ރާގު ބަދަލުވެ ބާސެލޯނާ އިން ފްރެންކީ ޑި ޔޯން ނުވިއްކާނެ ކަމަށް ބުނެފި

Jul 3, 2022, 10:53 AM
ރާގު ބަދަލުވެ ބާސެލޯނާ އިން ފްރެންކީ ޑި ޔޯން ނުވިއްކާނެ ކަމަށް ބުނެފި

ބާސެލޯނާ (ޖުލައި 3) - ބާސެލޯނާ އިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ދޫކޮށްލާނެ ކަމަށް ބެލެވުނު ނެދަލެންޑްސްގެ މިޑްފީލްޑަރު، ފްރެންކީ ޑި ޔޯން ވިއްކައިނުލާނެ ކަމަށް ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ލަޕޯޓާ ވިދާޅުވީ ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ގަވީ ޓީމުގައި މަޑުކުރާނެ ކަމަށާއި ޑި ޔޯންއާ ބެހޭގޮތުން ވަކި އެއްޗެއް ބުނަން އުނދަގޫ ކަމަށެވެ. އެހެންވެ، އޭރު ބެެލެވިފައި އޮތީ ބާސެލޯނާ އޮތް މާލީ އަޑިގަނޑުން ސަލާމަތްވާން ވިއްކާލާނެ ކުޅުންތެރިއަކީ ޑި ޔޯން ކަމަށެވެ. އެކަމަކު، މިހާރު ބާސެލޯނާ އިން ބުނަމުން އަންނަނީ ޑި ޔޯން ނުވިއްކާނެ ކަމަށެވެ.

ޑި ޔޯން، 25، ގަންނަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑް އެވެ.

ބާސެލޯނާ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާން ބޭނުންނުވާކަން ޑި ޔޯން ހާމަކޮށްފައި ވަނިކޮށް، އެންމެ ފަހު ވަގުތު ބާސެލޯނާގެ ރައީސް ލަޕޯޓާ ވެސް މި ވަނީ ޑި ޔޯން އެ ކްލަބްގައި ދެމިހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.

"ފްރެންކީ (ޑި ޔޯން) އަކީ ބާސެލޯނާގެ ކުޅުންތެރިއެއް، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ޑި ޔޯން ހިމެނޭ، އަހަރެމެންނަށް މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ވެސް ކްލަބްތަކުގެ ހުށަހެޅުންތައް ލިބިފައި އެބައޮތް. އަހަރެމެންނެއް އޭނަ ވިއްކައެއް ނުލާނަން، އަހަރެމެންނަށް އެބައޮތް އޭނަގެ ފަރާތުން ވެސް ބާސެލޯނާގައި ހުންނަން ބޭނުންވާކަން އެނގިފައި،" ލަޕޯޓާ ވިދާޅުވި އެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވެ، މި މަހު އެއް ވަނަ ދުވަހު ރަސްމީކޮށް މަސައްކަތް ފަށާފައިވާ ނެދަލެންޑްސްގެ ކޯޗު އެރިކް ޓެން ހާގް ވަނީ ޑި ޔޯންއާ އެކު އަޔަކްސްގައި މަސައްކަތް ކޮށްފަ އެވެ. ޑި ޔޯން އަކީ ޓެން ހާގް، ޔުނައިޓެޑަށް ގެންނަން އެންމެ ބޭނުންވާ ކުޅުންތެރިޔާ އެވެ.

ބާސެލޯނާ އިން މިދިޔަ މަހުގެ ނިޔަލަށް ކްލަބްގެ މާލީ ހާލަތު ރަނގަޅުކުރަން ކުރި މަސައްކަތުގައި ވަނީ މާލީ ކަންކަމަށް ލުޔެއް ހޯދޭނެ ގޮތްތައް މަޝްވަރާކޮށްފަ އެވެ. އެ ގޮތުން ކުރު މުސްތަގުބަލެއްގައި ބޮޑު މާލީ މަންފާއެއް ލިބޭގޮތަށް ސްޕޮންސަޝިޕް ޑީލްތަކެއް ނިންމިއިރު، ބައެއް ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ޖެހޭނެ ކަމަށް ވަނީ ނިންމައިފަ އެވެ.

ލަޕޯޓާ ވިދާޅުވީ ކްލަބުން ދޭ މުސާރަ ބައެއް ކުޅުންތެރިންގެ ކޮންޓްރެކްޓްގެ ތެރެއިން ރީސްޓްރަކްޗާ ކުރަން ޖެހޭ ކަމަށާއި އޭގެ ތެރޭގައި ޑި ޔޯން ވެސް ހިމެނޭ ކަމަށެވެ.

ނެދަލެންޑްސްގެ ޗެމްޕިއަން، އަޔަކްސް ދޫކޮށް 2019 ވަނަ އަހަރު ޑި ޔޯން ބާސެލޯނާ އަށް ބަދަލުވީ 85 މިލިއަން ޑޮލަރަށެވެ. އެ ފަހަރު ބާސެލޯނާ އަށް ސޮއިކުރަން ޑި ޔޯން ނިންމުމުގެ ކުރިން ވަނީ ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ އަދި ޔުނައިޓެޑާ ވާހަކަ ދަައްކައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox