ބިދޭސީއަކަށް ވީތީ ގައުމުން ބޭރު ކުރަން ގޮވުން މަނާ ކުރަނީ

އިދިކޮޅުން ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިދިކޮޅުން ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެހެން ގައުމެއްގެ ރައްޔިތަކަށްވީތީ ދިވެހިރާއްޖެއިން ބޭރު ކުރުމަށް ގޮވައި، އެފަދަ ބަސްތައް ސޯޝަލް މީޑިއާގައި ވެސް ލިޔުމަކީ ކުށެއް ކަމަށް ކަނޑައަޅަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ. ނިހާދުގެ ހުށަހެޅުއްވި ބިލުގައި ވަނީ ރާއްޖެއިން ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ ގައުމަކަށް ނުވަތަ އެ ގައުމެއްގެ ރައްޔިތުންނަށް ނިސްބަތްކޮށް، ހަތް ކަމެއް ކުރުމަކީ ކުށެއްގެ ގޮތުގައި ބަޔާންކޮށްފަ އެވެ.

"އިންޑިއާ އައުޓް" އަކީ ދިވެހިރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި ނަމަ ގައުމުން ބޭރު ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމުން ކުރިއަށްގެންދާ ކެމްޕެއިނެއް ނަމަވެސް ސަރުކާރުން އެކަން މާނަ ކުރަނީ މުޅި އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނެއް ގޮތަށެވެ.

އެ ބިލުގައި ކުށެއް ކަމަށް ކަނޑައަޅަން ހުށަހަޅާފައި އޮތީ:

  1. އެހެން ގައުމެއްގެ ދިދައަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލު ގެނައުން
  2. އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވާލުން
  3. އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން
  4. އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ، ދިވެހިރާއްޖެ ދޫކޮށްދިޔުމަށް ގޮވާލުން
  5. އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން ދީނީ ނުވަތަ ސަގާފީ ކަމަކާމެދު ނަފްރަތު އުފެއްދުން
  6. އެހެން ގައުމަކާމެދު ނުވަތަ އެ ގައުމެއްގެ ރައްޔިތުންނާ މެދު ނަފްރަތު އުފެދޭ ގޮތަށް ފޮޓޯއާއި ވީޑިއޯ ނުވަތަ އޯޑިއޯ އާންމު ކުރުން
  7. ބިލުގައި މަނާ ކަމަށް ބުނާ ކަމެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައި ބެހެއްޓުން

ބިލުގައި ބަޔާންކޮށްފައިވާ ފޮޓޯ އާއި ވީޑިއޯ އާއި އޯޑިއޯ އާންމުކުރުމުގެ ތެރޭގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ފާޅުކުރާ ހިޔާލު ވެސް ހިމެނޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން، އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވާލައިފި ނަމަ ދެ އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ދެވޭނެ ފަދަ ކުށްތަކެކެވެ.

އަދި، ބިލުގައި ދެން ކަނޑައަޅާފައިވާ ކުށްތަކަކީ އެއް އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލެވޭނެ ފަދަ ކުށްތަކެކެވެ.

މިއީ ސީދާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން އަމާޒުކޮށް ހުށަހެޅި ބިލެއް ކަމަށް ސަރުކާރުން ހާމަކޮށްފައި ނުވި ނަމަވެސް، އިދިކޮޅުގެ ކެމްޕޭން ހުއްޓުވުމަށް ދިމާވެފައިވާ ގާނޫނީ ހުރަސްތައް ނައްތާލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، އެކަމަށް ދިމާވާ ގާނޫނީ ހުރަސްތައް ނައްތާލުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ފާސްކޮށްފަ އެވެ.

މިފަދަ ކެމްޕޭނުތައް ހުއްޓުވުމަށް އަމާޒުކޮށް ބިލެއް ހުށަހެޅުމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވެސް ފާސްކުރި އެވެ. އެއީ "ދިވެހި ރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމްކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަަސަރުކުރާނެ ފަދަ ހުއްޓުވުމުގެ ބިލު" ގެ ނަމުގައި އެ ޕާޓީން އެކުލަވާލި ބިލެކެވެ. އެހެން ނަމަވެސް، އެ ބިލު މަޖިލިސް ތަޅުމަށް ހުށަހަޅާފައެއް ނުވެ އެވެ.

ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ހަަރަކާތް ހުއްޓުވަން ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އަންގައި، އެޕްރީލް 21، ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ނެރުއްވާފަ އެވެ. އެއަށް ފަހު އެ ހަރަކާތް ހުއްޓުވުމަށް ފުލުހުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މުޒާހަރާތައް ރޫޅާލައި އެ ހަރަކާތް އިންތިޒާމުކުރާ ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުން ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.

އެ ގަރާރުގައި ރައީސް ވިދާޅުވެފައި އޮތީ އިންޑިއާ އައުޓް ކެމްޕެއިނަކީ ދިވެހިރާއްޖޭގެ "ސުލްހަ މަސްލަސްކަން ނަގައިލުމުގެ ނިޔަތުގައި" ހިންގާ ކެމްޕެއިނެއް ކަމަށެވެ. އަދި، އެއީ ރާއްޖޭގެ ތަރައްގީ އާއި މި ސަރަހައްދުގެ ހަމަޖެހުމަށް ހުރަސް އެޅުމަށް ކުރާ ކެމްޕެއިނެއް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

އިންޑިއާ އައުޓް މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އިންޑިއާ އައުޓް މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިންޑިއާ އައުޓް މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަދި، އެއީ ގައުމީ ސަލަމަތާ ގުޅުންހުރި ނުރައްކާތެރި ކަމެއް ކަމަށާއި ވަކި ގައުމަކާ ދެކޮޅަށް ހިންގޭ އެފަދަ ނަފުރަތު އުފެއްދުމުގެ ހަރަކާތްތައް ކަމާބެހޭ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމާފައިވާ ކަމަށް އެ ގަރާރުގައި ފާހަގަކުރެ އެވެ.

ނަމަވެސް، އިދިކޮޅު ޕީޕީއެމްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ހުރި ކަންކަމަށް އިންކާރު ކުރެ އެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އޮތް ގޮތުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދެ ގައުމުގެ ސަރުކާރަށް ވެސް ބޮޑެތި އެތައް ތުހުމަތެއް ކުރެ އެވެ. މި ތުހުމަތުތައް ދެ ގައުމުގެ ސަރުކާރުން ވެސް ދަނީ ދޮގު ކުރަމުންނެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާއި އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް ނުރައްކާތެރި މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެ ކުރުން ހުއްޓުވުމާއި ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވޭނެ އަސްކަރީ ގާބިލް ކަން އިތުރު ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox