ސްކޫލުތަކުގެ ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރުމާ މެދު އަހަރެންގެ ހިޔާލު

މިއަދު މާލެއަށް ކުރި ވިއްސާރަ - ފޮޓޯ: އަބްދުالله އިޔާން / އަދަދު

މިއަދު މާލެއަށް ކުރި ވިއްސާރަ - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ދަރިވަރުންނަށް އެއް މަސް ދުވަހުގެ ބޮޑު ޗުއްޓީއެއް ލިބޭ ގޮތަށް ދިރާސީ ކަލަންޑަރުތައް ފަރުމާކޮށްފައި އޮންނަނީ ކިޔަވާ ކުދިންގެ ސިކުނޑި ތާޒާކޮށް، ލުއި ދިނުމުގެ މަގުސަދުގަ އެވެ. މިއީ އިލްމީ ގޮތުން ވިސްނާއިރު މުހިއްމު ބޭނުންތެރި ކަމެކެވެ. ދަރިވަރުންނަށް ދެވޭ ޗުއްޓީގެ ސަބަބުން ނުފެންނަ އެތައް ފައިދާތަކެއް ލިބިދޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ކިޔެވުމުގެ ކަންކަމުން ވީއްލި ހިތްހަމަ ޖެހިލައި އާއިލާއެކު އެހެން މާހައުލުތަކާއި އެހެން ކަންކަމާއި ތަންތަނުގެ ތަޖުރިބާތައް ހޯދުމުން ދެން ކިޔެވުން ފެށިގެންދާއިރު މާ ތާޒާކޮށް އުނގެނުމުގެ މަގު ފަހިވާނެ ކަމެކެވެ. ސުވާލަކަށް ވާނީ އަހަރުގެ މެދު ތެރެއަށް ސްކޫލުތަކުގެ ބޮޑު ޗުއްޓީ ބަދަލު ކުރުމުން އެ ފުރުސަތު ނުލިބޭނީ ހެއްޔެވެ؟ އަހަރުގެ މެދުތެރެއަށް ބޮޑު ޗުއްޓީ ބަދަލުކުރުމުން ވެސް ދަރިވަރުންނަށް އެއް މަސްދުވަހުގެ ބޮޑު ޗުއްޓީއެއް ލިބޭނެ އެވެ. މައްސަލަތަކެއް ގޮތުގައި ކުރިމަތި ވަނީ މުޅީން ތަފާތު ކަންކަމެވެ. މި ބަދަލު ގެނައުމުގެ ސަބަބުން، ޗުއްޓީގެ ބޭނުން އެދެވޭ ގޮތުގައި ހިފާނެ ފުރުސަތު ނުލިބި 'ރަށުބަންދުވެ'، 'ގޭބަންދުވެ'، ރަށުގައި ތަޅުލެވުމެވެ. ކަންމިހެން ހުރުމުން މި ގެނެވުނު ބަދަލަކީ އެންމެ ރަނގަޅު ބަދަލެއް ކަމަށް އަޅުގަނޑަށް އެއްބަހެއް ނުވެވެ އެވެ.

އަހަރުގެ މެދުތެރެއަށް ސުކޫލުތަކުގެ ބޮޑު ޗުއްޓީ ބަދަލުކުރުމުން ޗުއްޓީގެ ބޭނުން ހިފާނެ ފުރުސަތު ނުލިބި 'ރަށު ބަންދު' ވެގެންދާކަމަށް ތަޖުރިބާ ކުރެވެ އެވެ. އެހެނީ، އަހަރުގެ މެދު ތެރެއަކީ ދިވެހިރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު އެންމެ އެންމެ ގަދަވެ، މަޝްހޫރު "ޖޫން ޖުލައި" ކުރިމަތިވާ ދުވަސްވަރެވެ. އެހެންކަމުން، ޗުއްޓީގައި އެއް ތަނުން އަނެއް ތަނަށް، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ބޭނުންވި ނަމަވެސް ކަނޑުދަތުރު ފަތުރުކުރުމަށް އުނދަގޫތަކާ ކުރިމަތިލާން ޖެހެ އެވެ. މޫސުން ގޯސްވެ ކަނޑު ދަތުރުފަތުރު ކުރަން ދަތިތަކާ ކުރިމަތިވުމުން، ރަށްރަށުގައި ތިބޭ އާއިލީ މެންބަރުން ގާތަށް ދަރިވަރުންނާއި ބެލެނިވެރިންނަށް ދަތުރުކުރުމަށް އުނދަގޫވެ އެވެ. ރަށްފުށުގައި ދިރިއުޅޭ މީހުންނަށް މާލެއާއި އެހެން ގައުމުތަކަށް ދަތުރުފަތުރުކުރުމަށް ހުރަސްއެޅިގެންދެ އެވެ. އެހެންކަމުން، އަހަރުގެ މެދުތެރެއަށް ސްކޫލުތަކުގެ ބޮޑު ޗުއްޓީ ބަދަލުކުރުމުން، 'ރަށު ބަންދު'ވާތީ، މިއީ ރަނގަޅު ބަދަލެއް ކަމަކަށް އެއްބަހެއް ނުވެވެ އެވެ.

'ގޭ ބަންދު'ގައި ބޮޑު ޗުއްޓީގެ ދުވަސްތައް ގުނާން ޖެހުމަކީ އަހަރުގެ މެދުތެރެއަށް ބޮޑު ޗުއްޓީ ބަދަލުކުރި ކުރުމަށް އަޅުގަނޑަށް ތާއިދު ނުކުރެވޭ މައިގަނޑު އަނެއް ސަބަބެވެ. އެހެނީ، ރާއްޖެއަށް ވިއްސާރަކުރާ ދުވަސްވަރު ބޮޑު ޗުއްޓީއާ ދިމާވާނެތީ އެވެ. މީގެއިތުރުން، މި ދުވަސްވަރު ކަނޑު ގަދަވެ މޫސުން ގޯސްވެ ވައިބާރުވެ އެވެ. މޫސުމަށް ބަލައި ތަންވަޅެއް ލިބުމުން ރަށްރަށަށް ދަތުރުކުރެވުނު ނަމަވެސް، ހުޅަނގު މޫސުމުގައި އާއްމު ގޮތެއްގައި މޫސުން ގޯސްވުމުގެ ސަބަބުން ޕިކުނިކު ދިޔުމާއި މޫދަށް އެރިލާ، ދަތުރު ދިޔުމުގެ ފުރުސަތުން ދަރިވަރުން މަހުރޫމުވެ އެވެ. ވިއްސާރަވެ މޫސުން ގޯސްވެއްޖެ ނަމަ ގެއިން ބޭރަށް ނިކުތުމަށް ދަތިވެ ގޭ ބަންދުގައި ތިބެން މަޖުބޫރުވެ އެވެ. އެހެންކަމުން، ބޮޑު ޗުއްޓީއިން ހާސިލުވާން ބޭނުންވާ މަގުސަދު ހާސިލުވުމުގެ ފުރުސަތުން މަހުރޫމު ވާކަމަށް ފާހަގަކުރެވެ އެވެ. ވީމާ، އަހަރުގެ މެދުތެރެއަށް ސްކޫލުތަކުގެ ބޮޑު ޗުއްޓީ ބަދަލުކުރުމާ އަޅުގަނޑަށް ދެކޮޅު ހެދެނީ މޫސުމީ ބަދަލުތަކާއެކު ގިނަ ދުވަސްދުވަހު ގޭގައި ތާށިވެފައި ތިބޭން ޖެހޭތީ އެވެ. ފާއިތުވެ ދެ އަހަރު ވެސް އެގޮތަށް ކަންތައްވީތީ އެވެ.

ރަށު ބަންދުވެ، ގޭ ބަންދުވުމުން ބޭސްފަރުވާއަށް ނުވަތަ ތަޖުރިބާ ހާސިލުކުރުމަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ބޭނުންވި ނަމަވެސް، ރަށްފުށުގައި ދިރިއުޅޭ ދަރިވަރުންނަށް އެ ފުރުސަތު ގެއްލިގެންދާނެ ކަމަށް ޤަބޫލުކުރާން ޖެހެ އެވެ. އެހެނީ، ދަރިވަރުންގެ ސިއްހީ ކަންކަމާއި އެނޫން ވެސް ޒަރޫރީ ކަންކަމަށް ގިނައިން ބޭރު ގައުމުތަކަށް ދަތުރު ކުރަނީ ސްކޫލު ބޮޑު ޗުއްޓީއާ ދިމާކޮށްފަ އެވެ. މިގޮތަށް ކަންކަން ބަދަލުކުރަން ޖެހެނީ ކިޔަވައިދޭ ދުވަސްވަރު ބޭރަށް ދަތުރުކޮށްފިނަމަ ކިޔެވުން ގެއްލި ފިލާވަޅުތައް ގެއްލޭނެތީ އެވެ. މިއާހިލާފަށް، އަހަރުގެ މެދުތެރެއަށް ސްކޫލުގެ އަހަރީ ޗުއްޓީ ބަދަލުކުރުމުން، މޫސުން ގޯސްވެ ދަތުރުފަތުރުކުރުމަށް ދަތިވެގެން ދިޔުމުން ބޭސްފަރުވާ ފަދަ ޒަރޫރީ ކަންކަމަށް ވެސް ބޭރަށް ނުވަތަ މާލެއަށް ދިޔުމަށް ދަތިތަކާ ކުރިމަތިލާން ޖެހި އެކަމުގެ ޝަކުވާތައް މީސްމީޑިއާއަށް ދަނީ އޮހެމުންނެވެ. އެހެންކަމުން، ދަރިވަރުންނާއި ބެލެނިވެރިންނަށް މިފަދަ ދަތިތަކާ ކުރިމަތިލާން ޖެހޭ މަންޒަރުތައް ފެންނާތީ، އަހަރުގެ މެދުތެރެއަށް ބޮޑު ޗުއްޓީ ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތެއްކަމަށް އެއްބަހެއް ނުވެވެ އެވެ.

ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ސުކޫލުތަކުގެ ބޮޑު ޗުއްޓީ އޮންނަނީ އަހަރުގެ ފަހުކޮޅުގަ އެވެ. ނުވަތަ ޑިސެންބަރުގަ އެވެ. މިކަމުގެ ސަބަބުން ތަފާތު ފައިދާތަކެއް ދަރިވަރުންނަށް ލިބިގެންދެ އެވެ. ރާއްޖޭގެ މޫސުން އޮންނަ ގޮތުން ޗުއްޓީގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފެ އެވެ. ރަށްރަށް ފަސޭހަ ކަމާއެކު ދަތުރުކުރެވެ އެވެ. އާއިލީ ދަތުރުތައް ކުރެވެ އެވެ. މޫދަށްއެރި ވެށިން އުފާ ހޯދެ އެވެ. ސިއްހީ ބޭނުންތަކަށް މާލެއާއި ބޭރު ގައުމުތަކަށް ފަސޭހައިން ދަތުރުކުރެވެ އެވެ. ނަމަވެސް، އަހަރުގެ މެދު ތެރެއަށް ޗުއްޓީ ބަދަލުކުރުމާ ގުޅިގެން، މިދެންނެވި ކަންކަމުން ދަރިވަރުން މަހުރޫމުވެ އެވެ. އެހެންކަމުން، ރާއްޖޭފަދަ ތަފާތު މޫސުމެއް އޮތް ގައުމަކަށް އެންމެ ރަނގަޅީ ކުރީގައި ވެސް ސްކޫލުތަކުގެ ބޮޑު ޗުއްޓީ އޮތް ދުވަސްވަރު ކަމަށްވާ އަހަރުގެ ފަހު ކޮޅު، ބޮޑު ޗުއްޓީ ލިބޭ ގޮތަށް ބޭއްވުން ކަމަށް ދެކެމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox