މުހިންމު ބޭންކިން މުއާމަލާތްތައް މި ހަފްތާގައި ނިންމުމަށް ބީއެމްއެލް އިން އެދިއްޖެ

މުހިންމު ބޭންކިން މުއާމަލާތްތައް މި ހަފްތާގައި ނިންމުމަށް ބީއެމްއެލް އިން އެދިއްޖެ

ބޮޑު އީދާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް ބޭންކުތައް ބަންދުވާނެ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭ ނިންމާފައިވާތީ، ބޭންކިންގެ މުހިންމު ހިދުމަތްތައް މި ހަފްތާގައި ނިންމުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެ އެވެ.

އީދު ބަންދުގެ އެއް ހަފްތާއަށްފަހު، ބޭންކް އަލުން ހުޅުވުމަށް ނިންމާފައިވަނީ މި މަހުގެ 17 ވަނަ ދުވަހެވެ.

"އަޅުގަނޑުމެންގެ އިލްތިމާސަކީ ކަސްޓަމަރުން ހިދުމަތް ހޯއްދެވުމުގައި ދަތިތަކެއް ދިމާނުވާނެހެން ކުރިން ޕްލޭންކޮށް ހިދުމަތްތައްތަކަށް އެދި ހުށަހެޅުއްވުން، ޓީޓީ، ޗެކް ޕޮރެސެސްކުރުމާއި ލޯކަލް ޓްރާންސްފާ ފަދަ މުހިންމު ހިދުމަތްތަކަކަށް މި ވަނީ ސުންގަޑި ކަނޑައެޅިފައި، އެހެން ކަމުން އެ ސުންގަޑީގެ ކުރިން ހިދުމަތަށް އެދި ހުށަހެޅުއްވުމަކީ ވަރަށް މުހިންމު ކަމެއް،" ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ސުންގަޑީގެ ފަހުން ހުށަހެޅޭ ރިކުއެސްޓުތަކާއި ޗެކުތައް ޕްރޮސެސް ކުރާނީ ބަންދަށް ފަހުން ބޭންކު ހުޅުވޭ ދުވަހު ކަމަށެވެ. އީދު ބަންދުގައި ބޭންކިން މުއާމަލާތްތައް ކުރުމަށް ކަސްޓަމަރުން އިންޓަނެޓު ބޭންކިން އާއި މޮބައިލް ބޭންކިންގެ ހިދުމަތް ބޭނުން ކުރެއްވުމަށް ވެސް ސައީދު އެދިވަޑައިގެންނެވި އެވެ.

"ނަގުދު ފައިސާގެ މުއާމަލާތްކުރެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ،" ސައީދު ވިދާޅުވި އެވެ.

އޭގެ އިތުރުން، މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައް ވެސް އީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ބީއެމްއެލަށް ހުށަހެޅޭ ރިކުއެސްޓުތަކުގެ ތެރެއިން އިންޓަރނޭޝަނަލް ޓްރާންސްފާ ހިދުމަތަށް ލިބޭ ރިކުއެސްޓުތައް އެ ދުވަހެއްގެ މެންދުރުފަހު 1:30 އާ ހަމަޔަށް ލިބޭ ރިކުއެސްޓުތައް އެ ދުވަހަކު ޕްރޮސެސްކުރާނެ އެވެ.

ލޯކަލް ޕޭމަންޓު އަދި ޓްރާންސްފާއި ޕޭރޯލްގެ ހިދުމަތްތަކުގެ ތެރެއިން މެންދުރު 12:00 އާ ހަމައަށް ލިބޭ ހުށަހެޅުންތައް އެ ދުވަހު ނިންމާއިރު، މެންދުރު 02:00 އާ ހަމައަށް ލިބޭ ބީއެމްއެލްގެ ޗެކުތައް ވެސް އެ ދުވަހެއްގައި ޕްރޮސެސް ކުރާނެ އެވެ. އެހެން ބޭންކުތަކުން ލިބޭ ޗެކުތައް އެ ދުވަހަކު ޕްރޮސެސްކުރާނީ ހެނދުނު 11:00 ގެ ކުރިން ހުށަހެޅުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox