މި ފަންނާނުން މޮހާލީ ބުޅާ ގޯނީގެ ތުން

މި ފަންނާނުން މޮހާލީ ބުޅާ ގޯނީގެ ތުން

ދިވެހި ޅެންވެރިކަމާއި ލަވަކިޔުމުގެ ފަންނާމެދު ކުށްހީތަކެއް ކުރިކަމަށް ޚުދު އަހަރެން އިޢުތިރާފުވަމެވެ. ދިވެހި ލަވައިގެ އަރުޝީފުގައި ސިންދަފާތު ކުޑަކަމަށް ކުރެވުނު ކުށްހީއެވެ. ދިވެހި ޅެންވެރިކަމުގައި ތެދު ބަސް ހާމަކުރުމަށް މަސައްކަތްކުރާއިރު، އެ ތެދުގައި މަޖާޒުގެ "ފޭރާމެއް" ލައިގެން މެނުވީ ޝުޢޫރު ފާޅުކޮށްފައި ނުވާކަމަށް ކުރެވުނު ކުށްހީއެވެ. ދިވެހި ޅެންވެރިކަމުގައި ސިޔާސީ އަދި އިޖުތިމާޢީ ކޮމެންޓްރީއަށް ޚާއްޞަކޮށްފައިވާ ބާބުގެ ޞަފުޙާތައް މަދުކަމަށް ކުރެވުނު ކުށްހީއެވެ.

މާ ދުރު މާޒީއަކަށް ދާކަށް ނެތީމެވެ. ހައްތަހާވެސް ދެހާހުން ފަހުގެ ޅެންވެރިންނެވެ. އޭގެ ފަހުގެ ލަވަކިޔުންތެރިންނެވެ. މިއުޒިކުގެ އެކި ޖޮންރަރތައް މެދުވެރިކޮށް، އާބާދީގެ އެކި ބައިބަޔަށް އަމާޒުކޮށްގެން މި ދެނީ ހަމަ މި ދިވެހި މުޖުތަމަޢުގެ ޙާލަތުގެ ކޮމެންޓަރީއެވެ. މި ދައްކަނީ "ނުދައްކާ" ވާހަކަތަކެވެ. ނަގަނީ ބިތުފަންގިއެވެ. އަޑުގަދަކޮށް، ސާދާ ޢިބާރާތުން މި ކިޔައިދެނީ އެންމެން ދަންނަ ބޮޑެތި ސިއްރުތަކެވެ.

ތަންކޮޅެއް ދުރުން ފަށަމާ ބަހީއެވެ. މީގެ ނުވަ އަހަރު ކުރިއެވެ. 2011 ވަނަ އަހަރެވެ. އެތައް އަހަރެއްގެ ބުރަ މަސައްކަތަކަށްފަހު ދިވެހި ސިޔާސީ މައިދާނަށް ގެނައި އިންޤިލާބީ ބަދަލާއެކު ޕާޓީ ސިސްޓަމެއްގެ ވެރިކަން ކުރަމުންދިޔަ ދުވަސްވަރެވެ. އާ ސިޔާސީ ވައްޓަފާޅީގެ އާކަން ކެނޑި، އޭގައި ހުރި އުނިކަންތައްތައް މަޑުމަޑުން ފާޅުވަމުންދިޔައެވެ. ކޯލިޝަންތައް ރޫޅެން ފަށައިފިއެވެ. މަޖިލީސް މެމްބަރުން ފްލޯ ކްރޮސްކުރަން ފަށައިފިއެވެ. މިއާއެކުއެކީގައިހެން ޕާޓީތަކުގެ ތެރޭ ފެކްޝަންތައް އުފެދެން ފަށައިފިއެވެ. 2011 ވަނަ އަހަރު އައި އިރު، މަޝްހޫރު ބޭންޑް މެޒޯގެ ލީޑް ވޯކަލިސްޓު މުޙައްމަދު މާޖިދުގެ ބަރު ވަރުގަދަ އަޑުން ކިޔައިދެމުންދަނީ ބަނޑުއަކިރީގެ ހާލަތެވެ.

"އަކިރި ދެމޭ އަކިރި ދެމޭ

އަކިރި ދެމޭ އަކިރި ދެމޭ

ބަނޑު އަކިރި ދެމޭ ރާޅާ

ބަނޑު އަކިރި ދެމޭ ރާޅާއެކީ

ދެއަތަށް ދެމޭ ދެފުށަށް ޖެހޭ

ފެހި ޖަހާން ފުރުޞަތު ނެތޭ

ބާރެއް ނެތޭ އަމިއްލަ ޒާތުގާ"

ރާޅާ އަރުވާ އަކިރީގެ ޙަޔާތެވެ. މަޖާޒީ ގޮތުން ނަމަ ގޮތްކުޑަ ވިޔާނުވާ މީހުންގެ ވާހަކައެވެ. ޖަހާ ރާޅުގެ ބާރުގައި އެއްގަމަށް ގެންދާ، އަމިއްލަ ބާރެއް ނެތް އަކިރީގެ ވާހަކައެވެ. މަޖާޒީ ސިފައެއްގައި ޅެންވެރިޔާ ޢަބްދުލް މާޖިދު މި ވިދާޅުވަނީ އެ ދުވަސްވަރުގެ އިޖުތިމާޢީ ހާލަތުގެ ވާހަކަ ކަމުގައި ނުވެ ހިނގައިދާނެ ބާވައެވެ؟

އޭގެ ހަމަ ދުވަސްކޮޅެއް ފަހެވެ. 2013 ވަނަ އަހަރެވެ. ރިޔާސީ އިންތިޚާބެއް ބޯމަތިވަމުންދިޔައިރު، ސިޔާސީ މައިދާނުގައި ވަރުނުލާ ނަގަމުންދިޔައީ ބިޔަ ބޮޑެތި ރާޅުތަކެވެ. ބަޣާވާތާއި ބާޣީންގެ ވާހަކައެވެ. ކޯލިޝަންތައް ހަދައި ރޫޅަމުންދިޔައެވެ. ކުށްކުރުމާއި، ކުށްވެރިކުރުމާއި، މުޒާހަރާ ކުރުމަކީ އޭރުގެ ޢާއްމު ހާލަތެވެ. އިމާންސް ކޮންސްޕިރަސީގެ "މޮހޮރު" އަލްބަމުގެ "މޮހޮރު" މި ލަވައިގައި ސިފަކޮށްފައިވަނީ އެ ހުރިހާ ހަލަބޮލިކަމެއްގައި ޢާއްމު ޒުވާނުން ތަޙައްމަލުކުރަމުންދިޔަ ބިރުވެރިކަމެވެ. މަޖާޒީ ފޮރުވުންތަކެއް ނެތް، ހާމަ، އާދައިގެ ބަހުރުވައެވެ. ރޮކް އެންޑް ރޯލްގެ އަޑުތަކުތެރޭ ފޮރުވިފައިވާ މާޔޫސީގެ އިހުސާސްތަކެވެ.

"ނުބައިކަމެއް ފެނިގެން

އެކަން ބެލި މީހާ، ދެލޯ ނަގާ ޒަމާން

ނުބައިކަމެއް ފެނުމުން

އެކަން ކުށްވެރިކުރާމީހާގެ ދޫބުރިކުރާ ޒަމާން

ހެޔޮވިސްނޭ މީހާ

ހެޔޮވިސްނުމުން އޭނާގެ ސިކުނޑި ނަގާ ޒަމާން

ނުބައިކަމަކަށް ހުރަސް އަޅާ

އެކަން ހުއްޓުވާ މީހާ، ފާރާއެކީ މޮހޮރު ޖަހާ ޒަމާން"

ވަރުގަދަ ތުހުމަތުތަކެކެވެ. ބޮޑެތި ވާހަކަތަކެކެވެ. އަޑުއަހާ ހިނދު ލޭ ކައްކާލައެވެ. ޤަބޫލުކުރަން ބޭނުން ނުވިޔަސް ޤަބޫލުކުރެވެއެވެ. އީމާންސް ކޮންސްޕިރަސީ އިން މި ލަވަ ސިންގަލްއެއްގެ ގޮތުގައި ރިލީޒްކުރީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އީމާންގެ އަޑުން ކިޔައިދިނީ މުސްތަޤުބަލު ނޫން ބާއޭ ހިތައް އަރާހާ، އެ ސިފަކޮށްދިނުން ސީދަލެވެ. އޭގެ ދިހަ ވަރަކަށް މަސް ދުވަސް ފަހެވެ. ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލިގެން ހޯދަން ފެއްޓީ 2014 ވަނަ އަހަރުގެ އޯގަސްޓުމަހުގައެވެ. މިއީ އަދި އެއް ހާދިސާގެ ވާހަކައެވެ. އެހެންނަމަވެސް، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު އަދި މިހާރުވެސް، މި ހިނގަމުންދަނީ "މޮހޮރު" ލަވައިގައި އެ ބުނާ ޒަމާން ނޫންބާއޭ ހިތަށް އަރާ ފަދަ އެތައް ހާދިސާއެއް ހިނގައިފައިވެއެވެ. އަދި ހިނގަމުންދެއެވެ.

ދެ ހާސް އަށާރަ ވަނަ އަހަރަށް ދާން ހިނގާށެވެ. "މާރޯކާ" އަލްބަމުގައި މާޓު ދޭ ޚިޠާބު ގައި އެ ނަޞީޙަތް ދެނީ "ޙައްޤަށް ފުރަގަސްދީގެން ނުތިބުމަށެވެ. ވެރިން ވެރިކަމަށް އެ ތަޅާ ތަޅާފޮޅުންގަނޑުގެ ތެރޭ، ތިމާއަށް ލިބޭ ގެއްލުން އެނގުމަށެވެ. ޙައްޤަށްޓަކައި ތެދުވުމަށެވެ.

"މީ ބޮޑެތިން ފައިދަށުވުން ނޫންހޭ

މަރުނުވިޔަސް ހިތް މަރުވުން ނޫންހޭ

ތާއަބަދަށް މީ އޮތްގޮތޭ ހިތާ، ލޯތައްވީ ކަރުނުން ފޫދޭން

ހޭވެރިކަން ނެތް ރައްޔިތުންނޭ. ހޭވެރިކަން ނެތް ތީ މައްޔިތުންހޭ؟"

ރާއްޖެ އިޝްތިހާރު ކުރާ ޕޯސްޓަރުތަކުގައި އެ ފެންނަ ހިނިތުންވެފައިވާ ދިވެހި މޫނުތަކާއި ޚިލާފަށް، މި ފަންނާނުން މި ސިފަކުރަނީ ވޭނާއި ނާއިންސާފަށް އެއްގޯސްވެ، އުއްމީދު ގެއްލިފައިވާ ރައްޔިތެކެވެ. މިއީ މާކުރީގެ ޙާލަތެކޭ ކިޔާ ބަހުސްކުރެވިދާނެއެވެ. އެހެންކަމަށް ވާނަމަ، 2021 ވަނަ އަހަރު މޫސާ ސަމާއު ކިޔާފައިވާ ލަވަ "އެމީހުންނޭ" ގައި ޅެންވެރިޔާ މުޙައްމަދު ޝަމްހީދު "ވެރިން" ނާއި އެމީހުންގެ އުޅުން ގުޅުން، ފަސާދަ އާއި އަނިޔާވެރިކަމުގެ ކުލަ ތަޞްވީރެއް ފަދައިން ސިފަކުރާންވީ ސަބަބެއް ނެތް ނޫންހެއްޔެވެ؟

"ޢާއްމު މީހާ ކާމު ނެތި ހުރެ ގައިމު ނިކަމެތިވަނިއްޔޭ

ކާރުސަރު ފައިދަށަށް ލާ އޮވެ ޔާރު މަހުޖަނު ހެނިއްޔޭ

ކާ ނުލާ ވަކިތަނެއް ނެތި، ކާކުހޭ މޮޅު އެކީ ލިބި

ކާލި ނޫޓުން ބެހީ ބޮނޑި، އާނ ލި ޖީބުން ފެޅި ދަނިއްޔޭ"

ފުން ޢިބާރާތްތަކެއް ކަމަކު، ސީދާ ރައްޔިތުންގެ ކެކުޅުންތަކެވެ. ޢާއްމުން ކޮންމެ ސަރުކާރަކަށްވެސް ކުރާ ތުހުމަތުތަކެވެ. ވެރިންނާ މެދު ގެއްލެމުންދާ އިތުބާރުގެ ވާހަކައެވެ. ނިންމާލަމުން ޝަމްހީދު ގޮވާލަނީ ރައްޔިތުން ބާރުވެރިކުރުވުމަށެވެ. "ބޯ ކެއުމާއި ލޯ ކެއުން" ހުއްޓާލާ، ރައްޔިތުންނަށް އަނބުރާ ބާރު ދިނުމަށެވެ.

އެހެންނަމަވެސް، އެ ބާރުތަކައިގެން ހިނގައިގަންނާނޭ ހިތްވަރު، ރައްޔިތުންގެ ގައިގައި އަދު އެބަހުރިތޯ ސުވާލުކޮށްލަން އެބަޖެހެއެވެ. މި ސުވާލުގެ ޖަވާބު ހޯދުމަށް މި އަޑުއަހާލަނީ ހުމާމްގެ، "ދަ ޖަރނީ ނައު"ގެ ލަވަ، "ނުދައްކާ ވާހަކަ"އެވެ. ދިވެހި ވަންތަ އަޑުތަކެއްގެ ތެރެއިން ހިތާމަވެރިކަމާއެކު މަޑުމޮޅި ރާގަކަށް، މީހަކު ޕިޔާނޯއެއްގެ ފިތްތަކަށް ފިއްތާ އަޑެވެ. އެ ސާފު އަޑުތަކުގެ ތެރެއިން ފުރޭނިގެން އަންނަނީ މީހެއް ދައްކާ ވާހަކައެއް ފަދަ، ބަސްކޮޅެކެވެ. އަޑުގައި ވަނީ މާޔޫސީ އެވެ. އަޑުގައި ނެތީ އުއްމީދެވެ.

"މުސްކުޅިން ބުނެ އުޅެއެއްނު ދައްކަވަންހުރި ތަނެއް ދައްކަވާފައޭ ގެންދަވާނީ

ލައްކަ އެއްޗެހި ފެނޭ

ވެރިކަމަށް އެތައް ބަޔަކު އަރާ ފައިބާ ތަނާ

ހުވާކޮށް އަނދުން އަޅުވާފަ ވޯޓު ގަނެގެން ދާތަނާ

ލައްގާ ހުރަޔަށް ލައްގާތަނާ

ކުރިމަތީ ލާރި ބަންޑެލި ހިފައިގެން ދުވާތަނާ

ދައުލަތުގެ ޚަޒާނާ ބަނޑުއަޅާތަނާ

ޖަލުގޮޅިތަކުގެ ނިކަމެތިން ހަނާވާއިރު

މަހުޖަނުން ރޯމާ ދުވާލު ޕާޓީކުރާތަނާ

ފަނޑިޔާރުން ކަނުބަނދެގެން ތިބެ ނިޔާއިއްވާތަނާ

އިއްޒަތްތެރި މެންބަރުން ޤައުމު ކުރިމަތީ އިއްޒަތް ނީލަންކިޔާ ތަނާ

ހިތްހެޔޮ މީހުން ހިތް ނުބައި މީހުންގެ މަޅީގަ ޖެހި ވުޖޫދުން ގެއްލިގެންދާތަނާ

ތަރިތައް އޮއްސޭތަނާ

މަސްތުގައި ތިބެ ހިތާމަތަކަށް ފަސް އަޅާތަނާ

ދަސްކުރާހާއެއްޗެއްގެ ބޭނުމެއް ނުހިފޭ ތަނާ

ރަސްކަމަށްޓަކައި އެންމެ ކައިރީގައި އުޅޭ މީހާގެ ކަރަށް ފައިން އަރާތަނާ..."

އިތުރު ޝަރަހައެއް އެބަ ބޭނުންވޭހެއްޔެވެ؟ މިއަދު މި ލިޔުމުގައި ވަކި ވަކީން، އެކި އަހަރުގެ ކޮންޓެކްސްޓަށް ބަހައިގެން މި ދެއްކި ހުރިހާ ވާހަކައެއްގެ ފުރިހަމަ ޚުލާސާއެކެވެ. ރާއްޖޭގެ އަދުގެ ޙާލަތެވެ. އަދިވެސް ދުނިޔެއަށް ވިއްކަން ބޭނުންވަނީ ހުދު، ދޮންވެލި ގޮނޑުދޮށްތަކާއި ކަނޑުގެ ދިރުންތަކުގެ ސިންދަފާތެވެ. އެއީ އެހެން ރާއްޖެއެކެވެ. ދިވެހި ރައްޔިތުން ދެކެ ތަޖުރިބާކުރަނީ އެހެން ރާއްޖެއެކެވެ.

މިއިން ގިނަ ލަވަތަކަކީ ދިވެހިންގެ ތެރޭ، ކޮޕީ ރާގުރާގަށް ހަދާ ލޯބީގެ ލަވަތަކާ އެއް މިންވަރަކަށް މަޝްހޫރުވެ، ވައިގައި ހިފާފައިވާ ލަވަތަކޭ ނުބުނެވޭނެއެވެ. ވީޑިއޯތަކެއް ހަދައިގެން މާ ބޮޑަށް ޕްރޮމޯޓުކޮށްފައިހުރި ލަވަތަކެއްވެސް ނޫނެވެ. ލަވަތައް އަޑުއެހުމުން މީހުންގެ ހިތަށް ފިނިކަމެއް ލިބޭ ފަދަ ލަވަތަކެއްވެސް ނޫނެވެ. އެހެންނަމަވެސް، ޙަޤީޤީ ދިވެހި އިހުސާސްތައް މި ލަވަތަކުން ސިފަކޮށްދެއެވެ. އެޑިޓޯރިއަލް ޕޮލިސީ ތަކާއި ޤާނޫނުތަކާއި ޤަވާއިދުތަކުގެ ހުދޫދުގެ ތެރެއިންނަށް ޚުދު ނޫސްވެރިންނަށްވެސް ލިޔަން ހުއްދަ ނޯންނަ މިންވަރަށެވެ. ޅެންވެރިޔާއަށް ލިބިދޭ އިތުރު މިނިވަންކަމާއެކު، ޢަބުރާއި ޢިއްޒަތުގެ ދިފާޢުގައި ކަނޑިހިފާފަ ނިކުންނަ މީހުންނަށް ރެކެވޭނެ ޖާގަ އޮވެގެންނެވެ. މި ޙާލުގައި ޅެންވެރިން އެ އަދާކުރަނީ ފަންނާނުންގެ އިޖުތިމާޢީ ޒިންމާ ކަން ކަށަވަރެވެ.

މިއީ އަދި ހައެއްކަ ލަވައެއްގެ ވާހަކައެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއެކު، މި ފަންނާނުންގެ ތެރެއިން "އިސް" ފަންނާނުން ކޮތަޅުގެ ގޮށް މޮހާލީ، ހުރިހާ ބުޅަލެއް މިނިވަންކުރުމަށެވެ. ބިތުފަންގި ހިއްލައިދިނީ މިއަދުގެ ފަންނާނުން، ކެޔޮ ކޭ ވަރު ރިޕޯޓުކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox