ޓޯނީސް ޗޮކްލެޓް، މީ ފޮނި އިންގިލާބެެއް!

Jul 3, 2022, 3:41 AM
ވިލާ މާޓުން ވިއްކާ ޓޯނީސް ބްރޭންޑްގެ ޗޮކްލެޓް ދައްކާލަނީ. -- ވިލާ މާޓް

ވިލާ މާޓުން ވިއްކާ ޓޯނީސް ބްރޭންޑްގެ ޗޮކްލެޓް ދައްކާލަނީ. -- ވިލާ މާޓް

ޗޮކްލެޓްގެ ރަހައިން ހިތަށާއި ސިކުނޑިއަށް އުފާވެރިކަން ލިއްބައި ދިނަސް، ޗޮކްލެޓާ ގުޅިފައިވާ ވާހަކަތައް އުފާވެރިއެއް ނޫނެވެ. ޗޮކްލެޓު އުފެއްދުމަށް މަޝްހޫރު ދެކުނު އެފްރިކާގައި އެ މަސައްކަތްތަކުގެ މަރުހަލާތަކުގައި "އަޅު މަސައްކަތްތެރިން"ގެ ގޮތުގައި ކުޑަކުދިން ބޭނުން ކުރެ އެވެ. ކޮކޯ ބީންސްއަށް ޗޮކްލެޓް އުފައްދާ ކުންފުނިތަކުން ހަމަ އަގު ނުދޭތީވެ، ދަނޑުވެރިންގެ ޝަކުވާ ބޮޑެވެ.

ޓޯނީސް ޗޮކޯލޯންލީ އުފެދުމުގެ އަސްލަކީ މިފަދަ ހިތްދަތި އެތައް ވާހަކަތަކެވެ. މި ޗޮކްލެޓުގެ ބާނީ ޓެއުން ވެން ޑި ކެއުކެންގެ އަމާޒަކަށްވީ ޗޮކްލެޓް އުފެއްދުމުގެ ސިނާއަތަށް ބަދަލެއް ގެނައުމެވެ. އެހެންވެ 2005 ވަނަ އަހަރު ބާޒާރަށް ނެރުނު ޓޯނީސް ޗޮކޯލޯންލީ ޗޮކްލެޓަކީ ނެދަލޭންޑްސްގެ ފުރަތަމަ 100 ޕަސެންޓު ސްލޭވަރީ ފްރީ ޗޮކްލެޓެވެ. ކުންފުނީގެ ސްލޯގަން އަކީ "އެންމެން ގުޅިގެން ޗޮކްލެޓަކީ 100 ޕަސެންޓު ސްލޭވް ފްރީ އެއްޗަކަށް ހެދޭނެ" މި އެވެ. ބޭނުމަކީ ޗޮކްލެޓް އުފެއްދުމުގެ އެއްވެސް މަރުހަލާއެއްގައި ކުޑަ ކުދިން ބޭނުން ނުކުރުމެވެ. ނުވަތަ އަޅު މަސައްކަތްތެރިން ބޭނުން ނުކުރުމެވެ.

މި ހިސާބުން ނިމުނީ އެއް ނޫނެވެ. ޓޯނީސްއިން ކޮކޯ ބީންސް ގަންނަނީ ދަނޑުވެރިން އާންމުކޮށް ވިއްކާ އަގަށް ވުރެ ބޮޑުކޮށް، އެ މީހުންނަށް ފައިދާ ވާނެ ހެންނެވެ. އަދި، ދަނޑުވެރިންނަށް ހަމަ އަގުގައި ވިއްކާނެ ގޮތްގޮތް ކިޔައިދީ، ހޭލުންތެރިކަން ވެސް އިތުރުކުރެ އެވެ.

ޓޯނީސް ޗޮކްލެޓް
ޓޯނީސް ޗޮކްލެޓް

ޓޯނީސް ޗޮކްލެޓް

ޓޯނީސް ޗޮކްލެޓްގެ ރަމްޒާއި ވާހަކަތައް

އާންމުކޮށް މި ފެންނަ ޗޮކްލެޓް ހުންނަނީ ވަރަށް އެއް ވަރަކަށް ތަރުތީބުންނެވެ. ނަމަވެސް ޓޯނީސް ތަފާތެވެ. އެ ޗޮކްލެޓުގެ ބޭރުގައިވާ ކަރުދާސްގަނޑު ނިއުޅާލުމުން ފެންނަނީ ތަރުތީބެއް ނެތި އަތުރާލެވިފައިވާ އެކި ސައިޒުގެ ޗޮކްލެޓު ބާ އެވެ. އެއް ސައިޒަކަށް ދެ ބައެއް ނެތެވެ. އެހެންވެ ހަމަހަމަކަމާއެކު ޓޯނީސްގެ ޗޮކްލެޓެއް ބައި ނުކުރެވޭނެ އެވެ.

މި ގޮތަށް ޗޮކްލެޓް ރަމްޒުކޮށްދެނީ ކޮކޯ އުފެއްދުމުގެ ސިނާއަތުގައި ހަމަހަމަކަމެއް ނެތް ކަމެވެ. ބޭނުންވަނީ އެހެން ކުންފުނިތަކުން ވެސް ޓޯނީސްގެ މިސާލު ނަގައިގެން، ޗޮކްލެޓު އުފެއްދުމުގައި އަޅުވެތިކަން ދޫކޮށްލުމެވެ. ކޮކޯ އުފައްދާ ދަނޑުވެރިންނަށް ހަމަ އަގު ލިބޭނެ ގޮތް ހޯދައިދިނުމެވެ. ޗޮކްލެޓް އުފެއްދުމުގެ ސިނާއަތުގައި ކަންކަން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ހިއްސާ ނުކުރެވޭހާ ހިނދަކު، ޓޯނީސް ޗޮކްލެޓު އުފައްދާނީ މިގޮތަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޓޯނީސް ޗޮކޯލޯންލީގެ ރާއްޖޭގެ އެކްސްލޫސިވް ޑިސްޓްރިބިއުޓަރަކީ އަބަދުވެސް ދެމެހެއްޓެނިވި އުފެއްދުންތަކަށް އިސްކަންދޭ ވިލާ މާޓެވެ. ވިލާ މާޓުން މި މަރުކާގެ ދެ ސައިޒެއްގެ ޗޮކްލެޓު ވިއްކަ އެވެ. އެއީ 50 ގްރާމާއި 180 ގްރާމެވެ. ޑާކް ޗޮކްލެޓު، ހޭޒަލްނަޓް، މިލްކް ޗޮކްލެޓު އަދި ކެރެމަލް އެންޑް ހަނީ ފަދަ ތަފާތު އެތައް ރަަހަތަކުން ޓޯނީސްގެ މީރު ޗޮކްލެޓު ރާއްޖެއިން ލިބެން ހުރިއިރު، އަގު ވެސް އެހާމެ ރަނގަޅެވެ.

ވިލާ މާޓުން ބުނި ގޮތުގައި އެ ފިހާރައިގެ އަމާޒަކީ ތަފާތު އަދި ތިމާވެއްޓާ ވެސް ރައްޓެހި އުފެއްދުންތައް ބާޒާރަށް ތައާރަފްކުރުމެވެ.

ޓީވީއެމް ކައިރީގައި ހުންނަ ވިލާ މާޓް. -- ފޮޓޯ: އަދަދު
ޓީވީއެމް ކައިރީގައި ހުންނަ ވިލާ މާޓް. -- ފޮޓޯ: އަދަދު

ޓީވީއެމް ކައިރީގައި ހުންނަ ވިލާ މާޓް. -- ފޮޓޯ: އަދަދު

ވިޔަފާރި ކުރުން އިތުރަށް ފަސޭހަ ކުރުމުގެ ގޮތުން ވިލާ މާޓުން މޯބައިލް އެޕްލިކޭޝަނެއް ވަނީ ތައާރަފްކޮށްފަ އެވެ. "ވިލާ މާޓް" އެޕް ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޓް ކޮށްލައިގެން، ފަސޭހަކަމާއެކު އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ އެވެ. އަދި، ވިލާ މާޓް ވެބްސައިޓުން ވެސް ވިލާ މާޓުގައި ވިއްކާ ތަކެތި އަގުހެޔޮކޮށް، ފަސޭހަކަމާއެކު ގަނެވޭނެ އެވެ.

ބައެއް ބްރޭންޑްތައް އެކްސްކުލޫސިވްކޮށް ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކާ ވިލާ މާޓްގެ ފިހާރައެއް އެންމެ ފުރަތަމަ ހުޅުވީ އޯކިޑް މަގުގަ އެވެ. އޭގެ ފަހުން މަޖީދީމަގުގައި މާވެޔޮ މަގާ ކައިރިން އަދި ޓީވީއެމް ކައިރީގައި ވެސް "ވިލާ މާޓް"ގެ ފިހާރައެއް ވަނީ ހުޅުވާފަ އެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ 14 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި ވެސް ވިލާ މާޓެއް ހުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox