މި އަހަރުގެ އަލްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި

މި އަހަރުގެ ފިތުރު އީދު ބޮޑު ޖަމާއަތުގައި ކުރަނީ-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މި އަހަރުގެ ފިތުރު އީދު ބޮޑު ޖަމާއަތުގައި ކުރަނީ-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މާލެ ސިޓީގެ ތިން ސަރަހައްދެއްގައި ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަން އިސްލާމިކް މިނިސްޓްރީ ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނީ މާފަންނު ސްޓޭޑިއަމް، ހުޅުމާލެ ސްޓޭޑިއަމް(ސިންތެޓިކް ޓްރެކް)، އަދި ވިލިމާލޭ ބޯޅަދަނޑު ސަރަހައްދުގައި ކަމަށެވެ.

މާފަންނު ސްޓޭޑިއަމްގެ ބޮޑު ޖަމާއަތުގައި 20،000 އަށް ވުރެ ގިނަ މީހުންގެ ޖާގަ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އަދި ހުޅުމާލޭގެ ސްޓޭޑިއަމްގައި ނަމާދު ކުރަން 9،000 މީހުންނަށް ވަދެވޭނެ ޖާގަ އޮންނާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންއިން ބުނެ އެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ނިންމާފައި ވާއިރު، އިސްލާމިކް މިިނިސްޓްރީން އިލްތިމާސްކޮށްފައި ވަނީ ގެއިން ވުޟޫކޮށްގެން ދިއުމަށާއި އަމިއްލަ މުސައްލައަކާއި، ފެންފުޅިއެއް ގެނައުމަށެވެ. އަދި ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެނައުމަށް ބުނެފައިވެ އެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ނިންމި ނަމަވެސް މޫސުން ތަން ނުދޭ ނަމަ ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދު ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.

މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތް ހަދައިގެން އީދު ނަމާދު ކުރަން ފެށީ 2012 ވަނަ އަހަރުން ފެށިގެންނެެވެ. އެއަށް ފަހު 2018 އާ ހަމައަށް ބޮޑު ޖަމާއަތުގައި ނަމާދު ކުރި އެވެ. ދެހާސް ނަވާރަ ވަނަ އަހަރުގެ ސްޓޭޑިއަމްގައި އީދު ނަމާދުގެ ބޮޑު ޖަމާއަތް ނުބޭއްވުނީ މޫސުން ގޯސްވެ، ވާރޭ ވެހުމުގެ ސަބަބުންނެވެ. ވޭތުވެ ދިޔަ ދެ އަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރެވުނީ، ކޮވިޑް ފެތުރެމުން ދިއުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox