މެރިން އެކްސްޕޯ އޮގަސްޓު މަހު؛ ކުރިީގެ އަހަރުތަކަށް ވުރެ ސަޅިވެފައި ތަފާތު ވާނެ!

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި މެރިން އެކްސްޕޯގެ ސްޓޯލެއްގައި ހުރި ތަކެތި ބަޔަކު ބަލަނީ. ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ބަޔަކު އެކްސްޕޯއަށް ޒިޔާރާތް ކުރޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި މެރިން އެކްސްޕޯގެ ސްޓޯލެއްގައި ހުރި ތަކެތި ބަޔަކު ބަލަނީ. ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ބަޔަކު އެކްސްޕޯއަށް ޒިޔާރާތް ކުރޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖޭގެ ކަނޑުދަތުރުފަތުރު ކުރުމުގެ ސިނާއަތަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި އިވެންޓު ކަމަށްވާ މޯލްޑިވްސް މެރިން އެކްސްޕޯގެ އަށް ވަނަ އެޑިޝަން އޮންނާނީ އަންނަ އޮގަސްޓު 4 އިން 6 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. މިއީ މި ސިނާއަތަށް ހާއްސަކޮށްގެން ރާއްޖޭގައި އެންމެ ގިނަ ދުވަސް ވަންދެން ބާއްވަމުން އަންނަ އިވެންޓެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ ސަފާރީ ސިނާއަތުގެ ވިޔަފާރިވެރިންގެ ޖަމިއްޔާ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ ރަސްމީ އިވެންޓެވެ. މިއަހަރުގެ އެކްސްޕޯ އަކީ ކުރީ އަހަރުތަކާ އަޅާބަލާއިރު މާ ބޮޑުކޮށް އަދި ތަފާތުކޮށް ބާއްވަން ނިންމާފައިވާ އެކްސްޕޯއެކެވެ.

މިފަހަރުގެ އެކްސްޕޯގައި ވެސް ވިޔަފާރިތައް އެގްޒިބިޓް ކުރާނެ ސްޓޯލްތަކާއި، ބޯޓުތައް ދައްކާލަން ހާއްސަ ސަރަހައްދެއްގެ އިތުރުން މައުލޫމާތު ދިނުމުގެ ސެމިނާތަކާއި ވޯކްޝަޕްތައް ކުރިއަށް ދާނެ އެވެ.

އަދި، ކަނޑު އުޅަނދުފަހަރާއި، އެ އުޅަނދުތަކަށް ބޭނުންވާ ތަފާތު އާލާތްތައް ވިއްކާ ވިޔަފާރިތަކުގެ އިތުރުން، މި އުޅަނދުތަކަށް ތަފާތު ހިދުމަތްދޭ އިންޝުއަރެންސާއި ލޮޖިސްޓިކްސް ވިޔަފާރިތަކުން ވެސް އެކްސްޕޯގައި ބައިވެރިވާނެ އެވެ.

ކުރިން ބޭއްވި އެކްސްޕޯތަކަށް ބަލާއިރު، ގިނަ ވިޔަފާރިތަކުން ޕްރޮޑަކްޓް ލޯންޗުކުރަން އެކްސްޕޯ ބޭނުންކޮށްފަ އެވެ. އަދި އެކްސްޕޯގެ ތެރެއިން ކުރިޔަށް ގެންދިޔަ ސެމިނާތަކުގެ ޒަރިއްޔާއިން ދާއިރާގައި ހުރި މައްސަލަތަކާއި ގޮންޖެހުންތައް ސަރުކާރުގެ ސަމާލުކަމަށް ގެންނަން ވެސް ބޭނުން ކުރި އެވެ.

ރާއްޖޭގެ މެރިން އިންޑަސްޓްރީއަށް ބޮޑެތި ކުރިއެރުންތަކެއް މިދިޔަ މަދު އަހަރުތަކުގެ ތެރޭގައި ވަނީ ލިބިފަ އެވެ. އެގޮތުން، ބައިނަލްއަގްވާމީ ބޮޑެތި ލަގްޒަރީ ބްރޭންޑުތައް ރާއްޖެ އަށް އައިސް ވިޔަފާރި އަންނަނީ ފުޅާކުރަމުންނެވެ. އެހެންކަމުން، މިއަހަރުގެ މެރިން އެކްސްޕޯގައި މަޝްހޫރު ގިނަ ބްރޭންޑުތަކެއް ފެނިގެންދާނެ އެވެ.

އެކްސްޕޯގެ ސްޕޮންސަރުންނަކީ ކޮބާ؟

  • އެމްޓީސީސީ - މެއިން ސްޕޮންސާ
  • ގަލްފް ކްރާފްޓް - ކޯ-ސްޕޮންސާ
  • ޖަލްބޫތު މޯލްޑިވްސް
  • ދަ ހޯކްސް - އޮފިޝަލް ފިއުލް ޕާޓްނާ އަދި ޕްރީމިއަމް ސްޕޮންސާ
  • އަލް ޝާލީ މެރިން މޯލްޑިވްސް - އޮފިޝަލް ބޯޓް ބިލްޑާ
  • މާކިއުރީ މެރިން އިންޖީންސް ބައި ހަސަން މެރިން އިންޖިނިއަރިން ސޮލިއުޝަންސް - އޮފިޝަލް ޕްރޮޑަކްޓް
  • ހޮންޑާ މެރިން ބައި މެރިން ވައިބް - އޮފިޝަލް މެރިން އިންޖީން
  • ވިލާ ހަކަތަ - އޮފިޝަލް ލުބްރިކަންޓް
  • ސީގިއާ - އޮފިޝަލް ވޯޓާ ސްޕޯޓްސް ޕާޓްނަރު
  • އެލައިޑް އިންޝޫރެންސް - އޮފިޝަލް އިންޝޫރެންސް ޕާޓްނަރު
  • ގޯ ލޮޖިސްޓިކްސް - އޮފިޝަލް ލޮޖިސްޓިކްސް ޕާޓްނަރު
  • އޯޝަންމާސްޓާ ބައި ދަމާސް - އޮފިޝަލް މެރިން ޕެއިންޓް

މި އިވެންޓުގެ އެކްސްކްލޫސިވް ލޯކަލް މީޑިއާ ޕާޓްނަރަކީ "އަދަދު" އެވެ. އަދި، މިއަހަރުގެ އެކްސްޕޯގެ ވެސް އޮފިޝަލް ހޯސްޓް ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އެވެ.

އެކްސްޕޯގައި ރެޖިސްޓްރީ ވާނީ ކިހިނެއް؟

އެކްސްޕޯގައި އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވާން ޝައުގުވެރިކަން ހުރި ފަރާތްތަކަށް މިހާރު އެފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން، އެކްސްޕޯގެ އީމެއިލަށް ތަފްސީލުތައް ފޮނުވައިގެން ނުވަތަ 7997974 ނަންބަރަށް ގުޅައިގެން މިހާރު ރެޖިސްޓްރޭޝަން ފުރިހަމަ ކުރެވޭނެ އެވެ.

މި އަހަރުގެ އެކްސްޕޯގެ އިވެންޓް މެނޭޖަރަކީ މީޑިއަމް ޕްރައިވެޓް ލިމިޓެޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox