ޝީރީންގެ ގަޔަށް އެރި ވަޒަން އައީ އިޒްރޭލްގެ ބަޑިއަކުން ކަމެއް ޔަގީނެއް ނޫން: އެމެރިކާ

ނޫސްވެރިޔާ ޝީރީން އަބޫ އަކްލެހް. -- ފޮޓޯ: އީޕީއޭ

ނޫސްވެރިޔާ ޝީރީން އަބޫ އަކްލެހް. -- ފޮޓޯ: އީޕީއޭ

އެމެރިކާ އާއި ފަލަސްތީނަށް ނިސްބަތްވާ ނޫސްވެރިޔާ ޝީރީން އަބޫ އަކްލެހްގެ ގަޔަށް އެރި ވަޒަން އައީ އިޒްރޭލުގެ ބަޑިއަކުންކަން ޔަގީން ނުކުރެވޭ ކަމަށް އެމެރިކާއިން ބުނެފި އެވެ.

ޝީރީން މަރުވީ މޭ 11 ވަނަ ދުވަހު ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގި އޮޕަރޭޝަނެއް އަލް ޖަޒީރާއަށް ރިޕޯޓު ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ކަންފަތާ ދިމާލުން މޫނަށް ބަޑި ޖެހުމުންނެވެ.

އެމެރިކާއިން ވަޒަން ތަހުލީލް ކުރުމަށް ފަހު ބުނީ ޔަގީންކަމާ އެކު ގޮތެއް ނިންމޭ ވަރަށް ވުރެ ބޮޑަށް އެ ވަޒަނަށް ގެއްލުންވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް ވަޒަން އައީ އޮޅުމެއްގެ ތެރެއިން އިޒްރޭލުގެ ބަޑިއަކުން ކަމަަށް ބޮޑަށް ބުރަވެވޭ ކަމަށް އެމެރިކާގެ ތަހުގީގަށް ފަހު ނިންމި އެވެ.

ފަލަސްތީނުން ބުނާ ގޮތުގައި ޝީރީން މަރާލީ އިޒްރޭލް ސިފައިން ގަސްތުގައި ބަޑި ޖަހައިގެންނެވެ. އެކަމަކު އިޒްރޭލުން މަސައްކަތް ކުރަނީ ޝީރީން މަރުވީ ފަލަސްތީނުގެ "ޓެރަރިސްޓުންގެ" ހަމަލާއަކުން ކަމަށް ދެއްކުމަށެވެ.

ނަމަވެސް އިޒްރޭލުގެ ވާހަކައަށް ބާރު ލިބޭ ހެއްކެއް ނެތް ކަމަށް އދ. ގެ ތަހުގީގުން ވަނީ ނިންމާފަ އެވެ. އދ. ގެ ތަހުގީގުން ދެއްކީ ވަޒަން އައީ އިޒްރޭލް ސިފައިންގެ ބަޑިއަކުން ކަމަށެވެ.

އެހެންވެ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ މިޝޭލް ބެޝެލެޓް ވަނީ އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ފެށުމަށް އިޒްރޭލަށް ގޮވާލައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox