ކޯބިންގެ އަމާޒު މަސްބާނާ މީހުން އެމެރިކާ އިން ރާއްޖެ ގެނައުމަށް

ޖޯޖް ކޯބިން: އެމެރިކާގަ ރާއްޖެ ތަމްސީލުކުރަން ބޭނުންވޭ -- އަދަދު ފައިލް ފޮޓޯ

ޖޯޖް ކޯބިން: އެމެރިކާގަ ރާއްޖެ ތަމްސީލުކުރަން ބޭނުންވޭ -- އަދަދު ފައިލް ފޮޓޯ

ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމަށް އިސް ދައުރެއް އަދާކުރެއްވި ޖޯޖް ކޯބިން، މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އަށް ކުރެއްވި ކުރު ޒިޔާރަތުގައި، މަސް ބާނަން ޝައުގު ވެރިވާ އެމެރިކާ މީހުންނަށް ރާއްޖެ އަކީ މުހިންމު މާކެޓަކަށް ހެދިދާކަން ފާހަގަ ކުރެއްވި އެވެ. ކޯބިންގެ ޕްލޭނެއް އެބަ އޮތެވެ.

ރާއްޖެ އަށް އެންމެ ފުރަތަމަ ޓޫރިސްޓުން ގެނައި ކޯބިން ވަނީ ލަކްޝަދީޕަށް ވެސް ޓޫރިޒަމް ތައާރަފުކޮށްދީފަ އެވެ. މިހާރު އެމެރިކާގަ ދިރިއުޅުއްވާ ކޯބިން ވަނީ ޔަމަން އަދި ސައުދީ އެރެބިޔާ ފަދަ ގައުމުތަކަށް ޓޫރިޒަމް ފުޅާ ކުރުމުގައި ވެސް ހިއްސާވެފަ އެވެ.

ކޯބިން ވިދާޅުވި ގޮތުގައި އެމެރިކާ އަށް ރާއްޖެ އިސްތިހާރުވެފައި އޮންނަނީ، ހަނީމޫނަށް ހާއްސަ އަގުބޮޑު މަންޒިލެއްގެ ގޮތުގަ އެވެ. އޭނާ ދެކެވަޑައިގަންވާ ގޮތުގައި ރާއްޖެ އަކީ އެމެރިކާގެ 40 މިލިއަނަށްވުރެ ގިނަ ޓޫރިސްޓުންގެ ތެރޭގައި ހިމެނޭ، ދޮށިން މަސް ބާނަން ޝައުގު ހުންނަ މީހުންނާއި ޑައިވަރުންނަށް ވެސް މަގުބޫލު މާކެޓަކަށް ހެދިދާނެ އެވެ.

"މަސް ބާނާ 60 މިލިއަށް މީހުން، ހަތަރު މިލިއަން ޑައިވަރުން އެމެރިކާގައި އެބަތިބި، އެމީހުން ރާއްޖެ ގެނެވޭނެ، އެކަން ކުރެވޭނީ ގުޅިގެން މަސައްކަތެއް ކޮށްގެން، އެކަމުގެ ތަޖުރިބާ އަހަރެންގެ އެބަހުރި، އަހަރެން މިހުރީ އެކަން ކޮށްދޭން ބޭނުންވެފައި،" އެމެރިކާގައި ހުންނަވާ "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ކޯބިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެބްރުއަރީ މަހު ރާއްޖެ އައުމުގެ އެއް ބޭނުމަކީ ވެސް އެއީ އެވެ. އިވެންޓްތައް ގިނަވުމުން އެކަމަކަށް އެފަހަރު ވަގުތު ނުލިބުނީ ކަމަށް އޭނާ ބުންޏެވެ. މި އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އައިސް، ޓޫރިޒަމް ދާއިރާގެ އެސޯސިއޭޝަން ތަކާއި މަޝްވަރާކޮށް ޕްލޭނެއް އެކުލަވާލުމުގެ އުއްމީދު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ އެސޯސިއޭޝަންތައް ގުޅިގެން މަސައްކަތް ކޮށްފިއްޔާ ވަރަށް ބޮޑު އަސަރެއް ފެންނާނެ، އެމެރިކާ މީހުން އާ މަންޒިލުކަތަކަށް އަބަދުވެސް ބަލާ،" އޭނާ ވިދާޅުވި އެވެ. "އަހަރަކު އެއް ފަހަކަ ނޫނީ ދެ ފަހަރު، އެޑިއުކޭޝަނަލް ޓުއާ އެއް ރާއްޖެ އަށް އިންތިޒާމު ކުރެވެން ވާނެ."

ކޯބިން ވިދާޅުވީ އެމެރިކާ އަކީ ރާއްޖެ އާ ދުރުގައި އޮތް ގައުމަކަށް ވިއަސް، ރާއްޖެއާ މެދު މަގުބޫލުކަން އިތުރުކޮށް، ރާއްޖެ އަށް ގިނަ މީހުން އަންނަން ފެށުމުން، ދަތުރުފަތުރު ވެސް އިންތިޒާމު ވެގެން ދާނެ ކަމަށެވެ. ކޯބިން ގަބޫލުކުރާ ގޮތުގައި އަހަރަކު ދެ މިލިއަން ޓޫރިސްޓުންނަށްވުރެ ދަށުގެ އަދަދަކީ ރާއްޖެ އަށް މާ މަދު އަދަދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox