ކުރީގެ ފަނޑިޔާރު ހަލީމް ނެގި ލޯނެއްގެ ބާކީ އޮތް 60،000ރ. ދައްކަން ހުކުމްކޮށްފި

Jul 1, 2022, 5:45 AM
ކުރީގެ ފަނޑިޔާރު ހަލީމް: އޭނާގެ މައްޗަށް ދައުވާ އުފުލީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަރާތުން -- ފޮޓޯ: ސޯޝަލް މީޑިއާ

ކުރީގެ ފަނޑިޔާރު ހަލީމް: އޭނާގެ މައްޗަށް ދައުވާ އުފުލީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަރާތުން -- ފޮޓޯ: ސޯޝަލް މީޑިއާ

ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު މުހައްމަދު ހަލީމް ނަންގަވާފައި އޮތް ދެެ ލައްކަ ރުފިޔާގެ ލޯނަކުން ނުދައްކާ ބާކީ އޮތް 63،000ރ. ދެއްކުމަށް އެ ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.

ހަވީރު ނޫހުގެ މިލްކުވެރިކަމުގެ މައްސަލައިގައި ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެންގެވި ގޮތަށް ހުކުމް ކުރެއްވި ކަމަށް ފުލުހުންގެ ތަހުގީގެއްގައި އެއްބަސްވެވަޑައިގެންފައިވާ ހަލީމުގެ މައްޗަށް ދައުވާ އުފުލީ މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައި އޮތް 271،622ރ. ގެ ކްރެޑިޓް ފެސިލިޓީއެއްގެ މައްސަލައިގައި އެ ބޭންކުންނެވެ.

"ބުނެވިދިޔަ 63،003ރ. އާއި މި މުއާމަލާތާއެކު ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާއާއެކު މި އެންމެހައި ފައިސާ ޖޫން 30، 2022 އިން ފެށިގެން މީލާދީ ދެ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދު ނޫން އަދަދެއްގެ ފައިސާ މޯލްޑިވްސް އިސްލާމިކް ބޭންކް ޕްރައިވޓް ލިމިޓެޑް ކޮމްޕެނީއަށް ދައްކައި ހަލާސް ކުރުމަށް މުހައްމަދު ހަލީމަށް އަންގައި، މުހައްމަދު ހަލީމުގެ ގައިރު ހާޒިރުގައި ހުކުމްކޮށްފިން،" ފަނޑިޔާރު ހާފިޒާ އަބްދުއްސައްތާރު އިއްޔެ ކުރެއްވި ހުކުމުގައިވެ އެވެ.

ހަލީމް ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޖެނުއަރީ 22، 2019 ގަ އެވެ. އެ ދުވަހު ވިދާޅުވީ އިސްތިއުފާ ދެއްވީ ރައީސްގެ ޖުޑީޝަލް ރިޕޯމަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަމަށެވެ.

"ޖުޑިޝަލް ރިފޯމްގެ ކަންކަމަށް އެއްބާރުލުން ދިނުމުގެ ނަމޫނާ ދައްކަން އަޅުގަނޑު ބޭނުންވީ. އެހެންވެ އިސްތިއުފާ ދިނީ،" އިސްތިއުފާ ދެއްވުމަށްފަހު ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ހަލީމް ވިދާޅުވެފައިވެ އެވެ.

ހަވީރު ނޫހުގެ ވެރިންނަކީ ކޮން ބައެއް ކަމަށް ކަނޑައަޅަން ސިވިލް ކޯޓަށް ވެއްދި މައްސަލައިގައި ހަލީމް ހުކުމް ކުރެއްވީ އެ ނޫހުގެ ޗެއާމަން އަދި ކުރީގެ މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސެއިންއާ ދެކޮޅަށެވެ. އެ ހިސާބުން މެދުނުކެނޑި 30 ވަރަކަށް އަހަރު ހިންގި އެ ނޫސް ބަންދު ކުރަންޖެހުނެވެ.

އޭގެ ފަހުން، ހަވީރުގައި އެ ވަގުތު މަސައްކަތް ކުރި މުވައްޒަފުން އެހެން އެއްވެސް ތަނެއްގައި މަސައްކަތް ކުރުން ވެސް ހަލީމް ނެރުއްވި ކޯޓު އަމުރެއްގެ ދަށުން މަނާ ކުރި އެވެ. ނަމަވެސް އެ މުވައްޒަފުންނާއި މެނޭޖްމަންޓު ގުޅިގެން ވަނީ އެ އަމުރަށް ބެލުމެއް ނެތި "މިހާރު" ގެ ނަމުގައި ނޫހެއް ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox