައިވާތަން މަތިން ފެންނަހެން ނަގާފައިވާ ފޮޓޯއެއް: އެ ބިން ހިއްކާފައި ވަނީ 2011ވަނަ އަހަރު-- ފޮޓޯ: އެމްޓީސީސީ

ހިންނަވަރު ބިން ހިއްކާފައިވާތަން މަތިން ފެންނަހެން ނަގާފައިވާ ފޮޓޯއެއް: އެ ބިން ހިއްކާފައި ވަނީ 2011ވަނަ އަހަރު-- ފޮޓޯ: އެމްޓީސީސީ

ޅ. ހިންނަވަރުގައި 100 ހައުސިން ޔުނިޓް އަޅަން ބަޔަކާ ހަވާލު ކޮށްފި އެވެ.

ހިންނަވަރުގައި 5،000 އަށްވުރެ ގިނަ މީހުން އުޅޭ އިރު އެ ރަށުގައި ހިއްކާފައިވާ ބޮޑު ބިމެއް އެބަ އޮތެވެ. ހިންނަވަރު ފަޅުން 28 ހެކްޓަރުގެ ބިން ހިއްކީ މީގެ 11 އަހަރު ކުރިން 2011ގަ އެވެ.

11 އަހަރުވެގެން ދިޔައިރުވެސް އެ ބިމުގައި ކޮށްފައިވާ ހަމައެކަކި މަސައްކަތަކީ ހިއްކި ބިމުގެ ދެކުނު ފަރާތުގައި ބޯޓް ޔާޑަކާއި މަސް ކައްކާތަނެއް ހެދުން އެކަންޏެވެ.

Advertisement

މިނިސްޓްރީ އޮފް ޕްލޭނިން އެންޑް، ހައުސިންގެ އެންޑް އިންފްރާންސްޓްރަކްޗާ އިން އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ އެވެ.

އެ މަޝްރޫއު އަކީ ސަރުކާރުގެ ޕީއެސްއައިޕީ މަޝްރުއުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ޕްލޭނިން މިނިސްޓްރީން ބުނެފައި ވަނީ ހިންނަވަރުގައި ހައުސިން ޔުނިޓް އެޅުމަށް ހަވާލުކޮށްފައި ވަނީ 83،807،840ރ. އަށް ކަމަށެވެ. އެ ކުއްފުންޏާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެއް އަހަރު ދުވަހުން ނިންމަށެވެ.

އެ މަޝްރޫއުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 50 ރޯ ހައުސް އާއި 1000 އަހަފޫޓުގެ އެއް ބުރީގެ 50 ހައުސިންގް ޔުނިޓެވެ.

titledesc

ޕްލޭނިން މިނިސްޓްރީން ބުނެފައި ވަނީ އިމާރާތުގެ ވަށާފާރާއި ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމް ކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލި ކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox