އެވަޓަންގެ މާލީ ހާލަތުގެ ފައިދާނަަގައި ޓޮޓެންހަމުން ރިޗާލިސަންގެ ސޮއި ހޯދަނީ

Jun 30, 2022, 9:16 AM
އެވަޓަންގެ މާލީ ހާލަތުގެ ފައިދާނަަގައި ޓޮޓެންހަމުން ރިޗާލިސަންގެ ސޮއި ހޯދަނީ

ލަންޑަން (ޖޫން 30) - އެވަޓަންގެ މާލީ ހާލަތުގެ ފައިދާނަގައި, ޓޮޓެންހަމް ހޮޓްސްޕާސް އިން ބްރެޒިލްގެ ފޯވާޑް ރިޗާލިސަންގެ ސޮއި ހޯދުމަށް އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

މިއަދުގެ ނިޔަލަށް އެވަޓަން އިން އެ ކްލަބްގެ މާލީ ހަރަދުތައް ގަވާއިދުގެ ތެރެއަށް ފައްތަން ބަލާއިރު، 100 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ އާމްދަނީއެއް ހޯދަން ޖެހެ އެވެ. ކްލަބްގެ ހަރަދުތައް ބެލެންސްކުރަން ބޭނުންވާ ފައިސާ ހޯދަން އެވަޓަން އިން މަސައްކަތް ކުރަމުން އައި ދަނޑިވަޅުގެ ފައިދާ ނެގީ ޓޮޓެންހަމް އިންނެވެ. ޓޮޓެންހަމް އިން މި ވަނީ ކުރިން އެވަޓަން އިން އަގުބޮޑުކޮށް ވިއްކަން ކީ ކުުޅުންތެރިއެއް ކަމަށްވާ ރިޗާލިސަންގެ ޑީލް ނިންމުމާ ގާތަށް ޖެހިލައިފަ އެވެ. އެވަޓަން އިން ކުރިން ރިޗާލިސަން ވިއްކާލަން ކީ 100 މިލިއަން ޑޮލަރަށެވެ.

ރިޗާލިސަންގެ އިތުރުން އެވަޓަން އަށް ކުޅެމުން އަންނަ، ޒުވާމް މިޑްފީލްޑަރު، އެންތަނީ ގޯޑަން ގަންނަން ވެސް ޓޮޓެންހަމް އިން ބޭނުންވެ އެވެ. އެކަމަކު، އެވަޓަން އިން އެއްބަސްވެފައިވަނީ ހަމައެކަނި ރިޗާލިސަން ޓޮޓެންހަމަށް ވިއްކާލުމަށެވެ.

ޓޮޓެންހަމް އިން ފުރަތަމަ ރިޗާލިސަން ގަންނަން ދޭނީ 60 މިލިއަން ޑޮލަރެވެ. އަދި ރިޗާލިސަން، ޓޮޓެންހަމްގައި ދައްކާ ކުޅުމަށް ބަލާފައި އިތުރު 15 މިލިއަން ޑޮލަރު ދޭން ކޮންޓްރެކްޓްގައި ހިމަނާނެ އެވެ.

ބްރެޒިލް ގައުމީ ޓީމަށް ކުޅެމުން އަންނަ ރިޗާލިސަން ވެގެންދާނީ އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ކުޅޭ ޓޮޓެންހަމް އިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ސޮއި ހޯދާ ހަތަރު ވަނަ ކުޅުންތެރިޔާ އަށެވެ. ޓޮޓެންހަމް އިން ވަނީ މީގެ ކުރިން ހިލޭ ޓްރާންސްފާއެއްގައި އިންޓަ މިލާނުން އިވާން ޕެރިސިޗްގެ ސޮއިހޯދުމުގެ އިތުރުން ސައުތެމްޓަންގެ ކީޕަރު ފްރޭޒާ ފޯސްޓާ އަދި ބްރައިޓަންގެ މިޑްފީލްޑަރު ޔްވެސް ބިސޫމާ ގަނެފަ އެވެ.

ޓޮޓެންހަމް އިން އަންނަނީ ބާސެލޯނާގެ ފްރާންސް ޑިފެންޑަރު، ކްލެމެންޓް ލޯންގްލޭ އެއް އަހަރުގެ ލޯން ޑީލެއްގެ ދަށުން ގެންނަން މަޝްވަރާ ކުރަމުންނެވެ.

ބްރެޒިލްގެ ފްލުމިނެންސޭ ދޫކޮށް، 2017 ވަނަ އަހަރު ރިޗާލިސަން އެންމެ ފުރަތަމަ ކުޅުނީ ޕްރިމިއާ ލީގުގެ ވަޓްފޯޑަށެވެ. ވަޓްފޯޑުން ރިޗާލިސަން ގަތީ 15 މިލިއަން ޑޮލަރަށެވެ. ވަޓްފޯޑް ދޫކޮށް ރިޗާލިސަން އެވަޓަން އަށް ބަދަލުވީ 2018 ވަނަ އަހަރު 60 މިލިއަން ޑޮލަރަށެވެ. ވަޓްފޯޑުން އެވަޓަން އަށް ރިޗާލިސަން ގެނައުމުގައި އެންމެ އިސް ރޯލެއް ކުޅުނީ އޭރު އެ ދެ ޓީމަށް ކޯޗުކޮށްދިން ޕޯޗުގަލްގެ މާކޯސް ސިލްވާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox