އުދަ އެރުން ބޮޑުވެ މަޑަވެއްޔާއި ހޯޑެއްދޫގެ ކޯޒްވޭ އަނެއްކާވެސް ކަނޑާލައިފި

މަޑަވެލި ހޯޑެއްދޫ ކޯޒްވޭ ގުޅާލުމަށް 2018ވަނަ އަހަރު ހަދަމުންދަނީ-- ފޮޓޯ: ސޯޝަލް މީޑިއާ

މަޑަވެލި ހޯޑެއްދޫ ކޯޒްވޭ ގުޅާލުމަށް 2018ވަނަ އަހަރު ހަދަމުންދަނީ-- ފޮޓޯ: ސޯޝަލް މީޑިއާ

ގދ. މަޑަވެއްޔާއި ގދ. ހޯޑެއްދޫ ގުޅާލުމަށް ހަދާފައިވާ ކޯޒްވޭ އަނެއްކާވެސް ކަނޑާލައިފި އެވެ.

މީގެ ކުރިންވެސް ދެ ފަހަރެއްގެމަތިން ވަނީ މި ކޯޒްވޭ ކަނޑާލާފަ އެވެ. ފުރަތަމަ ކަނޑާލީ 2018 ވަނަ އަހަރު އެވެ. ދެވަނަ ފަހަރަށް ކޯޒްވޭ ކަނޑާލީ މިދިޔަ އަހަރު އޮގަސްޓް މަހު އެވެ.

އެ ދެފަހަރު ވެސް އެ ކޯޒްވޭ ކަނޑާލާފައި ވަނީ ރަށު ރައްޔިތުންގެ ތެރެއިން ބަޔަކުނިކުމެ އެ ކޯޒްވޭގެ ސަބަބުން ހޯޑެއްދޫއަށް ރާޅު އަރައި ގެއްލުންވަމުންދާތީ ކަމަށް ބުނެ އެވެ. އަދި ތިމާވެއްޓަށް ބޮޑެތި ގެއްލުން ލިބޭ ކަމަށް ބުނެ އެވެ.

Advertisement

މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަން "އަދަދު" އަށް ވިދާޅުވީ ދެ ރަށް ގުޅާލުމަށް އަޅާފައިވާ ކޯޒްވޭގެ މަޑަވެއްޔާ ދިމާލުން ކަނޑާލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފިޔާޒް ވިދާޅުވީ އެކަން ކުރީ ކޮން ބަޔަކުކަން އަދި އެނގިފައި ނުވާ ކަމަށާއި ނަމަވެސް އެގޮތަށް އެތަން ކަނޑާލީ، އުދަ އަރާ ލިބޭ ގެއްލުން ބޮޑު ކަމުން ކަމަށް ވެދާނެ ކަމަށެވެ.

"ކޯޒްވޭ އަޅާފަ އިންނަނީ ރަށް ހިމާޔަތް ކުރުމުގެ ބޭނުމުގައި. ކޯޒްވޭއިނަސް ފެން ދައުރުވާލެއް ކުޑަކަމުން ދެ ރަށަށްވެސް ރާޅު އެރުން ކުޑަ ކުރުމަށް ކަމަށް އެ ކަނޑާލަނީ. އަޅުގަނޑަށް ލަފާކުރެވެނީ. އޭގެ ސަބަބުން ރަށަށް ރާޅުއެޅުންފަދަ ގެއްލުންތައް ލިބިދާނެ ކަމަށް ކަންނޭނގެ އެއީ،" ފިޔާޒް ވިދާޅުވި އެވެ.

ކޯޒްވޭގެ މައްސަލަ ބޮޑުވެ, އެއް ފަޅެއްގައި އޮންނަ ގދ. މަޑަވެލި, ހާދޫ އަދި ހޯޑެއްދޫ ބްރިޖަކުން ގުޅާލަން އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 84.2 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ ދަށުން 223 މީޓަރުގެ ބްރިޖަކުން މަޑަވެއްޔާއި ގދ. ހާދޫ އަދި 160 މީޓަރުގެ ބްރިޖަކުން ހާދޫ އާއި ހޯޑެއްދޫ ގުޅާލާނެ އެވެ. އަދި 263 މީޓަރުގެ އެ ބްރިޖުގެ މަގު ހެދުމާއި 65 މީޓަރުގެ ހަތަރު ރިވެޓްމަންޓް ހަދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މިފަހަރު ހަދާ ބްރިޖު ޑިޒައިން ކޮށްފައި ވަނީ ކޮލަމްތަކަށް ސަޕޯޓްކޮށް ބްރިޖުގެ ދަށުން އޮއި ދެމޭ ގޮތަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox