ނޭމާ މި ވަގުތު ޕީއެސްޖީ ދޫކޮށްލަން ބޭނުމެއް ނޫން: ރިޕޯޓް

Jul 2, 2022, 2:43 PM
ނޭމާ މި ވަގުތު ޕީއެސްޖީ ދޫކޮށްލަން ބޭނުމެއް ނޫން: ރިޕޯޓް

ސައޮ ޕައޮލޯ، ބްރެޒިލް (ޖުލައި 2) - ނޭމާ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީ ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ބްރެޒިލާއި ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

މީގެ ފަސް އަހަރު ކުރިން 2017 ވަނަ އަހަރު، ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 234 މިލިއަން ޑޮލަރަށް ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ސޮއިކުރި ނޭމާ މި ވަގުތު އެ ކްލަބާ އެކު ކޮންޓްރެކްޓްގައި ހުރީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެކަމަކު، ނޭމާއާ ބެހޭގޮތުން ދާދި ފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޕީއެސްޖީގެ ރައީސް ނާސިރު އަލް-ހެއްލާފީ ދެއްކި ވާހަކަތަކެއްގެ ސަބަބުން ނޭމާ ހުރީ ހިތްހަމަނުޖެހިފަ އެވެ. އެހެންވެ، ނޭމާ, އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވާން މަޝްވަރާކުރި ކަމަށް މީޑިއާތަކުން ރިޕޯޓްކުރި އެވެ.

ނޭމާ، ޕީއެސްޖީ ދޫކޮށްލައިފިނަމަ އޭނާ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އަށް ގެންނަން މަސައްކަތް ކުރާނެ ކަމަށް އެ ޓީމަށް ކުޅޭ ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ ވަނީ ބުނެފަ އެވެ. ތިއާގޯ ސިލްވާ ވަނީ ނޭމާއާ އެކު ޕީއެސްޖީ އަށް ކުޅެފަ އެވެ. އަދި ބްރެޒިލް ގައުމީ ޓީމުގައި ތިއާގޯ ސިލްވާއާ އެންމެ ގާތް ގުޅުމެއް އޮންނަ ކުޅުންތެރިންގެ ތެރޭގައި ނޭމާ ހިމެނެ އެެވެ.

މީޑިއާގައި ޗެލްސީ އާއި ޔުވެންޓަސް އަށް ނޭމާ ދާން އުޅޭ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް ނޭމާގެ ވިސްނުން ހުރީ މި ފަހަރުގެ ޓްރާންސްފާގައި ކްލަބް ބަދަލުނުކޮށް މަޑުކުރުމަށެވެ. ބްރެޒިލްގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ނޭމާ އެންމެ އަވަހަށް ވެސް ކްލަބް ބަދަލުކުރާނީ މި އަހަރު ފަހުކޮޅު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ފަހު އެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީއާ އެކު އެންމެ ފަހުން ނޭމާ ސޮއިކުރި ކޮންޓްރެކްޓްގައިވާ ވަކި މާއްދާ އަކަށް ބެލުމަށް ފަހު އޭނާ ކޮންޓްރެކްޓް އާ ކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. ލޯޔަލްޓީ ބޯނަހެއް ލިބޭގޮތަށް ނޭމާ މިހާރު ހުރި ކޮންޓްރެކްޓް 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އާ ކުރެވޭނެ އެވެ.

ނޭމާ، 30، މި ވަގުތު ހުރީ އަހަރަކު، 30 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ. އެހެން ކްލަބަކުން އޭނާ ގެންދަން ބަލާއިރު، ދިމާވާ ގޮންޖެހުމަކީ އެ ވަރުގެ މުސާރައެއް ދެވެން ނެތުމެވެ.

ޕީއެސްޖީ އަށް ކުޅެދިން 144 މެޗުން ނޭމާ ވަނީ އެ ޓީމަށް 100 ގޯލު ޖަހައި، 60 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މީގެ ތެރެއިން މިދިޔަ ސީޒަނު ލީގުގައި ޖެހުނީ 13 ގޯލެވެ. ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރު މާޗް މަހާ ހަމައަށް ނޭމާ ހުރީ ކުޅުމާ ދުރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox